ads
ދިޔާނާ އިމްރާނަށް: ކަޅުފައިސާއިން ޖީބުފުރައިދޭ މުޖުރިމުން ތިބީ މިނިވަންކޮށްފައި!
ކަޅުފައިސާއިން ވެރިކަންގެ ޖީބުތައް ފުރައިދޭ މުޖުރިމުން ތިބީ އެކި ނަންމުގައި މިނިވަންކޮށްފައި ކަމަށް ވިދާޅުވެ ކުރީގެ ބަންޑާރަނައިބު ދިޔާނާ ސައީދު ހޯމް މިނިސްޓަރު އިމްރާން އަބްދުالله އަށް ރައްދު ދެއްވައިފި އެވެ.

ދިޔާނާ މިނިސްޓަރު އިމްރާނަށް ރައްދު ދެއްވާފައިވަނީ, ޖަލަކީ ޒުވާނުން އުމުރު ހޭދަކުރަންޖެހޭ ތަނެއް ނޫންކަމަށް ވިދާޅުވެ ކުރައްވާފައިވާ ޓްވީޓާއި ގުޅިގެންނެވެ. މިނިސްޓަރު އިމްރާން ވިދާޅުވެފައިވަނީ އެކި ސަބަބުތަކާއި ހެދި ގޯސްމަގު ހިޔާރު ކުރެވިފައިވާ ފަރާތްތައް އަލުން އަނބުރާ ކުށުގެ ވެއްޓަށް ނުގޮސް ޒިންމާދާރު ދިރިއުޅުމެއް ބިނާކުރުމަށް އެހީވުމަކީ ސަރުކާރުން އިސްކަންދޭ ކަމެއްކަމަށެވެ.

މިނިސްޓަރު އިމްރާންގެ މި ވާހަކައަށް ރައްދު ދެއްވާ ދިޔާނާ ވިދާޅުވެފައިވަނީ, އެމްއެމްޕީއާރްސީ މައްސަލައިގެ ތުހުމަތު އެންމެ ބޮޑަށް ކުރެވޭ ކުރީގެ ނައިބު ރައިސް އަހުމަދު އަދީބު ހުރީ ގޭގައި ކަމަށެވެ. އަދި 24 ކިލޯގެ މަސްތުވާތަކެތީގެ މައްސަލައިގައި 25 އަހަރަށް ޖަލަށް ހުކުމް ކުރި މީހަކުވެސް ހުރީ ގޭގައި ކަމަށް ދިޔާނާ ތުހުމަތު ކުރެއްވި އެވެ.

"ކަޅުފައިސާއިން ވެރިންގެ ޖީބުތައް ފުރާލަދޭ މުޖުރިމުން އެކި ބަހަނާތައް މަތިކޮށް ދޫކޮށްފައި." ދިޔާނާގެ ޓްވީޓްގައިވެ އެވެ.

ދިޔާނާ އިތުރަށް ވިދާޅުވެފައިވަނީ, ބާރުތައް ބޭނުންކުރަންވާނީ އަމާނާތްތެރިކަމާއި އެކު ކަމަށެވެ. ޖިނާއީ އަދުލުގެ ނިޒާމުގެ ލަނޑުދަނޑިތައް ހަރާބުވާގޮތަށް އަދި މުޖުތަމައު އިތުރަށް ފަސާދަވާގޮތަށް އެ ބާރުތައް ބޭނުންކުރުމަކީ ވަރަށް ބޮޑު ގޯހެއް ކަމަށް ދިޔާނާ ވިދާޅުވި އެވެ.

މީގެ ކުރިން ކުރީގެ ޕީޖީ އަހުމަދު މުއިއްޒުވެސް ވަނީ އަދީބާއި ޒިޔަތު ގޭގައި ތިއްބަވާތީ އެކަމަށް ފާޑުވިދާޅުވެ ޓްވީޓް ކުރައްވާފަ އެވެ. އެގޮތުން އަދީބާއި ޒިޔަތުގެ މައްޗަށްހުކުމް ކުރިނަމަވެސް ތިބީ ގޭގައިކަން ފާހަގަކޮށް މުއިއްޒު ވދާޅުވީ ބޮޑެތި ކޮރަޕްޝަންގެ ކުށް ސާބިތުވި ދެމީހުން ޖަލުގައި ނުތިއްބަވާ ގޭގައި ތިއްބެވީ ހަމައިއްތިފާގަކުންތޯ، ނުނީ ރައީސްގެ ހެޔޮފުޅުކަމުންތޯ ސުވާލު އުފައްދަވާފަ އެވެ.

0%
ކަމުގޮސްފި
0%
އަޑުއެހިތާ މިހުރީ
0%
ސަތޭކައަކުން ސުމެއް
0%
ވަރަށް ސަލާމް
ކޮމެންޓްސް