ސިޓީ ކައުންސިލް މެންބަރުންގެ އަރާރުން، ރައްޔިތުންނަށް މުސީބާތަކަށް؟
21 ނޮވެންބަރ 2019 - 09:00:28
މިދިޔަ އޮގަސްޓު މަހުގެ 31 ގައި، މާލޭ ދަތުރުވެރިންގެ މާރުކޭޓް ހުސްކުރަން ފެށީ އެތަން މަރާމާތު ކުރުމުގެ މަސައްކަތް ކުރުމަށްޓަކަ އެވެ. 45 ވަރަކަށް ދުވަހުގެ ތެރޭގައި މަރާމާތް ނިންމައި ހުޅުވާނެ ކަމަށް ވިޔަފާރިވެރިންނަށް ސިޓީ ކައުންސިލުން އެންގިއިރު އެތަން ބަންދުކުރާނީ ވެސް އެމީހުންނަށް ވިޔަފާރި ކުރާނެ އިތުރު ޖާގައެއް ހޯދައިދިނުމަށް ފަހު ކަމަށް ވެސް ކައުންސިލުން ބުންޏެވެ. އެކަމަކު އެފަދަ އިންތިޒާމުތަކެއް ވެސް ސިޓީ ކައުންސިލަށް ހަމަޖައްސައި ނުދީ ވިޔަފާރިވެރިން އެތަނުން ނެރި ތަޅު އެޅުވި އެވެ.
މާލޭގެ ދަތުރުވެރިންގެ މާރުކޭޓް މިދިޔަ އޮގަސްޓު މަހުގެ 31 ވަނަ ދުވަހު ހުސްކުރަން ފެށީ އެތަން މަރާމާތު ކުރުމުގެ މަސައްކަތް ކުރުމަށްޓަކަ އެވެ. 45 ވަރަކަށް ދުވަހުގެ ތެރޭގައި މަރާމާތް ނިންމައި ހުޅުވާނެ ކަމަށް ވިޔަފާރިވެރިންނަށް ސިޓީ ކައުންސިލުން އެންގިއިރު އެތަން ބަންދުކުރާނީ ވެސް އެމީހުންނަށް ވިޔަފާރިކުރާނެ އިތުރު ޖާގައެއް ހޯދައިދިނުމަށް ފަހު ކަމަށް ވެސް ކައުންސިލުން ބުންޏެވެ. އެކަމަކު އެފަދަ އިންތިޒާމުތަކެއް ހަމަޖައްސައި ނުދީ ވިޔަފާރިވެރިން އެތަނުން ނެރި ތަޅު އެޅުވި އެވެ.
މަރުކޭޓާ މެދު ގޮތެއް ނުނިމި މަސައްކަތް ދިގުލައިގެންދާއިރު މި ދުވަސްވަރަކީ ސިޓީ ކައުންސިލުގެ އެތެރޭގެ ގިނަ މައްސަލަތަކެއް ފެންމަތިވެގެން އުޅޭ ދުވަސްވަރެކެވެ. އެތަނުގެ ކައުންސިލް މެމްބަރުންނާއި މޭޔަރު ޝިފާ މުހައްމަދާއި ދެމެދު ބަހުގެ ހަމަލާތައް ވެސް ވަރަށް ބޮޑަށް އިތުރުވެފައިވާ ދުވަސްވަރެކެވެ. އެކަމަކު ތަނުގެ އެތެރޭގައި ޖެހިފައިވާ މައްސަލަތަކެއްގެ ނުރަނގަޅު އަސަރު އާންމު ރައްޔިތުންނަށް ކުރާކަށް ނުޖެހެ އެވެ. އަދި އެ ފުރުސަތު ވެރިން ދީގެން ވެސް ނުވާނެ އެވެ.
