ފީވަކުގެ ބަނދަރު ތަރައްޤީ ކުރުމުގެ މަޝްރޫއުގެ 65 އިންސައްތަ ނިމިފައިވާ އިރު، އެ މަޝްރޫއުގެ ދަށުން މިހާރު ކުރިއަށް ދަނީ އެއްގަމު ތޮށީގެ ކޮންކްރީޓް މަސައްކަތްތައް ކަމަށް އެމްޓީސީސީން ބުނެއެވެ.
އެ މަޝްރޫއުގެ ދަށުން، 55,163 ކިއުބިކް މީޓަރުގެ ސަރަހައްދެއްގެ ބަނދަރު ފުންކުރުމާއި، 464 މީޓަރުގެ ސަރަހައްދެއްގައި އެއްގަމު ތޮށި ލުމާއި، 356 މީޓަރުގެ ސަރަހައްދެއްގައި ބޭރު ތޮށިލުމާއި، 182 މީޓަރުގެ ސަރަހައްދެއްގައި ރިވެޓްމަންޓް ޖެހުމާއި އަދި 2،320 އަކަ މީޓަރު ސަރަހައްދެއްގައި ޕޭވްމަންޓް ހެދުން ފަދަ މަސައްކަތްތައް ކުރާނެ އެވެ.
މިދިޔަ އަހަރުގެ ސެޕްޓެމްބަރު 13 ގައި މޮބިލައިޒް ކުރެވުނު އެ މަޝްރޫއަކީ 67.6 މިލިއަން ރުފިޔާ އަށް ޕްލޭނިން މިނިސްޓްރީން އެމްޓީސީސީން ހަވާލުކޮށްފައިވާ މަޝްރޫއެކެވެ.