ads
ފޮޓޯ:އިންޑިއަން ޖާނަލް---
ސަރުކާރުން ކެމްޕެއިން ނުކުރޭ، ރަށްތަކަށް ދަނީ އެޗްޕީއޭގެ ގައިޑްލައިންއާއި އެއްގޮތަށް: އީސީ
ސަރުކާރުގެ ފަރާތުން އަތޮޅުތަކަށް ދަނީ ކެމްޕެއިން ކުރަން ނޫންކަމަށާއި، ރަށްތަކަށް ދަނީ އެޗްޕީއޭގެ ގައިޑްލައިންއާއި އެއްގޮތަށް ހުއްދަތައް ނަގައިގެންކަަމަށް އިލެކްޝަން ކޮމިޝަންގެ ރައީސް އަހުމަދު ޝަރީީފް ވިދާޅުވެއްޖެއެވެ.

ޝަރީފް ވިދާޅުވީ ބައެއް ސަރުކާރުގެ ބައެއް ވުޒާރާތަކުން އަތޮޅުތެރޭގައި ކުރައްވާ ދަތުރުތަކުގައި ކެމްޕެއިންތައް ކުރިއަށް ގެންދަވާކަމަށް ވިދާޅުވެ، އިދިކޮޅު ފަރާތްކުން ސުވާލުކުރަމުންދާ ކަމަށެވެ. އެހެންނަމަވެސް އެއީ ކެމްޕެއިން ކުރަނީ ކަމަށް ނުދެއްނެވޭނެ ކަމަށާއި ސަރުކާރުން ދޭ ހިދުމަަތްތަކާއި ގުޅިގެން ރަށްތަކަށްގޮސް ވާހަކަދައްކަވާ ކަމުގައި ވާނަމަ އެވާހަކަތަކަކީ އިލެކްޝަން ކޮމިޝަނަށް ހުއްޓުވޭނެ ކަމެއް ނޫން ކަމަށެވެ.

"މިހާރު ބައެއް އިދިކޮޅު ފަރާތްތަކުން އަޅުގަނޑުމެންނާއި ސުވާލުކުރަމުން އެބަދޭ އާއްމު ކުންފުނިތަކުގެ ފަރާތުން އަދި ސަރުކާރުގެ ބައެއް ވުޒާރާތަކުން ބައެއް ރައްޔިތުންނަށް ދެވޭ ބައެއް ހިދުމަތްތަކާއި ގުޅިގެން އަތޮޅުތެރޭގައި އެކުރައްވާ ދަތުރުތަކުގަ ކެމްޕެއިންތައް ކުރިއަށް ގެންދަވާ ކަމަށް. އަޅުގަނޑު ނުދައްވާނަން އެއީ ކެމްޕެއިން ހަރަކާތްތަކެކޭ. އެބޭފުޅުން ވަޑައިގަންނަވަނީ އެޗްޕީއޭގެ ގައިޑްލައިންއާއި އެއްގޮތަށް. އެއީ ގަނޑުލައިންގަ ކަނޑައަޅާފަވާ ހުއްދައެއް ހޯދާގެން އަދި އެކަމާ އެކީގަ. އެހެންވީމަ އެބޭފުޅުން ސަރުކާރުން ދޭ ހިދުމަަތްތަކާއި ގުޅިގެން ވާހަކަދައްކާ ކަމުގައި ވާނަމަ އެ ވާހަކަދެއްކުމަކީ އަޅުގަނޑުމެން އިލެކްޝަން ކޮމިޝަނުން ހުއްޓުވޭނެ ކަމެއް ނޫން." ޝަރީފް ވިދާޅުވިއެވެ.

ކޮވިޑް-19 އާއި ގުޅިގެން އެޗްޕީއޭއިން އަޅާފައިވާ ބައެއް ފިޔަވަޅުތަކާއި ގުޅިގެން އެއްވެ އުޅުން މަނާކޮށްފައި އޮތުމުގެ ސަބަބުން ސިޔާސީ ޕާޓީތަކަށް ކެމްޕެއިން ނުކުރެވޭ އިރު ސަރުކާރުގެ ބައެއް މަޝްރޫއުތަކުގައި ރާއްޖޭގެ އަތޮޅުތަކަށް ވަޑައިގެން އާއްމުންނާއިއެކު ޖަލްސާ ވެސް ބާއްވަމުންދާތީ އެކަމަކީ އެޗްޕީއޭގެ ގައިޑްލައިންއިން ކޮންގޮތަކަށް ހުއްދަދެވޭނެ ކަމެއްތޯ އިދިކޮޅުން ދަނީ ސުވާލުކުރަމުންނެވެ.

