ads
އުތީމު ގަނޑުވަރު---
އުތީމު ގަނޑުވަރު ދިވެހިންނަށް ހުޅުވާލަނީ!
ކޮވިޑް-19 އާއި ގުޅިގެން އުތީމް ގަނޑުވަރު އަށް މަސް ވަންދެން ބަންދުކޮށްފައި އޮތުމަށްފަހު ހަމަ އެކަނި ދިވެހިންނަށް ޒިޔާރަތްކުރެވޭގޮަތަށް އަލުން ހުޅުވާލަން ތައްޔާރު ވެއްޖެ އެވެ.
Advertisement

ކޮވިޑް-19 އާއި ގުޅިގެން ރައްކާތެރިކަމުގެ ފިޔަވަޅެއްގެ ގޮތުން މިއަހަރުގެ މާރިޗް މަހުގެ 19 އިން ފެށިގެން ވަގުތީ ގޮތުން އުތީމު ގަނޑުވަރު އޮތީ ބަންދުކޮށްފައެވެ. އެޔަށްފަހު ޑިސެމްބަރު 13 ވާ އާދިއްތަ ދުވަހު އަލުން ގަނޑުވަރުގެ ހިދުމަތް ފަށާގޮތަށް ހަމަޖެހިފައިވާ ކަމަށް ސަގާފީ ތަރިކަ ރައްކާތެރިކުރާ ގައުމީ މަރުކަޒުން މިހާރު ވަނީ ބުނެފައެވެ.

އެގޮތުން ހުކުރު ދުވަސް ފިޔަވައި ކޮންމެ ދުވަހެއްގެ ހެނދުނު 08:30 ން މެންދުރުފަހު 13:30 އަށް ކަނޑައެޅިފައިވާ އުސޫލުގެ ދަށުން ގަނޑުވަރު ދެއްކުން ކުރިއަށްދާނެކަމަށާއި ގަނޑުވަރަށް ޒިޔާރަތްކުރައްވާ ފަރާތްތަކަށް ގަނޑުވަރަށް ވަދެވޭނީ އެމަރުކަޒުން ކަނޑައަޅާފައިވާ އުސޫލުގެ ދަށުން ނަންނޯޓް ކޮށްގެން ކަމަށް އެ މަރުކަޒުން ބުނެއެވެ. 

ގާތްގަނޑަކަށް އަށް މަސްފަހުން އަލުން ގަނޑުވަރު ހުޅުވާލަން ނިންމާފައިވާއިރު، މިހާލަތުގައި އުތީމު ގަނޑުވަރަށް ޒިޔާރަތްކުރުމުގެ ފުރުސަތު ލިބޭނީ ދިވެހިންނަށެވެ. ބިދޭސީންގެ ތެރެއިން އެފުރުސަތު ލިބޭނީ ރާއްޖޭގައި ވަޒަންވެރިވެގެން ދިރިއުޅޭ ބިދޭސީންނަށާއި، ވާކް ޕާމިޓް އޮތް ބިދޭސީންނަށެވެ. އަދި ފުރަ ބަންދުކޮށްފައިވާ އެއްވެސް ތާކުން އަންނަ މީހަކަށް އެ ފުރުސަތެއް ނުލިބޭނެ ކަމަށް ވެސް އެ މަރުކަޒުން ވަނީ ބުނެފައެވެ. 

ގަނޑުވަރަށް ޒިޔާރާތް ކުރަން ބޭނުންވާ ފަރާތްތަކަށް ޓިކެޓް ވިއްކާނީ ހެނދުނު 8:15 އިން މެންދުރުފަހު 13:00 އަށެވެ. މަރުކަޒުން ބުނީ މިހާލަތުގައި ގަނޑުވަރަށް ޒިޔާރަތްކުރަން ބޭނުންވާ ފަރާތްތަކުން ޒިޔާރަތްކުރަން ބޭނުންވާ ދުވަހުގެ އެއް ދުވަސް ކުރިން އެ މަރުކަޒަށް ގުޅާ އެޕޮއިންޓްމަންޓް ހައްދަންވާނެ ކަމަށާއި އެޕޮއިންޓްމަންޓް ނޯޓް ކުރާނީ ރަސްމީ ބަންދު ދުވަސްތައް ފިޔަވައި ކޮންމެ ދުވަހެއްގެ ހެނދުނު 8:30 ން މެންދުރުފަހު 13:30 އަށް އެމަރުކަޒުގެ ނަމްބަރު 3340255 ނުވަތަ 3340254 ކުން ކަމަށެވެ. ދުވާލެއްގެ މައްޗަށް ދޫކުރާނީ ގިނަވެގެން 50 އެޕޮއިންޓްމަންޓެވެ. އިތުރު ފުރުސަތު ދެވޭނީ ވަގުތު އޮތްވަރަކަށް ބަލަން ޖެހޭ ކަންކަން ބެލުމަށް ފަހުގައި ކަމަށްވެސް އެ މަރުކަޒުން ބުނެފައިވެއެވެ. 

