ads
ސުޕްރީމް ކޯޓު
ލިޔުންތަކުގެ އެންމެ ކޮޕީއަކުން ސުޕްރީމް ކޯޓަށް މައްސަލަ ހުށަހަޅޭނެ ގޮތް ހަދައިފި
ސުޕްރީމް ކޯޓަށް ހުއްދަށް އެދި ހުށަހަޅާ މައްސަލަތައް ހުށަހަޅާއިރު ފޯމާއި ލިޔުންތަކުގެ އަސްލު ހިމެނޭ އެއް ސެޓްގެ އިތުރުން ލިޔުންތަކުގެ އިތުރު ކޮޕީތަކެއް ހުށަހަޅަން ނުޖެހޭ ގޮތަށް ސުޕްރީމް ކޯޓުން ނިންމައިފި އެވެ.
Advertisement
ސުޕްރީމް ކޯޓަށް ހުއްދަށް އެދި ހުށަހަޅާ މައްސަލަތައް ހުށަހަޅާއިރު ފޯމާއި ލިޔުންތަކުގެ އަސްލު ހިމެނޭ އެއް ސެޓްގެ އިތުރުން ލިޔުންތަކުގެ އިތުރު ކޮޕީތަކެއް ހުށަހަޅަން ނުޖެހޭ ގޮތަށް ސުޕްރީމް ކޯޓުން ނިންމައިފި އެވެ.

ސުޕްރީމް ކޯޓުން މިއަދު މިގޮތަށް ނިންމީ އެ ކޯޓުގެ ފަނޑިޔާރުންގެ މަޖިލީހުންނެވެ.

ސުޕްރީމް ކޯޓުން ބުނީ އެ ކޯޓަށް ހުއްދައަށް އެދި ހުށަހަޅާ މައްސަލަތައް ހުށަހަޅާއިރު ފޯމާއި ލިޔުންތަކުގެ އަސްލު ހިމެނޭ އެއް ސެޓުގެ އިތުރުން، އިތުރު ކޮޕީއެއް މިއަދުން ފެށިގެން ހުށަހަޅަން ނުޖެހޭނެ ކަމަށެވެ.

ސުޕްރީމް ކޯޓުން އިތުރަށް ބުނީ އެ ކޯޓުން މައްސަލަ ބަލައިގަތުމަށް ނިންމައިފިނަމަ ރަޖިސްޓްރާ އަންގާ އަދަދެއްގެ ކޮޕީ ހުށަހެޅުމުން ރަނގަޅު ވާނެ ކަމަށެވެ.

ސުޕްރީމް ކޯޓަށް މައްސަލަ ހުށަހަޅާއިރު މައްސަލައާއި ގުޅޭ ލިޔުންތަކުގެ އެއް ކޮޕީއަށް ވުރެ ގިނަ ކޮޕީ ހުށަހަޅަންޖެހޭ ގޮތަށް ސުޕްރީމް ކޯޓުން ނިންމީ އުއްތަމަ ފަނޑިޔާރަކަށް އެންމެ ފަހުން ހުންނެވި ޑރ. އަހްމަދު އަބްދުﷲ ދީދީ ހުންނެވި ދުވަސްވަރު މިދިޔަ އަހަރުގެ ތެރޭގަ އެވެ.

ސުޕްރީމް ކޯޓުން މީގެކުރިން އަމަލުކުރަމުން ދިޔަ އުސޫލަކަށް ފަނޑިޔާރުންގެ މަޖިލީހުން ބަދަލު ގެނެސްފައި މިވަނީ ޑރ. އަހްމަދު އަބްދުﷲ ދީދީއާއި އާދަމް މުހައްމަދު ސުޕްރީޯމް ކޯޓުގެ ފަނޑިޔާރުކަމުގެ މަގާމުން އިއްޔެ ވަކިކޮށްފައި ވަނިކޮށެވެ.
0%
ކަމުގޮސްފި
0%
އަޑުއެހިތާ މިހުރީ
0%
ސަތޭކައަކުން ސުމެއް
0%
ވަރަށް ސަލާމް
ކޮމެންޓްސް
//openPhotoSwipe(); document.getElementById("btnA").onclick = openPhotoSwipe;