ads
އޮސްޓޭލިޔާ
ކޮވިޑް ގެ އާ ވައްތަރު އޮސްޓްރޭލިއާއިން ފެނިއްޖެ
އިގެރޭސިވިލާތުން ފެނިފައިވާ ކޮވިޑް 19 ގެ އާ ސްޓްރެއިން އޮސްޓްރޭލިޔާއިން ވެސް ފެނިށްޖެއެވެ.

އޮސްޓްރޭލިއާއިން ބުނީ އެ ގައުމުގެ ނިއު ސައުތު ވޭލްސް ސްޓޭޓަށް އިނގިރޭސިވިލާތުން ދަތުރުކުރި ދެމީހުންގެ ގައިން ބަދަލު އައިސްފައިވާ ވައިރަސް ފެނިފައިވާކަމަށެވެ. އެ ދެ މީހުންވެސް މިވަގުތުދަނީ ކަރަންޓީނުގެ މުއްދަތު ފުރިހަމަކުރަމުންކަމަށް އެ ޤައުމުން ބުނެއެވެ. އަދިއޮސްޓްރޭލިއާގެ ސިޑްނީގައި ބަލި ފެތުރޭ މިންވަރު އިތުރުވެފައިވީ ނަމަވެސް ވައިރަހުގެ އައު ބާވަތާއި ގުޅުމެއް ނެތްކަމަށް އެ ގައުމުން ވަނީ މައުލޫމާތު ދީފައެވެ.

އިގެރޭސި ވިލާތުގައި ކޮވިޑް ގެ އާ ބާވަތެއް ހަލުވި ކަމާއެކު ފެތުރެމުން ދާއިރު ގިނަ ގައުމުތަކަކުން ދަނީ ޔޫކޭއާ އޮށްނަ ވައިގެ ގުޅުންތަށް މެދުކަނޑާލާފައެވެ. އަވަށްޓެރި އިންޑިޔާއިން ވެސް ވަގުތީ ގޮތުން އިގެރޭސި ވިލާތާ ވައިގެ ދަތުރުތަށް މެދު ކަޑާލުމަށް މިހާރު ވަނީ ނިންމާފައެވެ. އަދި ދުބާއީއިން ވަނީ އެގައުމުގެ ބޯޑަރު ވެސް ބަންދުކޮށްފައެވެ.

އިނގިރޭސިވިލާތައް ކުރާ ވައިގެ ދަތުރުތައް ވަގުތީގޮތުން ހުއްޓާލި ގައުމުތަކުގެ ތެރޭގައި ގިނައީ ޔޫރަޕްގެ ގައުމުތަކުގެ ތެރޭގައި ނެދަލޭންޑްސް، ފަރަންސޭސިވިލާތް، ޖަރުމަނު، ބެލްޖިއަމް، އޮސްޓްރިޔާއާއި، އަޔަލޭންޑް، އިޓަލީއާއި އިރުމަތީ ޔޫރަޕްގެ ގައުމުތަކާއި ރަޝިއާ ހިމެނެއެވެ. 

އަދިމެދުއިރުމަތީގެ ބައެއް ގައުމުތައް ކަމަށްވާ ތުރުކީއާއި އީރާނާއި ކުވައިތާއި އިރާގާއި ސައޫދީ އާއި އުރުދުން ފަދަ ގައުމުތަކާއި އޭޝިއާ ޕެސިފިކްގެ ގައުމުތަކާއި އެފްރިކާގެ ބައެއް ގައުމުތައް ވެސް ވަނީ އިނގިރޭސިވިލާތާ އެކު އޮންނަ ވައިގެ ދަތުރުފަތުރުގެ ގުޅުންތައް ވަގުތީ ގޮތުން ކަނޑާލާފަ އެވެ. އަދި ދުނިޔޭގެ އެތައް ގައުމުތަކަކުން ވަނީ އިނގިރޭސިވިލާތައް ދަތުރު ނުކުރުމަށް އެގައުމުތަކުގެ ރައްޔިތުންނަށް ވެސް އިލްތިމާސްކޮށްފައެވެ.

ރާއްޖެއިން ވެސް އިގެރޭސިވލާތާދެމެދު ކުރިޔަށްދާ ވައި ހިދުމަތްތަކަށް ވަކި ގޮތެއް ނިންމުމަށް މަޝްވަރާ ކުރަމުން ގެންދާކަމަށް ރޭގައި އެޗްފީއޭއިން  ބޭއްވި ޕްރެސްގައި ޑޮކްޓަރް ނަޒްލާ ރަފީގް ވަނީ ވިދާޅުވެފައެވެ.



0%
ކަމުގޮސްފި
0%
އަޑުއެހިތާ މިހުރީ
0%
ސަތޭކައަކުން ސުމެއް
0%
ވަރަށް ސަލާމް
ކޮމެންޓްސް