ގްރީންގެ ކެޕްޓަނަކަށް ހަމަޖެއްސި ރިލޭ، އަދި ވައިސް ކެޕްޓަން ސާއިފްއަކީވެސް އެއްވަނަ ޑިވިޝަންގެ ތަޖުރިބާ ގިނަ ދެ ކުޅުންތެރިންނެވެ. މި ދެ ކުޅުންތެރިންވެސްވަނީ ކުރިން ނިއުރޭޑިއަންޓް، ވިކްޓްރީ އަދި މާޒިޔާއަށްވެސް ކުޅެފައެވެ. ދެ ކުޅުންތެރިންނަކީވެސް ގައުމީ ސްކޮޑުގައިވެސް އެކި ފަހަރު މަތިން ހިމެނިފައިވާ ދެ ކުޅުންތެރިންނެވެ.
އާ ފުޓްބޯޅަ ސީޒަން އަންގާރަ ދުވަހުގެ ރޭ ފެށުމަށް އެފްއޭއެމުންވަނީ ނިންމާފައެވެ. އަންގާރަ ދުވަހުގެ ރޭ ސީޒަން ފެށުނު ނަމަވެސް ދިވެހި ލީގު ފެށޭނީ އަންނަ އާދިއްތަ ދުވަހުއެވެ. ސީޒަންގައި ގްރީން ސްޓްރީޓްސްއިން ކުޅެން ޖެހޭ ފުރަތަމަ މެޗުގައި ހޯމަ ދުވަހުގެ ރޭ ނުކުންނާނީ ކްލަބު ވެލެންސިޔާއާ ދެކޮޅަށެވެ.