ads
ހުސައިން ޝަހީމް -- ފޮޓޯ: މަޖިލިސް
ރައީސް ސޯލިހަށްޓަކައި މުޅި އިސްލާމީ އުންމަތް ފަހުރުވެރިވޭ: ހުސައިން ޝަހީމް
ރައީސް އިބްރާހިމް މުހައްމަދު ސޯލިހުއަށްޓަކައި މުޅި އިސްލާމީ އުންމަތް ފަހުރުވެރިވާކަމަށް ރައްޔިތުންގެ މަޖިލީހުގެ ހެންވޭރު ދެކުނު ދާއިރާގެ މެމްބަރު އަދި އެމްޑީޕީގެ ޕާލިމެންޓަރީ ގުރޫޕުގެ ޑެޕިއުޓީ ލީޑަރު ހުސައިން ޝަހީމް ވިދާޅުވެއްޖެއެވެ.

ހުސައިން ޝަހީމް މިހެން ވިދާޅުވީ، ކޮވިޑް-19 ގައި މަރުވާ ސްރީލަންކާގެ މުސްލިމުން ރާއްޖޭގައި ވަޅުމުމަށް، ކަމާބެހޭ ފަރާތްތަކާއި މަޝްވަރާ ކުރެއްވުމުގެ މަސައްކަތް ރައީސް ސޯޅިހު ފެއްޓެވުމާއި ގުޅިގެންނެވެ. 

ލަންކާގައި ކޮވިޑް ޖެހިގެން މަރުވާ މުސްލިމުން ރާއްޖޭގައި ވަޅުލައިދިނުމަށް އެގައުމުގެ ރައީސް ގޮތަބަޔާ ރާޖަޕަކްސާ އެދިވަޑައިގެންނެވުމުން އެކަމުގެ މަޝްވަރާތަށް ރައީސް ސޯލިހު ފެއްޓެވިކަން ކަށަވަރުކޮށްދެއްވައި ފޮރިން މިނިސްޓްރީން ވަނީ ނެރެފައިވާ ނޫސްބަޔާނެއް ނެރެފައެވެ. 

މި ނޫސްބަޔާން ރީ-ޓްވީޓް ކުރައްވައި ހުސައިން ޝަހީމް ވިދާޅުވީ، ރައީސް އިބްރާހިމް މުހައްމަދު ސޯލިހުއަކީ ސައްތައިން ސައްތަ އިސްލާމީ ގައުމެއްގެ ވެރިއެއްކަން އެމަނިކުފާނު ސާބިތު ކޮށްދެއްވައިފި ކަމަށާއި، މުޅި އިސްލާމީ އުންމަތް އެމަނިކުފާނުއަށްޓަކައި ފަހުރުވެރިވާކަމަށެވެ. 

ލަންކާގައި ކޮވިޑް ޖެހިފައިވާ މުސްލިމުން ރާއްޖޭގައި ވަޅުލުމާއި ގުޅޭގޮތުން ފޮރިން މިނިސްޓްރީން މިހާތަނަށް ބުނެފައިވަނީ، އެގައުމުގައި ކޮވިޑް ޖެހިގެން މަރުވާ މުސްލިމުން އިސްލާމީ އުސޫލުތަކާ އެއްގޮތަށް ޖަނާޒާގެ ކަންތައްތައް ފުރިހަމަކުރުމަށް ސްރީލަންކާ ސަރުކާރަށް ދަތިތަކެއް ކުރިމަތިވެފައިވާކަމަށާއި، ރާއްޖޭގައި ސްރީލަންކާގެ މިފަދަ މުސްލިމުންނަށް އިސްލާމީ އުސޫލުތަކާ އެއްގޮތަށް ޖަނާޒާގެ ކަންތައްތައް ހަމަޖައްސައިދިނުމަށް އެހީތެރިކަން ހޯއްދެވުމަށް އެދިވަޑައިގެން ސްރީލަންކާގެ ރައީސް ގޯތާބަޔަ ރާޖަޕަކްސަ ރައީސުލްޖުމްހޫރިއްޔާ އިބްރާހިމް މުޙައްމަދު ސާލިހަށް ސިޓީފުޅެއް ފޮނުއްވާފައިވާ ކަމަށެވެ.  

ސްރީލަންކާގައި ކޮވިޑް ޖެހިގެން މަރުވާ މުސްލިމުން ވަޅުކުމުގެ ބަދަލުގައި އެމީހުންގެ ހަށިގަންޑު އަންދަމުން ދާތީ އެގައުމުގެ މުސްލިމުން އަންނީ ވަރަށް ބޮޑަށް އެކަމާއި ނުރުހުން ފާޅުކުރަމުންނެވެ. 

0%
ކަމުގޮސްފި
0%
އަޑުއެހިތާ މިހުރީ
0%
ސަތޭކައަކުން ސުމެއް
0%
ވަރަށް ސަލާމް
ކޮމެންޓްސް