އޭނާ ޖެޓް ސްކީގައި ކަނޑު ހުރަސް ކުރުމުގެ ސަބަބުން އޭނާ ވަނީ ހަތަރު ހަފްތާއަށް ޖަލުގައި ބަންދުކޮށްފައެވެ.
ސަބަބަކީ އޭނާ އިނގިރޭސި ވިލާތުގެ ކޮވިޑް ހުއްޓުވުމުގެ ގަވާއިދާ ހިލާފުވެފައިވާތީއެވެ.
މި ވާހަކަ ވަނީ އިނގިރޭސި ވިލާތުގެ މީޑިއާގެ ސަމާލުކަން ހޯދާފައެވެ.
އަދި ފިރިހެންމީއަށް މިހާރު އިގިރޭސި ވިލާތުގައި ކިޔަނީ "ސްކޮޓިސް ރޯމިއޯ" އެވެ.
އިންނަން އެއްބަސްވި ދެ ލޯބިވެރިން
ކަނޑު ހުރަސްކުރި ފިރިހެން މީހާ މިހާރު ޖަލުގައި އޮތް ނަމަވެސް، އޭނާގެ ލޯބިވެރިޔާ އާއި ހަވާލާދީ ނޫސްތަކުގައި ބުނެފައިވަނީ ފިރިހެން ކުއްޖާ އައީ ކައިވެނި ކުރަން އަހަން ކަމަށެވެ. އަދި ކައިވެނިކުރަން އަންހެން ކުއްޖާ އެއްބަސްވެފައިވާ ކަމަށް ވެސް ހަބަރުތައް ބުނެއެވެ.