ދަތުރުވެރިންގެ މާރުކޭޓް ބަންދުކުރުމުގެ ކުރިން އެތަނުގައި 160 ގޮޅި ހުއްޓެވެ. އެތަނުގެ 50 ގޮޅިއެއް ދިވެހިން ހިންގަމުން އަންނައިރު 53 ގޮޅިއެއް ހިންގަމުން އައީ ބިދޭސީންނެވެ. އެތަން މަރާމާތަށް ބަންދުކުރަމުން ސިޓީ ކައުންސިލުން ބުނެފައިވަނީ ދަތުރުވެރިންގެ މާރުކޭޓު، މަރާމާތަށް ފަހު ހުޅުވާއިރު ހުންނާނީ ޖާގަބޮޑު 63 ގޮޅި ކަމަށެވެ.
އެގޮތަށް ވިސްނުން ބަހައްޓައި އެތަނުގެ މަރާމާތު ފެއްޓި އެވެ. އެތަނުގެ ގޮޅިތައް ވަކިކުރަން ފާރުވެސް ރޭނިފަހުން އެތަނުގެ ގޮޅިތައް އިތުރު ކުރުމަށް ކައުންސިލުން ބޭނުންވި އެވެ. އެ ހިސާބުން އަނެއްކާ މަސައްކަތް ހުއްޓާ، އެ ކުރެހުންތައް ކުރެހުމުގެ މަސައްކަތް ވެސް ފެށި އެވެ. އެކަމަކު މާރުކޭޓާއި ހާބާ ކޮމެޓީގެ ވިސްނުމާއި މޭޔަރުގެ ވިސްނުން އެކަމުގައި ތަފާތު ކަމުން އެ ހިސާބުން އެމަސައްކަތް އިތުރަކަށް ކުރިއަކަށް ނުދިޔަ އެވެ.
ކޮމެޓީގެ މުގައްރިރު މުހައްމަދު ފަޒީން ކިޔައިދިން ގޮތުގައި ދަތުރުވެރިންގެ މާރުކޭޓު މަރާމާތް ކުރުމަށް ކުރަން ހުރި މަސައްކަތާއި ކުރެހުން ކޮމިޓީން ކައުންސިލަށް ގެންގޮސްފައިވަނީ މިއަހަރުގެ ޖުލައި 16 ގައި ބޭއްވުނު ކައުންސިލުގެ 3 ވަނަ ދުއުރުގެ 68 ވަނަ ޖަލްސާގަ އެވެ.
"މާރުކޭޓް ބަންދުކޮށް އަލުން ދިނުމުގައި ކޮމެޓީގެ ފަރާތުން ކުރަންޖެހޭ އޮތީ މައިގަނޑު ދެކަމެއް. އެއީ ކުރެހުމާއި އުސޫލު މި ދެ މަސައްކަތް،"
އެތަން ބަންދުކުރުމުގެ ކުރިން ވެސް ވިޔަފާރިވެރިންނަށް ތަނެއް ހޯދައިދިނުމަށް ކޮމިޓީން މަސައްކަތް ކުރި ކަމަށް ފަޒީން ވިދާޅުވި އެވެ. ނަމަވެސް ތަން ބަންދުކުރަންދިން މުއްދަތު އިތުރު ނުކޮށް އެ ދުވަހު އެތަން ބަންދުކުރަން ނިންމެވީ މޭޔަރު ކަމަށްވެސް ފަޒީން ވިދާޅުވި އެވެ.
ގޮޅިތަކާ ގުޅިގެން ފަޒީން އިތުރަށް ވިދާޅުވީ ސިޓީ ކައުންސިލުން ޖުލައި މަހު ބޭއްވި ޖަލްސާއަށް މާރުކޭޓު ކޮމެޓީން ގެނައި ކުރެހުން، ކުރެހުމަށް މައުލޫމާތު ދިފައިވާނީ ކުރެވިފައިވާ ދިރާސާތަކަށް ބަލައިގެން ކަމަށެވެ. އެގޮތުން މަރުކޭޓުގައި ހުރި 160 ގޮޅީގެ ސައިޒު ކުޑަކަމުން ޖެހިގެން ހުރި ގޮޅި ކުއްޔަށް ހިފުމަށްފަހު 2 ނުވަތަ 3 ގޮޅިއެ އެއްކޮށްލައިގެންވެސް ވިޔަފާރި ކުރަމުން ދިޔަ ކަމަށެވެ. އަދި މެދުގައި ހަދާފައިވާ ބޮޑުމަގުގައި ހުންނަ ގޮޅިތަކުން ބޮޑަށް ވިޔަވާރިވާތީ މެދުމަގަށް ހުރި ގިނަ ގޮޅިތައް ބޮޑު އަގުގައި ކުއްޔަށް ދީފައިވާކަމާއި ހުރަސް މަގުތަކުގައި ބައެއް މަގުތަކުގެ ކޮޅުބެދިފައި ހުންނާތީ މީހުން ވަނުން މަދުކަމުން ވިޔަފާރި ދަށް ކަމަށް، އަދި ރޮގުން ބޭރުގައި ވެސް މުދާ ބަހައްޓާކަން ފާހަގަކުރެވޭ ކަމަށެވެ.
