އުނގޫފާރު ދާއިރާގެ ކުރީގެ މެންބަރު ޑރ. އަފްރާޝީމް ޢަލީ އަވަހާރަކޮށްލީ ދީނީ ޢިލްމުވެރިން ފަހަތުގައި ތިބެގެން ނޫންކަމަށް މަރާލާފައިވާ މީހުންނާއި ގެއްލުވާލާފައިވާ މީހުންގެ މައްސަލަ ތައް ބަލާ ކޮމިޝަނުން ނެރުނު ރިޕޯޓުން ހާމަވެއްޖެއެވެ.

Advertisement
އުނގޫފާރު ދާއިރާގެ ކުރީގެ މެންބަރު ޑރ. އަފްރާޝީމް ޢަލީ އަވަހާރަކޮށްލީ ދީނީ ޢިލްމުވެރިން ފަހަތުގައި ތިބެގެން ނޫންކަމަށް މަރާލާފައިވާ މީހުންނާއި ގެއްލުވާލާފައިވާ މީހުންގެ މައްސަލަ ތައް ބަލާ ކޮމިޝަނުން ނެރުނު ރިޕޯޓުން ހާމަވެއްޖެއެވެ.
އެ ރިޕޯޓު ގެ 8.21 ގައި ބުނެފައިވަނީ ޑރ. އަފްރާޝީމް ދައްވާފައިވާ ވާހަކަތަކަކީ ގަބޫލުކުވޭނެ ވާހަކަތަކެއް ނޫންކަމަށް ރާއްޖޭގައި ތިބި ގިނަ ދީނީ ޢިލްމުވެރިން ވިދާޅުވެފައިވާ ކަމަށެވެ.
"ނަމަވެސް ގިނަ ދީނީ ޢިލްމުވެރިން ގެ ބަހަށް ބަލާއިރު އެ ވާހަކަތަކުގެ ސަބަބުން ޑރ. އަވަހާރަކޮށްލުމަކީ ފުރިހަމައަށް ދީނީ ޢިލްމު އުނގެނިގެން ތިބި ދީނީ ޢިލްމުވެރިން ކުރާނެކަމެއް ނޫނެވެ." ރިޕޯޓު ގައި ބުނެފައިވެއެވެ.
ޑރ އަފްރާޝީމް އަވަހާރަކޮށްލުމަކީ ދީނީ ޢިލްމުވެރިން ކުރިކަމެއް ނޫން ނަމަވެސް އެކަން ކުރީ" ދީނުގެ ނަމުގައި މީހުން މެރުމުގެ ވިސްނުން ހުރީ ޖަމާއަތަކުން " ކަމަށް އެ ރިޕޯޓު ގައި ބުނެފައިވެއެވެ.
ދީނީ އިލްމުވެރިޔާ ޑރ. އަފްރާޝީމް އަލީ އަވަހާރަކޮށްލުމަށް ރޭވި ޖިހާދީ ފިކުރުގެ ޖަމާއަތް، ހިންގަނީ މާލެ ދަފްތަރު 471 މުހައްމަދު މަޒީދު އާއި ތ. އޮމަދޫ، ސާމިތު މުހައްމަދު ކަމަށް މަރުގެ މައްސަލަތައް ބެލުމަށް އުފެއްދެވި ރިޔާސީ ކޮމިޝަނުގެ ރިޕޯޓުގައި ބުނެފައިވެއެވެ.
އަފްރާޝީމް އަވަހާރަކޮށްލުމުގައި އެންމެ އިސްކޮށް ހަރަކާތްތެރިވީ ހ. ހިލްޓަން އަޒްލިފް ރައުފެވެ. މަރު ކޮމިޝަނުގެ ރިޕޯޓުގައިވާ ގޮތުގައި އަފްރާޝީމަށް ހަމަލާ ދިނީ ހުސައިން ހުމާމާއި ދައުވާ ލިބި ކުށް ސާބިތު ނުވި އަލީ ޝާންގެ އިތުރުން އޭރު އުމުރުން 18 އަހަރު ނުވާ ކުއްޖެކެވެ.