ads
ކިނޮޅަހުގައި ހިންގާ މަޝްރޫއުގެ ތެރެއިން-- ފޮޓޯ: އެމްޑަބްލިއުއެސްސީ
ކިނޮޅަހުގެ ނަރުދަމާ ގާއިމްކުރުމުގެ 40 އިންސައްތަ ނިމިއްޖެ
ރ. ކިނޮޅަހުގައި މާލޭ ވޯޓާ އެންޑް ސްވަރޭޖް ކޮމްޕެނީ (އެމްޑަބްލިއުއެސްސީ) އިން ފަށާފައިވާ ފެނާއި ނަރުދަމާގެ ނިޒާމް ގާއިމްކުރުމުގެ މަޝްރޫއުގެ 40 އިންސައްތަ މަސައްކަތް ނިމިފައިވާ ކަމަށް އެ ކުންފުނިން ބުނެފި އެވެ.

އެމްޑަބްލިއުއެސްސީން ކިނޮޅަހުގައި ހިންގާ ފެން ޕްލާންޓް ބެހެއްޓުމަށް އިމާރާތްކުރާ ފެސިލިޓީ ބިލްޑިން އިމާރާތްކުރުމުގެ މަޝްރޫއުގެ 40 އިންސައްތަ މަސައްކަތް ނިމިފައިވާ އިރު، އެ މަޝްރޫއުގެ ދަށުން މިހާރު ކުރަމުންދަނީ ފެން އުފެއްދުމަށްޓަކައި ބޭނުންވާ ބޯހޯލް ތޮރުފުމުގެ މަސައްކަތެވެ.

އެ މަޝްރޫއުގެ މަސައްކަތް ކުރިއަށް ގެންދިއުމަށްޓަކައި ނަރުދަމާ ނިޒާމް ޤާއިމްކުރުމަށް ބޭނުންވާ ހޮޅިއާއި އެހެނިހެން ތަކެތި މިހާރު ވަނީ ކިނޮޅަހަށް ގެންދެވިފައި ކަމަށް އެކުންފުނިން ބުނެއެވެ.

އެ މަޝްރޫއުގައި ހިމެނޭ ފެނުގެ ނިޒާމް ގާއިމްކުރުމުގެ މަސައްކަތުގެ ދަށުން 10.98 ކިލޯމީޓަރުގެ ދިގު ފެން ހޮޅީގެ ނެޓްވޯކެއް ގާއިމް ކުރުމާއި، އާރުއޯ ފެސިލިޓީ ބިލްޑިން އިމާރާތް ކުރުމާއި، ފެން އުފެއްދުމަށްޓަކައި 2 އާރުއޯ ޕްލާންޓް ބަހެއްޓާނެ އެވެ.

އަދި ފެން ރައްކާކުރުމަށްޓަކައި 190 ކިއުބިކް މީޓަރުގެ 2 ތާންގި އަދި 380 ކިއުބިކް މީޓަރުގެ 1 ތާންގި ބެހެއްޓުމުގެ އިތުރުން ގޭ ބިސީތަކުގައި ފެންމީޓަރު ބަހައްޓައި، ފެނުގެ ކަނެކްޝަން ގުޅައިދީ، އެ ގޭބިސީތަކަށް ރައްކާތެރި ބޯފެން ފޮރުކޮށްދިނުން ފަދަ މަސައްކަތްތައް ކުރާނެއެވެ.

އެ މަޝްރޫއުގައި ހިމެނޭ ނަރުދަމާ ނިޒާމުގެ މަސައްކަތުގެ ދަށުން 7.69 ކިލޯމީޓަރުގެ ދިގު ނަރުދަމާ މައި ނެޓްވޯކް ގާއިމްކުރުމާއި، 870 މީޓަރުގެ ޕަންޕިން ލައިނެއް އެޅުމާއި، 3 ޕަންޕިން ސްޓޭޝަނާއި އެއް ސީ އައުޓް ފޯލް ގާއިމްކުރާނެ އެވެ.

އަދި ގޭބިސީތަކުގައި ޖަންކްޝަން ބަހައްޓައި، ނަރުދަމާ ކަނެކްޝަން ގުޅައިދީ އެ ގޭބިސީތަކަށް ނަރުދަމާގެ ހިދުމަތް ފޯރުކޮށްދިނުން ފަދަ މަސައްކަތްތައް ކުރާނެ ކަމަށާއި، އެ މަޝްރޫއުގެ ދަށުން ފެނާއި ނަރުދަމާ ނިޒާމް ހިންގާ ބެލެހެއްޓުމަށް ބޭނުންވާ ޖަނަރޭޓަރު ސެޓާއި ވެހިކަލް އަދި ފެން ތަހުލީލު ކުރުމަށް ބޭނުންވާ ސަމާނު ފޯރުކޮށްދިނުމަށް ވަނީ ހަމަޖެހިފައެވެ.

22 މަސްދުވަހުުގެ މުއްދަތަކަށް އެމްޑަބްލިއުއެސްސީ އަށް ޕްލޭނިން މިނިސްޓްރީން އެ މަޝްރޫއު ހަވާލުކޮށްފައި ވަނީ 36.048 މިލިއަން ރުފިޔާ އަށެވެ.

0%
ކަމުގޮސްފި
0%
އަޑުއެހިތާ މިހުރީ
0%
ސަތޭކައަކުން ސުމެއް
0%
ވަރަށް ސަލާމް
ކޮމެންޓްސް