ބައެއް ސަބަބުތަކާ ގުޅިގެން ކޮމިޓީން ނިންމާފައިވާ ކަންކަން:
- 8 ފުޓޫ 8.7 ފޫޓަށް ގޮޅި ހެދުން
- ކުލަ ރޮނގަކުން ބައިކުރުމުގެ ބަދަލުގައި އިންފާރެއްލުން
- ވިޔަފާރި ކުރެވޭނީ ގޮޅީގެ ކުރިމަތިން އެކަނި ކަމަށް
- ބޮޑު މަގަކީ ހަމައެކަނި ހިނގާ މަގެއްގެ ގޮތުގައި ބޭއްވުމަށް
- ހުރަސް ކޮންމެ މަގެއްގެ ކުރިމަތިން ދޮރެއް ކެނޑުމަށް އަދި މެދުމަގުން ހުރަސްމަގަށް އަޅާ މީހާ ހުރަސް މަގު ކޮޅުން ދޮރުން ބޭރަށް، ޕޭވްމަންޓަށް ނުނިކުމެ ހިނގޭ ގޮތަށް މަގެއް ހެދުން
- މާރުކޭޓުގެ ތަޅުމުގައި މުށި ޖެހުން
- މާރުކޭޓުގެ އިރުމަތީމަގާއި އެއްގަމު މަގު ހަވީރީހިނގުމުން ދިމާވާ ޓްރެފިކް މައްސަލައަށް ހައްލެއް ހޯދުމަށް މާރުކޭޓައް އަންނަ ފަރާތްތަކަށް ސައިކަލު ފާކުކުރެވޭނެ ޖާގައެއް މާރުކޭޓުގެ އިމުން ނެގި، އިރުމަތީމަގުން ނެގި ޖާގައަކީ
އެދިމާލުން ގޮޅިހަދައިފިނަމަ ވަދެވޭނެގޮތެއް ނެތުމުން އެޖާގަ ފާރުކުރުމަށް ބޭނުންކުރުން
މާރުކޭޓުގެ ގޮޅިތަކުގެ އަދަދު ކަނޑަނޭޅި މެމްބަރުންގެ ކަންބޮޑުވުން:
ފަޒީން ވިދާޅުވީ ވީހާވެސް ގިނަ ދަޑުވެރިންނަށް ފުރުސަތު ހޯދައިދިނުމަށާއި ރައްރަށުގެ އުފެއްދުންތަކަށް ފުރުސަތު ހޯދައިދީ އެގްރިވިޔަފާރި ކުރިއެރުވުމަށް ދަޑުވެރިންނަށް މާރުކޭޓް ގޮޅިތަކެއް ނީލަން ކިޔައިގެން ކުރު މުއްދަތައްދޭ 11 ޖާގައެއް މާރުކޭޓުގެ އިރުމަތީ ފަރާތުގައި ހަމަޖައްސާފައިވާނެ ކަމަށެވެ.
