ads
ފިހާރައްގެ ތެރެ
ދިވެހި އުފެއްދުންތައް ވިއްކުމުގެ ފުރުސަތު ބީސީސީއިން ހުޅުވާލައިފި
ބިޒްނަސް ސެންޓަރު ކޯޕަރޭޝަން ބީސީސީގެ އޮތެންޓިކް މޯލްޑިވްސް ފިހާރައިގައި ދިވެހި އުފެއްދުންތައް ވިއްކުމުގެ ފުރުސަތު ކުދި ވިޔަފާރިތަކަށް ހުޅުވާލައިފި އެވެ.
Advertisement

ދިވެހި އުފެއްދުންތައް ވިއްކާ ފަރާތްތަކަށް އެފަދަ ތަކެތި ވިއްކުމުގެ ފުރުސަތު ހުޅުވާލާފައިވަނީ ބީސީސީން މ. ކަނީރުވިލާގައި އަލަށް ހުޅުވުމަށް ހަމަޖެހިފައިވާ ފިހާރައިގައެވެ. 

ދިވެހި އަތްތެރިމަސައްކަތް ކުރައްވާ ދިވެހިންނަށް އަމާޒުކޮށްގެން ސަރުކާރުގެ ކުދި އަދި މެދު ފަންތީގެ ސިޔާސަތުގެ ދަށުން އެފަދަ ވިޔަފާރިތައް ކުރިއެރުވުމުގެ މަގްސަދުގައި އަދި އެފަދަ ފަރާތްތަކަށް ތަކެތި ވިއްކަން ފަހި މާހައުލެއް ގާއިމު ކުރުމުގެ ގޮތުން ބީސީސީ އިން ކުރަން ނިންމާފައިވާ ކަމެކެވެ. 

ބީސީސީން ބުނީ އެކަމަށް ޝައުގުވެރިވާ ފަރާތްތަކުން މިމަހުގެ 24 ވާ ބުރާސްފަތި ދުވަހުގެ 15:00ގެ ކުރިން އެކަމަށް އެދި ޕްރޮޕޯސަލްއާއި އެހެނިހެން ލިޔެކިއުންތައް، އެ ސެންޓަރަށް ހުށަހެޅުމަށް އެދޭކަމަށެވެ. ބީސީސީން ވަނީ އީމެއިލް މެދުވެރިކޮށް ޕްރޮޕޯސަލް ހުށަހަޅަން ބޭނުންވާ ފަރާތްތަކަަށްވެސް އެ ފުރުސަތު ހުޅުވާލާފައެވެ. 

ކޮވިޑް-19 އާއި ގުޅިގެން ވިޔަފާރީތަކަށް ވަރަށް ބޮޑެތި އަސަރުތަކެއް ކޮށްފައިވާއިރު އެންމެ ބޮޑަށް އަސަރެއް ކޮށްފައިވަނީ ކުދި އަދި މެދު ފަންތީގެ ވިޔަފާރީތަކަަށެވެ. އެގޮތުން އެފަދަ ފަރާތްތަކަށް އެހީތެރިކަން ފޯރުކޮށްދިނުމަށް ސަރުކާރުން ދަނީ އެސްއެމްއީ ޑިވެލޮޕްމެންޓް ފައިނޭންސް ކޯޕަރޭޝަން (އެސްޑީއެފްސީ) މެދުވެރިކަން ލޯން ދޫކުރަމުންނެވެ. ފިނޭންސް މިނިސްޓްރީގެ ތަފާސްހިސާބުތަކަށް ބަލާއިރު އޮކްޓޫބަރު މަހުގެ 15 ވަނަ ދުވަހުގެ ނިޔަލަށް ވަނީ 1815 ކުދި ވިޔަފާރިއަކަށް ލޯނު ދޫކޮށްފަ އެވެ. އެގޮތުން އެސްޑީއެފްސީ މެދުވެރިކޮށް މިހާތަނަށް ފަތުރުވެރިކަމުގެ ދާއިރާގައި ހަރަކާތްތެރިވާ ކުދި އަދި މެދު ފަންތީގެ 229 ވިޔަފާރިއަކަށް 52.7 މިލިއަން ރުފިޔާ ދޫކޮށްފައިވާއިރު ދަތުރުފަތުރުގެ ދާއިރާގެ 76 ވިޔަފާރިއަކަށް 19.4 މިލިއަން ރުފިޔާ ދޫކޮށްފައިވެ އެވެ.  

0%
ކަމުގޮސްފި
0%
އަޑުއެހިތާ މިހުރީ
0%
ސަތޭކައަކުން ސުމެއް
0%
ވަރަށް ސަލާމް
ކޮމެންޓްސް