ads
ޔުނިސެފްގެ ފަރާތުން ތަކެތި ހަވާލު ކުރަނީ--
ޔުނިސެފްގެ ފަރާތުން އެޑިޔުކޭޝަން މިނިސްޓްރީއަށް ބައެއްތަކެތި ހަދިޔާކޮށްފި
އަންނަ އަހަރުގެ ސްކޫލްތައް ރައްކާތެރިކަމާއެކު ހުޅުވުމަށް އެޑިޔުކޭޝަން މިނިސްޓްރީން ކުރަމުންގެންދާ މަސައްކަތްތަކަށް އެހީތެރިވުމުގެ ގޮތުން ޔުނިސެފްގެ ފަރާތުން ބައެއް ތަކެތި މިނިސްޓްރީއަށް ހަދިޔާކޮށްފި އެވެ.
Advertisement

ޔުުނިސެފްގެ ފަރާތުން މިނިސްޓްރީ އަށް ހަދިޔާކޮށްފައިވަނީ 420 ލެޕްޓޮޕާއި، ދިވެހި ކިއުމަށް ދަރިވަރުން އަހުލުވެރި ކުރުމަށްޓަކައި ދިވެހި ވާހަކަފޮތް އަދި ސްކޫލްތައް ސާފުކުރުމަށް ބޭނުންވާ ޑިސްއިންފެކްޓެންޓް އެވެ.

އެތަކެތި ހަދިޔާ ކުރެވުނީ ކޮވިޑް-19ގެ އާލަމީ ބަލިމަޑުކަމުގެ ދުވަސްވަރު މެދުނުކެނޑި ދަރިވަރުންގެ ކިޔެވުން ކުރިއަށްގެންދިއުމަށާއި، އަންނަ 2021ވަނަ އަހަރުގެ ސްކޫލްތައް ރައްކާތެރިކަމާއެކު ހުޅުވުމަށް މިނިސްޓްރީން ކުރަމުންގެންދާ މަސައްކަތްތަކަށް އެހީތެރިވުމުގެ ގޮތުން ކަމަށް މިނިސްޓްރީން ބުނެއެވެ. 

މިއަދު ހަވާލުކުރެވުނު ތަކެތީގެ ތެރޭގައި ހިމެނޭ 420 ލެޕްޓޮޕަކީ ގްލޯބަލް ޕާޓްނާޝިޕް ފޯ އެޑިޔުކޭޝަން-ޖީޕީއީގެ ފަންޑުން ޔުނިސެފް މެދުވެރިކޮށް ރާއްޖެއަށް ހަމަޖެހިފައިވާ ހިލޭއެހީގެ ދަށުން ހަދިޔާކުރި ތަކެއްޗެވެ. އަދި ސްކޫލްތަކުގައި ބޭނުން ކުރުމަށް މިއަދު ހަދިޔާ ކުރެވުނު ޑިސްއިންފެކްޓެންޓްއަކީ ޔޫއެސްއެއިޑްގެ އެހީގައި ޔުނިސެފުން ހަދިޔާ ކުރި ތަކެއްޗެވެ. އޭގެ އިތުރުން ޔުނިސެފުން މިއަދު 2726 ދިވެހި ވާހަކަފޮތް ވެސް ވަނީ ހަދިޔާކޮށްފައެވެ.

your image2726 ދިވެހި ވާހަކަފޮތް ވެސް ވަނީ ހަދިޔާކޮށްފަ---

އެ ރަސްމިއްޔާތުގައި ވާހަކަފުޅު ދައްކަވަމުން ޔުނިސެފްގެ ރެޕްރެޒެންޓެޓިވް ޑރ. މުނީރް ވިދާޅުވީ މިއަދު ހަދިޔާކުރެވުނު ތަކެތީގެ ސަބަބުން ދަރިވަރުންގެ ކިޔެވުން މެދުނުކެނޑި ކުރިއަށް ގެންދިއުމަށް މިނިސްޓްރީން ކުރަމުން ގެންދާ މަސައްކަތްތަކަށް އިތުރު ފަސޭހަކަމެއް ލިބިގެންދާނެ ކަމަށް އުންމީދުކުރައްވާ ކަމަށެވެ. ޑރ މުނީރްގެ ވާހަކަފުޅުގައި ވަނީ ކޮވިޑް-19ގެ އާލަމީވަބާގެ ތެރޭގައިވެސް ދަރިވަރުންގެ އުނގެނުން ހުއްޓާނުލައި ކުރިއަށް ގެންދިއުމަށް މިނިސްޓްރީން ކުރި މަސައްކަތްތަކަށް ތައުރީފް ކުރައްވާފައެވެ. 

މިނިސްޓަރ ޑރ. ޢާއިޝަތު ޢަލީގެ ވާހަކަފުޅުގައި ތަޢުލީމީ ދާއިރާއަށް ޔުނިސެފްގެ އެހީތެރިކަން އަބަދުވެސް ގިނަ ގޮތްގޮތުން ލިބޭކަން ފާހަގަކުރައްވައި، ޔުނިސެފްގެ ރެޕްރެޒެންޓެޓިވް ޑރ. މުނީރް އޭ ސަފީލްދީން އަދި ޔުނިސެފްގެ ޓީމަށް ޝުކުރު އަދާ ކުރެއްވިއެވެ. އަދި ޔުނިސެފާއި ތައުލީމީ ދާއިރާއާއި ދެމެދުވާ ގާތް ގުޅުމަށް ޝުކުރު އަދާކުރައްވާ އެގޮތުގައި އަބަދުވެސް މަސައްކަތް ކުރިއަށް ގެންދެވޭނެ ކަމުގެ ޔަޤީންކަން އޮތްކަންވެސް ފާހަގަކުރެއްވިއެވެ.

މިއަދު އެޑިޔުކޭޝަން މިނިސްޓްރީގައި ބޭއްވުނު ހާއްސަ ރަސްމިއްޔާތެއްގައި ތަކެތި ހަވާލުކޮށްދެއްވީ ޔުނިސެފުން ރާއްޖެއަށް ކަނޑައަޅުއްވާފައި ހުންނަވާ ރެޕްރެޒެންޓޭޓިވް ޑރ. މުނީރް އޭ ސަފީލްދީންއެވެ. އަދި މިނިސްޓްރީގެ ފަރާތުން ތަކެއްޗާއި ހަވާލުވެ ވަޑައިގެންނެވީ މިނިސްޓަރު ޑރ. ޢާއިޝަތު އަލީއެވެ.

0%
ކަމުގޮސްފި
0%
އަޑުއެހިތާ މިހުރީ
0%
ސަތޭކައަކުން ސުމެއް
0%
ވަރަށް ސަލާމް
ކޮމެންޓްސް