ads
ޔޫސުފް ޝުޢާއު-
ރަށަށް ދިޔައީ އަންހެނުން ބަލައި ގެންނަންޖެހުނީ ޝުއާއުގެ ހަށިގަނޑު!
ސީއެންއެމްއަށް މައުލޫމާތު ދެއްވަމުން ޝުއާއުގެ ބޭބެ ބުނީ ޝުއާއު ރަސްމާދޫއަށް ދިޔައީ އަންހެނުން ބަލައިކަމަށެވެ. އެހެންނަމަވެސް އަންހެނުންގެ މަންމަ ބަލިވެ އުޅޭތީ ކުޑަދުވަސްކޮޅަކަށް ރަށުގައި މަޑުކޮށްލަން އަންހެނުން ބޭނުންވުމުން ޝުއާއު ރަށުގައި މަޑުކުރީ ކަމަށް ބޭބޭ ބުނެއެވެ.

ޝުއާއުގެ ބޭބެ ބުނީ އޭނަ އިއްޔެ އަންހެނުންނާއިއެކު މޫދަށް ގޮސް އުޅެނިކޮށް ގޮތްތަކެއް ވާތީ އެއްގަމަށް ގެންނަނިކޮށް ޝުއާއު އެތަނަށް ވެއްޓުނީ ފިޓްޖެހިގެން ކަަމަށެވެ. ފިޓް ޖެހުމުން އެންމެ ފުރަތަމަ ގެންދިޔައީ ރަސްމާދޫ ސިއްހީ މަރުކަޒަށް ނަމަވެސް މަރުކަޒްގައި ސިއްހީ ފަރުވާދެވެން ނެތުމުން ޝުއާއު މަރުވެފައިވަނީ އެއަތޮޅު އުގޫފާރު ހޮސްޕިޓަލަށް ގެންދިޔުމުގެ މަގުމަތީގައި ކަމަށް ބެލެވޭ ކަމަށް ޝުއާއުގެ ބޭބެ ބުނެއެވެ.

ޝުއާއު މަރުވެފައިވާކަން އުގުފާރު ހޮސްޕިޓަލުން ޔަގީންކޮށްފައިވަނީ އިއްޔެ މެންދުރު ފަހު 3:56 ހާއިރުއެވެ. އޭނާ ވަނީ ހޮސްޕިޓަލަށް ގެންދިޔައިރުވެސް މަރުވެފައިކަމަށް އުގޫފާރު ހޮސްޕިޓަލުން ބުނެފައިވާ ކަމަށް ޝުއާއުގެ ބޭބޭ ބުނެއެވެ.

ޝުއާއުގެ ހަށިގަނޑު އާއިލާގެ އެދުމުގެ މަތިން މާލެ ގެނެސް ކަށުކަމާކެމީގެ ކަންތައް ކޮށް ވަޅުލާފައިވަނީ ރޭގެ 23:30 ގައެވެ. 

ޝުއާއު ކައިވެނިކޮށްފައިވަނީ މީގެ އެއްއަހަރު ކުރިންނެވެ. 

އޭނަ ވަނީ ރާއްޖޭގެ ފުރަތަމަ ޑިވިޝަންގައި ވިކްޓްރީ ސްޕޯޓްސް ކްލަބުގެ އިތުރުން ކްލަބް ގްރީން ސްޓްރީޓުއަށް ވެސް ކުޅެދީފައެވެ. 

11%
ކަމުގޮސްފި
11%
އަޑުއެހިތާ މިހުރީ
68%
ސަތޭކައަކުން ސުމެއް
10%
ވަރަށް ސަލާމް
ކޮމެންޓްސް