
އެހެންނަަމަވެސް ރެމޯގެ ހާލަތާއިމެދު ބައެއް ފޭނުން އަދިވެސް ކަންބޮޑުވެގެން ސުވާލުތައް ކުރަމުންދާތީ ރެމޯ ވަނީ އެ ސުވާލުތަކަށް ޖަވާބުދީ ޢޭނަގެ ހާލު މިހާރު ރަނގަޅު ކަމަށް ބުނެފައެވެ.
ބޮލީވުޑް ހަބަރުތައް ގެނެސްދޭ ބޮލީވުޑް ހަންގާމާ އަށް ރެމޯ ދިން އިންޓަވިއުއެއްގައި އޭނާ ބުނެފައިވަނީ އޭނާ އަށް ހެޔޮ ދުއާކޮށްދިން އެންމެނަށް ޝުކުރު އަދާ ކުރާ ކަމަށާއި އަދި އޭނާގެ ހާލު މިހާރު ކުރިއަށްވުރެ ރަނގަޅު ވެފައިވަނީ ފޭނުންގެ ފަރާތުން ލިބުނު ސަޕޯޓާއި ހެޔޮ ދުއާގެ ސަބަބުން ކަމަށެވެ. ރެމޯ ބުނީ އެހެންނަމަވެސް އަދިވެސް އެއްކޮށް ރަނގަޅު ނުވާތީ އަދި އެހާ ގިނައިން ވާހަކަ ދައްކާ ނޫޅުމަށް އޭނާއަށް ޑރ. އިލްތިމާސްކޮށްފައިވާ ކަމަށެެވެ.
ރެމޯއަށް ހާޓް އެޓޭކެއް ޖެހިގެން ފަރުވާދެމުން ދިޔައީ މުމްބާއީގައި ހުންނަ ކޮކިލާބެއިން ހޮސްޕިޓަލުގެ އައިސީޔޫގަ އެވެ. ހާޓް އެޓޭކަށްފަހު ހެދި ކާމިޔާބު ސާޖަރީއަކަށް ފަހު ރަނގަޅުވެ، ރެމޯ ހޮސްޕިޓަލުން ދޫކޮށްލާފައި ވީނަަމަވެސް އަދި އޭނަގެ އާއްމު ދިރިއުޅުމުގެ ކަންކަން ކުރަން ފަށައިގަތުމަށް ދުވަސްކޮޅެއް ނަގާނެކަމަށް އޭނާ ބުނެއެވެ.
ސްޓާ ޕްލަސް އިން ދެއްކި މަޝްހޫރު ޑާންސް ޝޯ، ޑާންސް ޕްލަސް އުފެއްދި ރެމޯ ވަނީ އޭގައި ޖަޖެއްގެ ގޮތުން ވެސް ފެނިގެންގޮސްފަ އެވެ. އަދި އެތައް ހިޓް ލަވައެއް ކޮރެއޮގްރާފްކުރި 46 އަހަރުގެ ރެމޯ ވަނީ ސްޓްރީޓް ޑާންސާ ތްރީޑީ އާއި އޭބީސީޑީ އަދި ފްލައިން ޖެޓް ފަދަ ފިލްމުތައް ވެސް ޑައިރެކްޓްކޮށްފަ އެވެ.