ads
ފޮޓޯ: ޕީއެސްއެމް
އޭޑީބީއާ ގުޅިގެން ސަރުކާރުން މަގު ޗާޓެއް އެކުލަވާލައިފި
އޭޝިއަން ޑިވެލޮޕްމަންޓް ބޭންކް (އޭޑީބީ) އާއި ސަރުކާރު ގުޅިގެން ރާއްޖޭގެ ހަކަތައިގެ މަގުޗާޓެއް އެކުލަވާލައި، އެ މަގުޗާޓް ތައާރަފްކޮށްފި އެވެ.
Advertisement

އެ މަގުޗާޓު އިފްތިތާހު ކުރުމަށް މިއަދު ވާޗުއަލްކޮށް ބޭއްވި ރަސްމިއްޔާތުގައި ތިމާވެއްޓާއި ބެހޭ ވަޒީރު ޑރ. ހުސެއިން ރަޝީދު ހަސަނާއި، ވުޒާރާގެ އިސް ފަރާތްތަކުގެ އިތުރުން އޭޑީބީގެ އިސް ފަރާތްތަށްވެސް ބައިވެރިވެފައިވެ އެވެ.

މަގުޗާޓު އިފްތިތާހު ކޮށްދެއްވައި ވާހަކަ ދައްކަވަމުން ވަޒީރު ވިދާޅުވީ ސަރުކާރުގެ އަމާޒަކީ ރާއްޖެއިން ޖައްވަށް ބޭރު ކުރާ ވިހަ ގޭސް 2030 ގެ ކުރިން އެއްކޮށް ހުއްޓާލުން ކަމަށެވެ.

2030 ވަނަ އަހަރަށް ކަނޑައަޅާފައިވާ ލަނޑުދަނޑިތަކުގެ މައްޗަށް އެކުލަވާލާފައިވާ "ރޯޑްމެޕް ފޯ ދި އެނާޖީ ސެކްޓާ އޮފް ދަ މޯލްޑިވްސް" އަކީ ސަރުކާރުގެ 5 އަހަރުގެ އެސްއޭޕީގައި ހިމެނޭ ކަންކަން ހާސިލުވާނެ ގޮތަށް އޭޑީބީން އެކުލަވާލާފައިވާ މަގުޗާޓެކެވެ.

ރާއްޖޭގައި ހިންގާ އިޖުތިމާއީ އަދި އިގްތިސާދީ ތަރައްގީގެ ކަންތައްތައް ބިނާކުރާނީ އޭޑީބީއާއި ސަރުކާރު ގުޅިގެން މިއަދު އެކުލަވާލި މަގުޗާޓާއި އެއްގޮތަށް ކަމަށް ސަރުކާރުން ބުނެއެވެ.

އެސްއޭޕީން ހާސިލުވަމުންދާ މިންވަރާއި ސަރުކާރުގެ ސިޔާސަތުތަކުގެ ތެރެއިން ޖައްވަށް ދޫކުރާ ވިހަ ގޭސްތައް މަދުކުރުމަށް މިހާރު އެކުލަވާލާފައިވާ ލަނޑުދަނޑިތައް ހާސިލުވާނެ ގޮތަށް މަގުޗާޓު މުރާޖާ ކުރަމުންދާނެ ކަމަށް އޭޑީބީން ބުނެފައިވެ އެވެ. އެ މަގުޗާޓުގެ ސަބަބުން ބައިނަލްއަގުވާމީ އެހީތެރިކަން ހޯދުމަށް ރާއްޖެއަށް މަގުފަހިވެގެންދާނެ ކަމަށް ސަރުކާރުން ބުނެ އެވެ.

އޭޑީބީން ތައްޔާރު ކޮށްފައިވާ އެ މަގުޗާޓުގައިވާ ގޮތުން ރާއްޖޭގައި ދަތުރުފަތުރާއި ފަތުރުވެރިކަމާއި ކަރަންޓު އުފެއްދުމާއި ހިންގާ ތަރައްގީގެ އެކި މަޝްރޫއުތައް ހިންގާނީ ހަކަތައިގެ ދާއިރާއިން ހާސިލުކުރަން ބޭނުންވާ ކަންތައްތަކަށް ބުރު ނާރާނެ ފަދަގޮތަކަށް ކަން ކަށަވަރުވާނެ ގޮތަކަށް ކަމަށް ސަރުކާރުން ވަނީ ބުނެފަ އެވެ.

ސަރުކާރުގެ މިހާރުގެ އެންމެ ބޮޑު އަމާޒަކީ 2018 ވަނަ އަހަރު ރާއްޖެއިން ޖައްވަށް ބޭރުކުރާ ވިހަގޭސް މަދުކުރުމަށް ކުރާ މަސައްކަތުން ހާސިލު ވެފައިވާ 4 އިންސައްތަ އިތުރު 20 އިންސައްތައަށް އިތުރުކޮށް 2023 އަންނައިރު 25 އިންސައްތައާ ހަމައަށް ގެންދިޔުން ކަމަށް ސަރުކާރުން ވަނީ ބުނެފަ އެވެ.

0%
ކަމުގޮސްފި
0%
އަޑުއެހިތާ މިހުރީ
0%
ސަތޭކައަކުން ސުމެއް
0%
ވަރަށް ސަލާމް
ކޮމެންޓްސް