އޭގެ އިތުރުން ހަވީރީމަގު އިރުމަތީފަރާތުގައި މާރުކޭޓުގެ ކުނި އެއްކުރުމަށް ހަދާފައި ހުރި ތަނަށް ފިހާރަތަކުން ވެސް ކުނި އަޅާކަން ފާހަގަކުރެވޭތީ އެތަނަށް ހުށަހެޅި ބަދަލަކީ މަގާވީފަރާތުން ބޮޑުދޮރު ހުޅުވާ ގޮތަށް ވެމްކޯއަށް ލޯޑިން ޖާގައަކާ އެއްކޮށް ހަވާލުކުރުމަށްވެސް ފަޒީން ވިދާޅުވި އެވެ. އަދި ގޮޅިތަކުން މިޖާގައަށް ކުނި ޖަމާކުރާނީ މާރުކޭޓުގެ އެތެރެއިން ކަމަށްވެސް ވިދާޅުވި އެވެ.
މާރުކޭޓްގެ ކުރެހުންތައް ތަމްސީލާއަކު ފޮނުވާފައިވަނީ 18 ޖުލައިގައި ކަން ފާހަގަކުރައްވާ ފަޒީން ވިދާޅުވީ އެއާއެކު މޭޔަރުގެ މެމޯއެއް މައުލޫމާތު ޝީޓާއެކު ފޮނުވި ކަމަށާއި އެގޮތުން އޭގައި ވަނީ މާރުކޭޓް މުޅި ފްލޯގައި ތަށި މުށި ޖެހުމުގެ ބަދަލުގައި ޓައިލްސް ކެމިކަލް ސިމެންތި ބޭނުންކުރަން ކަމަށެވެ. އަދި މުށި ޖެހުމުން ކައްސާލައިގެން މީހަކު ވެއްޓި އަނިޔާއެއް ލިބިދާނެ ކަން ފާހަގަކޮށްފައިވާނެ ކަމަށްވެސް ވިދާޅުވި އެެވެ.
ދަތުރުވެރިންގެ މާރުކޭޓު މަރާމާތަށް ގިނަ ދުވަހު ބަންދުކޮށްފައި ނުބެހެއްޓޭނެތީ މަސައްކަތް އިއުލާނުކޮށްފައިވަނީ ބަޖެޓުގައި ފައިސާ ހުރިތޯ ބަލައި، މަސައްކަތް ކުރިއަށް ގެންދާނެ ގޮތް ރާވައި އަދި އާ އުސޫލު ޑްރާފްޓް ކޮށްފައި ކަމަށްވެސް ފަޒީން ވިދާޅުވެ އެވެ. އެހާ ހިސާބަށް މަސައްކަތްކޮށްފައި ވަނިކޮށް މޭޔަރު ވަނީ ބިޑް ކާމިޔާބު ކުރި ފަރާތަށް ހަވާލުކުރުމަށް އެގްރީމެންޓުގައި ސޮއި ކުރުން މަޑު ޖައްސާލުމަށް އަންގާފަ އެވެ. އަދި އެގޮތަށް އެންގީ މާރުކޭޓުގެ ގޮޅިތަކުގެ އަދަދު މަދު ކަމަށް ވިދާޅުވެ ކަމަށްވީ ނަމަވެސް މަސައްކަތާއި ކުރެހުން ފާސްކުރަން ކައުންސިލަށް ހުށަހެޅުނު ދުވަހު އެމަސައްކަތް ކޮށްފައިވަނީ ވަރަށް ރަނގަޅަށް ކަމަށް މޭޔަރު އޭރު ވިދާޅުވި ކަމަށްވެސް ފަޒީން ވިދާޅުވި އެވެ.
މީގެއިތުރުން ފަޒީން ވަނީ މަސްމާރުކޭޓް ކުރިމަތީ އާ މާރުކޭޓެއް އެޅުމުގެ މަސައްކަތް ކުރެވެމުންދާތީ، ދަތުރުވެރިންގެ މާރުކޭޓު ވަގުތީ ތަނަކަށްވާނެތީވެ ކައުންސިލުގެ މެމްބަރުން ވެސް އަލަށް ހަދާ މާރުކޭޓުގައި ގޮޅި އިތުރުކުރުމަށް އެއްބަސްވެފައިވާ ކަމަށެވެ.