އަދި ސަރުކާރުން އެގޮތަށް ރަށްތަކަށް ދަނީ މަޝްރޫއުތަކުގެ ބޭނުންކޮށްގެން އަންނަ ލޯކަލް އިންތިހާބަށް ކެމްޕެއިން ކުރުމަށް ކަމަށް ދަނީ ބުނަމުންނެވެ. އެކަމާއި ގުޅިގެން  ވަހަކަދައްކަވަމުން ޝަރީފް ވިދާޅުވީ ސިޔާސީ ޕަޓޫތަކަށް ނުދެވިވާ ކެމްޕޭން ކުރުމުގެ މުއްދަތު އިންތިހާބު ބޭއްވޭނެ ތާރީހެއް ޔަގީންވެ އިއުލާން ކުރާ ދުވަހުން ފެށިގެން ފަހިކޮށްދޭނެ ކަމުގެ ޔަގީންކަން އަރުވާކަމަށެވެ. 

 ސަރުކާރުގެ ފަރާތުންނާއި  ކަމާއިބެހޭ މުވައްސަސާއިން އިލެކްޝަން ކޮމިޝަނުން ގާނޫނީ ގޮތުން ކެނޑިޑޭޓުންނަށް ކެމްޕޭނަށް ދޭ މުއްދަތު ދެވޭނެ ގޮތަށް އިންތިޒާމް ކޮށްދޭނެކަމުގެ ޔަގީން ކަން އެކޮމިޝަނަށް އަރުވާފައިވާ ކަމަށް ޝަރީފް ވިދާޅުވިއެވެ. 

"އެހެންވީމަ މިއަދު އިލެކްޝަން ކޮމިޝަނުން މިހުރިހާ ކެނޑިޑޭޓުންނަށް ޔަގީންކަން ދޭން ބޭނުންވަނީ ހަމަހަމަ ފުރުސަތެއް ކެމްޕެއިން ކުރުމަށް ހުރިހާ ފަރާތްތަކަކަށް ލިބޭނެ." ޝަރީފް ވިދާޅުވިއެވެ.

މިއަހަރުގެ ލޯކަލް އިންތިހާބު އެއްއަހަރަސް ފަސްކުރުމަށްފަހު މިހާރު އިންތިހާބު ބޭއްވުމަަށް ނިންމާފައިވަނީ 2021 ވަނަ އަހަރުގެ މާރިޗް މަހުއެވެ. އިލެކްޝަން ކޮމިޝަނުން އަދި ވަކި ތާރީހެއް ޔަގީންކޮށްދީފައި ނުވިނަމަވެސް މާރިޗް މަހުގެ ހައެއް ނުވަތަ 13 ވަނަ ދުވަހު އިންތިހާބު ބޭއްވޭނެ ކަމަށް އުންމީދުކުރައްވާކަމަށް ޝަރީފް ވަނީ ބުނެފައެވެ.

އަންނަ އަހަރު ބޭއްވުމަށް ހަމަޖެހިފައިވާ ލޯކަލް ކައުންސިލް އިންތިހާބާއި އަންހެނުންގެ ތަރައްގީއަށް މަސައްކަތް ކުރާ ކޮމިޓީގެ އިންތިހާބަށް ކުރިމަތިލައިފައިވާ ކެންޑިޑޭޓުންގެ ތެރެއިން ޖުމްލަ 114 ކެންޑިޑޭޓަކު މިހާތަނަށް ވަނީ ނަން އަނބުރާ ނަގާފައެވެ. އެގޮތުން ލޯކަލް ކައުންސިލް އިންތިހާބުން 74 ކެންޑިޑޭޓަކާއި އަންހެނުންގެ ތަރައްގީއަށް މަސައްކަތްކުރާ ކޮމިޓީގެ އިންތިހާބުން 40 ކެންޑިޑޭޓެއް ނަން ވަނީ އަބުރާ ނަގާފައެވެ.

0%
ކަމުގޮސްފި
100%
އަޑުއެހިތާ މިހުރީ
0%
ސަތޭކައަކުން ސުމެއް
0%
ވަރަށް ސަލާމް
ކޮމެންޓްސް