ads
ޕީޕީއެމް ޖަގަހަ ހުރިތާގައި ހަދާފައިވާ އައުޓްޑޯ ޖިމް---
ޕީޕީއެމް ޖަގަހަ އައުޓްޑޯ ޖިމަަކަށް!
ކުރީގެ ރައީސް އަބްދުﷲ ޔާމީންގެ ވެރިކަމުގައި ރަސްފަންނު ސަރަހައްދު ތަރައްގީކޮށް ނިންމާލާ އާއްމުންނަށް ހުޅުވާލިއިރު އެ ސަރަހައްދަކީ އާއްމުންގެ އެންމެ ގިނަ ބަޔަކު ހިތްއުފާކޮށްލަން ހަވީރާއި ރޭގަނޑު ގޮސް އުޅުނު ހިތްގައިމު މާހައުލެކެވެ.
Advertisement

އެހެންނަމަވެސް ދުއްވާ އެއްޗެހި ދުއްވުމަށް ކުރިން ބޭނުންކުރަމުން ދިޔަ ބިމެއް ރައީސް ޔާމީންގެ ސަރުކާރުގައި މައިޒާން ހަދާ ބަންދުކޮށްލުމުން އިބޫ ސޯލިހުގެ ސަރުކާރުން ވަނީ އެ ސަރައްދު އަލުން ދުއްވާ އެއްޗިއްސަށް ހުޅުވާލަންކަމަށް ބުނެ އެ ސަރަހައްދު އަލުން އާއްމުންނަށް ބަންދުކޮށްފައެވެ. ގިނަ ދުވަސްތަކަކަށްފަހު ބަންދުކޮށްފަ ހުރުމަށްފަހު އަލުން އެ ސަރަހައްދު ހުޅުވާލާފައިވަނީ މިއަހަރުގެ އޮގަސްޓް މަހުގެ ތެރޭގައެވެ. 

އާއްމުންނަށް އަލުން އެ ސަރަހައްދު ހުޅުވާލިއިރު މުޅި ސަރަހަަައްދުވަނީ އަލުން އެއްޗެހި ދުއްވޭގޮތަށް ގާޖަހައި ސީދާ މަަގަކަށް ހަދާފައެވެ. 

އެ ސަރަހައްދުގައި ހުރި ޖޯލިފަތިތަކާއި އެސަރަހަށްދަށް އަޅާފައިވާ ފަސްތައްވެސް އެއްކޮށް ނަގާފައިވާއިރު އެ ސަރަހައްދުގެ ތެރޭގައި ވެސްޓް ޕާކުވެސް ވަނީ ހިމަނާފައެވެ.

ވެސްޓް ޕާކުގެ އެ ސަރަހައްދުގައި ދައުލަތުގެ ބިމުގައި ޕީޕީއެމް އިން ހަދާފައިވާ ޖަގަހަ މި ސަރުކާރުން ވަނީ ދައުލަތައް ނަގާ ރޫޅާލާފައެވެ. ޕީޕީއެމް އަތުން ޖަގަހަ އަތުލުމަށްފަހު އެތަނުގައި ސަރުކާރުން އެންމެ ފުރަތަމަ ހިންގާފައިވަނީ މާރުކޭޓެކެވެ. އެހެންނަަމަވެސް އެ މާރުކޭޓްވެސް ފަހުން ރޫޅާލީއެވެ. އެޔަށްފަހު މިއަދު އެ ސަރަހައްދުގައި ފެންނަން ހުރީ ފެހިކަން ގަދަ އައުޓްޑޯ ޖިމެކެވެ. 

ރޯޑު ޑިވިލޮޕްމެންޓުން މިއަދު ޓްވިޓާގައި ހިއްސާކުރި އެ އައުޓްޑޯ ޖިމްގެ ފޮޓޯތަކާއިއެކު ބުނެފައިވަނީ އެތަން މިރޭ ހުޅުވާނެ ކަމަށެވެ. ސީޓީކައުންސިލާއި އެސްޓީއޯގެ ފަރާތުން ރޯޑު ޑިވިލޮޕްމެންޓް ކޯޕަރޭޝަނާއި ހަވާލުކޮށްގެން ތައްޔާރުކޮށްފައިވާ އެ އައުުޓް ޑޯ ޖިމު ފެންނަނީ މިހާރު ވެސް މާލެ ސަރަހައްދުގައި ހުރި އައުޓްޑޯ ޖިމްތަކުގައި އާންމުކޮށް ބޭނުންކުރާ ސާމާނުތައް ހިމެނޭ ކުޑަޕާކެއްގެ ގޮތަށެވެ.  

50%
ކަމުގޮސްފި
25%
އަޑުއެހިތާ މިހުރީ
25%
ސަތޭކައަކުން ސުމެއް
0%
ވަރަށް ސަލާމް
ކޮމެންޓްސް