މި މައްސަލައިގެ އަޑުއެހުން މާދަމާ ކްރިމިނަލް ކޯޓުގައި ތާވަލުކޮށްފައިވަނީ މެންދުރު 02:00 އަށެވެ.
މިމައްސަލައިގައި އެންމެ ފަހުން ހުކުމް ކުރުމަށް ބޭއްވި އަޑުއެހުމުގައި އާފިޔާ ކޯޓަށް ހާޒިރުވެފައިވަނީ ވަކީލަކާއި އެކު އެވެ. އެއީ ދައުލަތުގެ ފަރާތުން އާފިޔާއަށް ހަމަޖައްސައިދިން ވަކީލެކެވެ.
އެ ދުވަހުގެ އަޑުއެހުމުގައި އާފިޔާގެ ވަކީލް ވިދާޅުވީ މައްސަލަ ދިރާސާކޮށް ހުލާސާ ބަޔާނެއް ދިނުމަށް ބޭނުންވާ ކަމަށެވެ. އެހެންކަމުން މައްސަލަ ބައްލަވާ ގާޒީ ވަނީ އެކަމަށް ފުރުސަތު ދެއްވާފަ އެވެ.
ރަކީދޫގައި އިބްތިހާލް މަރާލާފައި އޮއްވާ ފެނުނީ 2015 ވަނަ އަހަރުގެ ޖެނުއަރީ މަހުގަ އެވެ. މި މައްސަލައިގައި ދައުލަތުން އާފިޔާގެ މައްޗަށް އުފުލާފައިވަނީ އަމުރަށް ނުކިޔަމަންތެރިިވުމުގެ ދައުވާއާއި ގަސްދުުގައި ކުއްޖަކު މެރުމުގެ ދައުވާ އެވެ.