އެގޮތުން ޅައިމަގުގެ ބަނދަރު ތަރައްގީ ކުރުމުގެ މަޝްރޫއުގެ މަސައްކަތް ކުރުމަށްޓަކައި މަޝްރޫއު ހިންގާ ސަރަހައްދު ވަނީ މި މަހުގެ ހަތްވަނަ ދުވަހު ތައްޔާރުކޮށް ނިންމައިފަ އެވެ.
އެ މަޝްރޫޢުގެ ދަށުން، 31،000 ކިއުބިކް މީޓަރުގެ ސަރަޙައްދެއްގެ ބަނދަރު ފުންކުރުމާއި، 350 މީޓަރުގެ ސަރަޙައްދެއްގައި ބޭރުތޮށި ލުމާއި، 500 މީޓަރުގެ ސަރަޙައްދެއްގައި ރިވެޓްމެންޓް ޖެހުމާއި، 276 މީޓަރުގެ ސަރަޙައްދެއްގައި އެއްގަމުތޮށި ލުމާއި، 1،380 އަކަ މީޓަރުގެ ސަރަޙައްދެއްގައި ޕޭވްމެންޓް ހެދުމާއި އަދި މަގުބައްތި ހަރުކުރުން ފަދަ މަސައްކަތްތައް ކުރާނެ އެވެ.
އެމްޓީސީސީ އާއި ހަވާލުުކޮށްގެން ކުރިއަށް ގެންދާ އެ މަޝްރޫއަކީ 56.3 މިލިއަން ރުފިޔާގެ މަޝްރޫއު އެއް ކަމަށް އެމްޓީސީސީ އިން ބުނެއެވެ.