މިހާލަތުގައި ގަނޑުވަރު ހުޅުވާލި ނަމަވަވެސް އާ އާންމު ހާލަތުގައި އުތީމު ގަނޑުވަރަށް ޒިޔާރަތްކުރާ މެހްމާނުން ޢަމަލުކުރަންޖެހޭ އުސޫލުތަކެއް ވެސް ވަނީ ކަނޑައަޅާފައެވެ. އެގޮތުން ގަނޑުވަރާއި ހަނދާނީ މަރުކަޒަށް ވަދެވޭނީ މާސްކް އަޅައިގެންނެވެ. އަދި ގަނޑުވަރާއި މަރުކަޒުގެ އެތެރޭގައި ހޭދަކުރާ ހުރިހާ ވަގުތެއްގައިވެސް ހުންނަންވާނީ މާސްކް އަޅައިގެންނެވެ. އަދި ވަނުމުގެ ކުރިން އަތް ދޮވުމާއި ނުވަތަ ހޭންޑް ސެނެޓެއިޒާ އިން އަތް ސާފުކުރުމުގެ އިތުރުން އަބަދުވެސް ތިން ފޫޓުގެ ދުރުމިން އިހްތިޔާރުކުރަން ޖެހޭ ގޮތަށް އުސޫލްތަކެއް ވަނީ ކަނޑައަޅާފައެވެ. 

އެ މަރުކަޒުން ބުނީ ޓިކެޓް ގަތްނަމަވެސް ގަނޑުވަރަށް ވަދެވޭނީ ޓެމްޕަރޭޗާ ޗެކު ކުރުމަށްފަހު ކަމަށާއި އެފަދަ ހާލަތުގައި ގަނޑުވަރަށް ވަނުމުގެ ފުރުސަތު ނުލިބޭ ފަރާތުގެ ޓިކެޓް ރިފަންޑް ނުކުރެވޭނެ ކަމަށެވެ. ގަނޑުވަރަށް ވަނުމުގެ ޓިކެޓް ނެގުމަށް މަރުކަޒުގެ އޮފީސްތެރެއަށް ވަދެވޭނީ ކޮންމެ ގްރޫޕަކުންވެސް އެއް މީހަކަށެވެ. އެންމެ ގިނަވެގެން އޮފީސްތެރޭގައި އެއްވަގުތެއްގައި ތިބެވޭނީ ތިން މީހުންނަށެވެ. އަދި އެ ފަރާތްތަކުން މަޑުކުރަންވާނީ އެކަމަށްޓަކައި ކަނޑައެޅިފައިވާ ވަކި ތަނެއްގައެވެ. އަދި ޓިކެޓް ގަތުމަށް އޮފީސްތެރެއަށް ވެންނެވުމުގެ ކުރިން ޓިކެޓް ގަންނަން ބޭނުންވާ މީހުންގެ އަދަދާއި އުމުރުފުރާ ރަނގަޅަށް އޮޅުންފިލުއްވައި، ދައްކަންޖެހޭ ފައިސާ ހަމައަށް ހިފައިގެން ދިޔުމަށް ސަމާލުކަން ދިނުމަށް މަރުކަޒުން އެދިފައިވެއެެވެ. 

އެ މަރުކަޒުން ބުނީ ގަނޑުވަރަށް ޒިޔާރަތްކުރާ ފަރާތްތަކަށް މަރުކަޒުގެ އޮފީސްތެރޭގައި ބެހެއްޓިފައިވާ އާސާރީ ކަބަޑުގައި ހުރި ތަކެތި ބެލެމުގެ ފުރުސަތެއް ނުލިބޭނެ ކަމަށާއި ގަނޑުވަރު ބެލުމަށްފަހު ފޮޓޯ ނެގުމަށް ގަނޑުވަރުގެ ތެރޭގައި މަޑުކުރެވޭނީ ވެސް ގިނަވެގެން ފަސް މިނެޓުގެ ވަގުތަކޮޅަކަށް ކަމަށެވެ. 

ޢޭގެ އިތުރުން މިހާލަތުގައި ގަނޑުވަރަށް ޒިޔާރަތްކުރާ ފަރާތްތަކަށް ގަނޑުވަރުގެ ވަޅުތަކުން ފެން ބޭނުންކުރުމުގެ ފުރުސަތެއް ނުލިބޭނެއެވެ. އަދި ގަނޑުވަރުގެތެރޭގައި ހޭދަކުރާ ވަގުތު މަދުކުރުމުގެ ބޭނުމުގައި ގަނޑުވަރާ ގުޅޭ މައުލޫމާތު ދެމުން ގެންދާނީ ވީހާވެސް ކުރުކޮށެވެ. އިތުރު މައުލޫމާތު ބޭނުންވާނަމަ ފޯނު ނުވަތަ އީމެއިލްގެ ޒަރިއްޔާއިން އެ މައުލޫމާތު  ފޯރުކޮށްދެވޭނެ ކަމަށް ބޮޑުތަކުރުފާނުގެ ހަނދާނީ މަރުކަޒުން ބުނެއެވެ. 

އެހެންކަމުން މިހާލަތުގައި ގަނޑުވަރު ހުޅުވާލިނަމަވެސް ޒިޔާރަތް ކުރާ ފަރާތްތަކުން އެ އުސޫލްތަކަށް އަމަލުކުރުމަށް އެދިފައިވެއެވެ. ގައުމީ މަރުކަޒުން ބުނީ އެއުސޫލުތަކާއި ހިލާފުވާ ފަރާތްތަކަށް ގަނޑުވަރަށް ވަނުމުގެ ފުރުސަތު ނުދީ ފޮނުވާލުމުގެ އިހްތިޔާރު ހަނދާނީ މަރުކަޒަށް ލިބިގެންވާ ކަމަށެވެ. 

100%
ކަމުގޮސްފި
0%
އަޑުއެހިތާ މިހުރީ
0%
ސަތޭކައަކުން ސުމެއް
0%
ވަރަށް ސަލާމް
ކޮމެންޓްސް