ރިޕޯޓްތައް ބުނާ ގޮތުގައި ރެމޯއަށް ހާޓް އެޓޭކެއް ޖެހިގެން ފަރުވާދެމުންދަނީ މުމްބާއީގައި ހުންނަ ކޮކިލާބެއިން ހޮސްޕިޓަލުގެ އައިސީޔޫގަ އެވެ.
ރެމޯއަށް ހާޓް އެޓޭކެއް ޖެހިގެން ފަރުވާދެމުން އަންނައިރު އޭނާގެ ގާތް ރަހުމަތްތެރިން ބުނާ ގޮތުންނަމަ އޭނާގެ ހާލު މިހާރު ސްޓޭބަލް އެވެ.
ރެމޯގެ އަންހެނުން ބައެއް މީޑިއާތަކަށް ކަށަވަރުކޮށްދީފައިވާ ގޮތުގައި ރޭމޯއަށް ފަރުވާދެނީ އައިސީޔޫގަ އެވެ. އަދި އޭނާއަށް ދުއާކޮށްދިނުމަށް ވެސް އެދިފަވެ އެވެ.
ސްޓާ ޕްލަސް އިން ދެއްކި މަޝްހޫރު ޑާންސް ޝޯ، ޑާންސް ޕްލަސް އުފެއްދި ރެމޯ ވަނީ އޭގައި ޖަޖެއްގެ ގޮތުން ވެސް ފެނިގެންގޮސްފަ އެވެ. އަދި އެތައް ހިޓް ލަވައެއް ކޮރެއޮގްރާފްކުރި 46 އަހަރުގެ ރެމޯ ވަނީ ސްޓްރީޓް ޑާންސާ ތްރީޑީ އާއި އޭބީސީޑީ އަދި ފްލައިން ޖެޓް ފަދަ ފިލްމުތައް ވެސް ޑައިރެކްޓްކޮށްފަ އެވެ.