މާޒިޔާގެ ފުރަތަމަ ލަނޑު އެ ޓީމަށް ކާމިޔާބުކޮށްދިނީ ނާއިޒު ހަސަން (ދާދު) އެވެ. މެޗުގެ މޮޅު ކުޅުންތެރިއަކަށް ހޮވުނީވެސް ދާދުއެވެ. ފަހުން ކެޕްޓަން އަސަދުﷲ ޢަބްދުﷲ ދެ ލަނޑު، އަދި އިބްރާހިމް އައިސަމް، މުހައްމަދު އިރުފާނު، ކޯނޭ އަދި ހަމްޕު މިއިން ކޮންމެ ކުޅުންތެރިއެއް ލަނޑެއް ޖެހިއެވެ.
މާޒިޔާއިން ވަނީ ލީގުގައި ކުޅުނު ފުރަތަމަ މެޗުވެސް ބޮޑު ތަފާތަކުން ކާމިޔާބުކޮށްފައެވެ. ފުރަތަމަ މެޗު މާޒިޔާއިން ކާމިޔާބު ކުރީ ޔޫވީއާ ދެކޮޅަށް ކުޅެ ހަތަރު ލަނޑު ސުން ލަނޑުންނެވެ. މާޒިޔާ ދެން ކުޅޭ މެޗުގައި ނުކުންނާނީ ކްލަބު ވެލެންސިއާއާ ދެކޮޅަށެވެ.