
ރާއްޖޭގެ ގޮނޑުދޮށްތަކުގައި ހީނާ ނަގާފައިވާ ހިތްގައިމު ފޮޓޯތަކަށް ގިނަ ބައެއްގެ ކަޅިތައް ހުއްޓި، ރާއްޖެއަށް އައުމުގެ ޝައުގުވެރިކަން ވެސް ބައެއް މީހުން ކޮށްފައިވެ އެެވެ.
ހީނާގެ އިންސްޓަގްރާމަށް ބަލާލާއިރު ރާއްޖޭގައި ޗުއްޓީ ހޭދަކުރަމުން ކޮންމެ ދުވަހަކު ވެސް އޭނާ އައީ އުޅޭ ނޫޅޭ ގޮތް ސަޕޯޓަރުންނަށް އަންގަމުންނެވެ. އެގޮތުން މައިންބަފައިންނާއި ލޯބިވެރިޔާ ރޮކީއާއެކު ހޭދަކުރި ޗުއްޓީގެ ތެރެއިން އެމީހުންގެ ގިނަ ވީޑިއޯތަކެއް ވެސް ހިއްސާކުރި އެވެ.
ހީނާ ހާން، އިންސްޓަގްރާމު ކުރި ބައެއް ފޮޓޯ--
އޭނާ އެންމެ ފަހުން ރާއްޖޭގެ ފޮޓޯއެއް ހިއްސާކުރީ ރޭގެ ވަގުތުގަ އެވެ. އެ ފޮޓޯގައި ފެންނަނީ ގޮނޑުދޮށުގައި ތޮއްޕެއް އަޅައިގެން އޮތް މަންޒަރެވެ. އެއީ ވެސް ގިނަ ބަޔަކަށް ކަމުދިޔަ ފޮޓޯއެކެވެ.
ހީނާ ހާން
ހީނާ އެންމެ ފަހުން މަސައްކަތްކުރި ޓީވީ ޝޯއަކީ ކަސޯޓީ ޒިންދަގީ ކޭގެ ދެވަނަ ބައެވެ. ކޮމޮލިކާގެ ރޯލުގައި މަަސައްކަތްކޮށް ވެސް ގިނަ ބައެއްގެ ލޯތްބާއި ތަރުހީބު ހޯދި އެވެ. އެކަމަކު ބޮލީވުޑުގައި މަސައްކަތް ކުރަން އެ ޝޯ، އޭނާ ދޫކޮށްލިއިރު އޭނާގެ ފުރަތަމަ ފިލްމު، "ހެކްޑް" މިހާރު ވަނީ ރިލީޒްކޮށްފަ އެވެ.