ads
އެސްޑީއެފްސީ--
އެސްޑީއެފްސީގެ ލޯނަށް އެދި ހުށަހެޅުން ވަގުތީގޮތުން މެދުކަނޑާލަނީ
އެންމެ ކުދި، ކުދި އަދި މެދު ފަންތީގެ ވިޔަފާރިތަކަށް ބޭނުންވާ މާލީ އެހީތެރިކަން ފޯރުކޮށްދިނުމުގެ ގޮތުން ފޯރުކޮށްދެމުންދާ ލޯނަށް އެދި ހުށަހެޅުން ވަގުތީ ގޮތުން މެދުކަނޑާލަން ނިންމާފައިވާކަން އެސް އެމް އީ ޑިވެލޮޕްމަންޓް ފައިނޭންސް ކޯޕަރޭޝަނުން ހާމަކޮށްފި އެވެ.
Advertisement

އެސްޑީއެފްސީން ބުނީ މި އަހަރުގެ މާލީ ހިސާބުތައް ނިންމުމަށާއި އެކޯޕަރޭޝަނުން ދެމުންދާ ހިދުމަތްތައް އިތުރަށް ފުރިހަމަ ކުރުމަށް ގެންނަންޖެހޭ ބަދަލުތައް ގެނައުމުގެ ގޮތުން، މިމަހުގެ 25 ވަނަ ދުވަހުން ފެށިގެން ލޯނަށް އެދި ހުށަހަޅާ ފޯމު ބަލައިގަތުން ވަގުތީ ގޮތުން މެދުކަނޑާލެވޭނެ ކަމަށެވެ. އަދި 2021 ވަނަ އަހަރު ލޯނަށް އެދި ހުށަހަޅާ ފޯމު ބަލައިގަންނާނީ ފެބްރުއަރީ އެއް ވަނަ ދުވަހުން ފެށިގެން ކަމަށް ބުނެ އެވެ. 

އެސްޑީއެފްސީން ބުނީ އެ ކޯޕަރޭޝަންގެ އަމާޒަކީ އެތަނުން ދޭ ހިދުމަތްތައް އިތުރަށް ފުރިހަމަކޮށް، ރާއްޖޭގެ އެންމެ ކުދި، ކުދި އަދި މެދު ފަންތީގެ ވިޔަފާރިތަކުގެ އިތުބާރާއި ޔަގީންކަން ލިބިފައިވާ ތަރައްގީގެ ބައިވެރިއެއްގެ ގޮތުގައި ދެމިއޮތުން ކަމަށެވެ. 

އެ ކޯޕަރޭޝަނުން 2020 ވަނަ އަހަރުގެ ތެރޭ 285 ފަރާތަކަށް ޖުމްލަ 395 މިލިއަން ރުފިޔާގެ ލޯނު ދޫކުރި އެވެ. އެގޮތުން އެންމެ ގިނަ ލޯނު ދޫކުރެވިފައިވަނީ ފަތުރުވެރިކަމުގެ ދާއިރާ އާއި ގުޅުންހުރި ވިޔަފާރިތަކަށާއި ކޮމާރޝިއަލް ވިޔަފާރިތަކަށެވެ. އަދި މިއަދާއި ހަމައަށް މުޅިރާއްޖޭގެ ހުރިހާ އަތޮޅެއް ހިމެނޭގޮތަށް 144 ރަށެއްގައި ވިޔަފާރި ހިންގާ ކުރިއެރުވުމަށް އެ ކޯޕަރޭޝަނުން ލޯނު ދޫކޮށްފައިވާ ކަަމަށާއި އޭގެ ތެރެއިން މިހާތަނަށް ދޫކުރެވިފައިވާ ލޯނުތަކުގެ 33 އިންސައްތަ ލޯނަކީ އަންހެނުންނާއި ޒުވާނުންނަށް ދޫކޮށްފައިވާ ލޯނުތަކެވެ.

މިއަހަރު ތެރޭގައި ދުނިޔެއަށް ފެތުރިގެންދިޔަ ކޮވިޑް-19 ބަލިމަޑުކަމާއި ގުޅިގެން އެންމެ ކުދި، ކުދި އަދި މެދު ފަންތީގެ ވިޔަފާރިތަކަށާއި އަމިއްލަ މަސައްކަތްކުރާ ފަރާތްތަކަށް ދިމާވެފައިވާ މާލީ ދަތިތަކުން އަރައިގަތުމަށް އިތުރު ފުރުސަތުތަކެއް ފަހިކޮށްދިނުމަށްޓަކައި، ސަރުކާރުގެ އިގްތިސާދީ ރިކަވަރީ ޕެކޭޖްގެ ދަށުން 'ކޯވިޑް-19 ވިޔަފާރި އެހީ' ގެ ނަމުގައި ފިނޭންސް މިނިސްޓްރީއާ ގުޅިގެން ލޯނެއް ތައާރަފް ކުރެވި 2173 ފަރާތަކަށް 376 މިލިއަން ރުފިޔާގެ ލޯނުގެ އެހީ ދޫކޮށްފައިވެ އެވެ. 

އަދި އެ ލޯނުގެ ސަބަބުން ވިޔަފާރިތަކަށާއި އާމްދަނީ ހޯދުމަށް އަމިއްލަ މަސައްކަތްކުރާ ފަރާތްތަކަށް ދިމާވެފައިވާ މާލީދަތިތަކަށް ލުޔެއް ލިބި، އެފަރާތްތަކަށް ދިމާވެފައިވާ ގޮންޖެހުންތަކުން އަރައިގަތުމުގެ މަގު ފަހިވެގެން ދިޔަކަމަށް ގަބޫލުކުރާ ކަމަށް އެސްޑީއެފްސީން ބުނެ އެވެ. 

0%
ކަމުގޮސްފި
33%
އަޑުއެހިތާ މިހުރީ
33%
ސަތޭކައަކުން ސުމެއް
33%
ވަރަށް ސަލާމް
ކޮމެންޓްސް