ނަޝީދު މިހެން ވިިދާޅުވީ "އާސްކް ސްޕީކާ" ޕްރޮގުރާމުގައި، ރިލްވާން އަދި ޔާމީން މައްސަލާގައި "ސްޓިސް" ލިބިފައި ނެތީ ކީއްވެތޯ ކުރެވުނު ސުވާލަށް ޖަވާބު ދެއްވަމުންނެވެ.
ނަޝީދު ވިދާޅުވީ، ސީދާ މިވެނި ސަބަބެކޭ ވިދާޅުވާން ދަތި ކަމަށެވެ. ނަމަވެސް ދައުލަތުގެ އެކި މުއައްސަސާތަކުގައި އެ ޖަރީމާތަށް ފޮރުވުމަށް މަސައްކަތް ކުރާ ފަރާތްތަކެއް އެބަތިބި ކަމަށާއި. އެ މުއައްސަސާތަކުގެ ތެރެއިން އެމައްސަލަތައް ތަހުގީގުކޮށް ދައުވާއެއް ނުކުރެވިގެން އުޅެނީ މި ސަބަބާއި ހުރެކަމަށް ނަޝީދު ވިދާޅުވިއެވެ.
ނަޝީދު ވިދާޅުވީ ރިލްވާންގެ މައްސަލައާއި ޔާމީން ރަޝީދުގެ މައްސަލާގެ އިތުރުން ޑރ. އަފްރާޝީމްގެ މައްސަލަވެސް ބެލޭނެ ކަމަށާއި، އަދި އިންސާދުވެސް ހޯދޭނެ ކަމަށެވެ.
//openPhotoSwipe(); document.getElementById("btnA").onclick = openPhotoSwipe;