ads
ޝައިޚް އިލްޔާސް ހުސައިން -- ފޮޓޯ: ވީނިއުސް
ގާނޫނުން ހުއްދަކުރިއަސް ކްރިސްމަސް ފާހަގަކޮށްގެން ނުވާނެ: އިލިޔާސް
ކްރިސްމަސް ފާހަގަކުރަން ތާއީދުކުރުމަކީ މާތްﷲ ގެ އެއްކައުވަންތަކަން ގަބޫލުނުކުރާ ކަމުގެ ހެއްކެއް ކަމަށް މަޝްހޫރު ދީނީ އިލްމުވެރިޔާ އިލްޔާސް ހުސެއިން ވިދާޅުވެއްޖެ އެވެ.

ޝެއިހް އިލްޔާސް ކުރެއްވި ޓްވީޓެއްގައި ވިދާޅުވީ ކްރިސްމަސް ފާހަގަކުރުމަށް ތާއީދުކުރުމަކީ މާތްﷲ ގެ އެއްކައުވަންތަކަން ގަބޫލުނުކުރާ ކަމުގެ ހެއްކެއް ކަމަށާއި އެގޮތުން އެމީހަކު ބޭނުންވާ ކަމެއް ހާސިލްކުރުމަށް ގާނޫނުތައް ހެދިޔަސް އިލާހީ ގާނޫނަށް ފުށުއަރާ އެއްވެސް ގާނޫނަކަށް މުސްލިމުން އަމަލުކުރަން ނުޖެހޭނެ ކަމަށެވެ.

ޝެއިހް އިލްޔާސް މިގޮތަށް ވިދާޅުވިއިރު މީގެ ދެ ރެއެއް ކުރިން ފުލުހުން ވަނީ ކ. މާފުށީގައި ބަހައްޓަން މަސައްކަތްކުރި ކްރިސްމަސް ގަހެއް ނަގާފަ އެވެ. 

ފުލުހުން ބުނީ މާފުށީ ކާނި ބީޗް ގެސްޓްހައުސް ބޭރުގައި ދިވެހި ރައްޔިތުންގެ ދީނީ އެއްބައިވަންތަކަން ހިމާޔަތްކުރުމުގެ ގާނޫނާއި ފުށޫއަރާގޮތަށް ކްރިސްމަސް ގަހެއް ބަހައްޓަފައިވާ ކަމުގެ ރިޕޯޓް ލިބިގެން ގަސް ނަގަން މަސައްކަތްކުރީ ފުރަތަމަ މަޝްވަރާކޮށްގެން ކަމަށެވެ. 

އެހެންނަމަވެސް އެކަމަށް އެއްބާރުލުން ނުލިބިގެން އެ ގަސް ނެގީ ކޯޓު އަމުރެއްގެ ދަށުންނެވެ. 

0%
ކަމުގޮސްފި
0%
އަޑުއެހިތާ މިހުރީ
100%
ސަތޭކައަކުން ސުމެއް
0%
ވަރަށް ސަލާމް
ކޮމެންޓްސް