ads
ތައި އެއާވޭސްގެ ފްލައިޓެއް---
ވިސާއާ ނުލާ ތައިލޭންޑަށް ދެވޭގޮތް ހަމަޖައްސައިފި
ވިސާ އާއި ނުލާ ރާއްޖޭގެ ރައްޔިތުންނަށް ތައިލޭންޑަށް ދެވޭގޮތަށް އެގައުމުން ހަމަޖައްސައިފި އެވެ.

ރާއްޖެ ހިމެނޭ ގޮތަށް 56 ގައުމެއްގެ ރައްޔިތުންނަށް ވިސާ އާއި ނުލާ ތައިލޭންޑަށް ދެވޭގޮތަށް އެގައުމުން ހަމަޖައްސާފައިވަނީ ވިސާއަށް އެދޭ ފަރާތްތައް މަދުވުމުންނެވެ. ކޮވިޑް-19 އާއި ގުޅިގެން ތައިލޭންޑުން އަޅާފައިވާ ރައްކާތެރިކަމުގެ ފިޔަވަޅެއްގެ ގޮތުން ފަތުރުވެރިންނަށް އެތެރެވެވޭނީ ވިސާ ނަގައިގެންނެވެ.

ކޮވިޑް-19 އާއި ގުޅިގެން ތައިލޭންޑުން އަޅާފައިވާ އިތުރު ފިޔަވަޅުތަކަށް ބަލައިލާ އިރު، އެގައުމަށް އެތެރެވުމަށް 72 ގަޑިއިރު ހަމަނުވާ ޕީސީއާރު ޓެސްޓެއް ބޭނުންވާނެ އެވެ. އަދި ކަނޑައަޅާ ތަނެއްގައި ކަރަންޓީނުގެ މުއްދަތު ފުރިހަމަ ކުރަން ޖެހޭނެއެވެ.

ރާއްޖޭގެ އިތުރުން ތައިލޭންޑަށް ވިސާ އާއި ނުލާ އެތުރުވެވޭނެ ބައެއް ގައުމުތަކުގެ ތެރޭގައި ތުރުކީވިލާތް، އިނގިރޭސިވިލާތް، އަދި އެމެރިކާ ފަދަ ގައުމުތައް ހިމެނެއެވެ.

ކޮވިޑް-19 ގެ ސަބަބުން ތައިލޭންޑްގެ ބޯޑަރު ބަންދުކުރުމުގެ ކުރިން ރާއްޖެ އިން ތައިލޭންޑަށް ފްރީ ވިސާގައި ދަތުރުކުރެވެ އެވެ.

60%
ކަމުގޮސްފި
0%
އަޑުއެހިތާ މިހުރީ
0%
ސަތޭކައަކުން ސުމެއް
40%
ވަރަށް ސަލާމް
ކޮމެންޓްސް