"ކޮމިޓީގެ ފަރާތުން އަޅުގަނޑުމެން ބެލުމަށްފަހު ނިންމީ 16 ޖުލައި 2019 ގައި ކައުންސިލުން ފާސްކުރި ކުރެހުމުގައި މާރުކޭޓުގެ އިރުމަތީމަގާއި އެއްގަމުމަގު ހަވީރީހިނގުމުން ދިމާވާ ޓްރެފިކް މައްސަލައަށް ހައްލެއް ހޯދުމަށް މާރުކޭޓުގެ އިމުން ނަގާފައިވާ މާރުކޭޓައް އަންނަ ފަރާތްތަކަށް ސައިކަލު ޕާކުކުރެވޭނޭ ޖާގަ، މިޖާގައަކީ ގޮޅި ހަދައިފިނަމަ ވަދެވޭނެ ގޮތެއް ނެތުމުން ހުހަށް އޮންނާތީ ފާރުކުރުމަށް ހަމަޖެއްސި ޖާގައެއް ކަމުން ގޮޅިސައިޒަށް އަންނަ ބަދަލާއެކު ފުޅާކުރުމަށް ކުރިން ހަމަޖެއްސި ޖާގައިގައިވެސް ގޮޅި ހެދުމަށް ނިންމާ މިހާރު މަސައްކަތް ގޮސްފައިވާ ހިސާބުން، އޭރުހުރި ގޮޅިން ގޮޅިން ރާނާ އަދި ގޮޅިބައިކުރުމަށް މެދުފާރު ނުރާނާކަމުން މެދުފާރުގެ ބަދަލުގައި 2 ފާރު ރާނާ ކޮންމެ 2 ގޮޅިއެއް 3 ގޮޅިއަށް ހެދުމާއި ފުޅާކުރުމަށް ހަމަޖެއްސި ޖާގަތައް އުވާލުމާއެއްކޮށް ގެންނަ މިބަދަލާއެކު 8 ފޫޓު 6.6 ފޫޓުގެ 117 ގޮޅި އަދި 11 ވަގުތީގޮޅިއެކު ޖުމްލަ 128 ގޮޅި ހިމެނޭ ގޮތަށް ކުރަހާ އެކުރެހުން މޭޔަރަށް ވާނީ ފޮނުވާފަ،" ފަޒީން ވިދާޅުވި އެެވެ.
ފަޒީން އިތުރަށް ވިދާޅުވީ ކޮމިޓީން 128 ގޮޅިއަށް ބަދަލުކުރަން ނިންމި ނަމަވެސް މޭޔަރު ޝިފާ ބޭނުންވަނީ އެތަނުގައި ހަތަރު ފޫޓު ކުރިމައްޗަށްވާ ގޮތަށް 193 ގޮޅި ހަދަން ކަމަށެވެ. އެކަމަކު ފާސްވީ ކޮމިޓީން ހުށަހެޅި 128 ގޮޅީގެ ކުރެހުން ކަމަށްވެސް ފަޒީން ފާހަގަކުރައްވަ އެވެ. އެހެންނަމަވެސް އެ ދުވަހު ފާސްވި ކުރެހުމާއެކު ކުރިއަށްދާނެ ގޮތަކަށް ވާހަކަ ދެއްކެވި ނަމަވެސް އަމަލުކުރެއްވީ އެގޮތަށް ނޫންކަން ވެސް ފަޒީން ފާހަގަކުރައްވަ އެވެ. އެގޮތުން ވިދާޅުވީ އެ ނިންމުން ތަންފީޒުކުރުމުގެ ބަދަލުގައި މޭޔަރު ވަނީ ކައުންސިލުގެ ނިންމުން އޮޅޭ ފަދަ ގޮތަކަށް ވުޒާރައަކަށް ސިޓީއެއް ފޮނުއްވާފައި ކަމަށެވެ.
ކޮންމެއަކަސް ދަތުރުވެރިންގެ މާރުކޭޓުގެ މައްސަލައާ ގުޅިގެން މާލޭ ސިޓީ ކައުންސިލުގެ މެމްބަރުންގެ އަރާރުމާހުރެ ގޮޅިތަކުގެ އަދަދު ނުނިންމި އުޅެނިކޮށް މިދިޔަ އަންގާރަ ދުވަހު ރައްޔިތުންގެ މަޖިލީހުގެ ލާމަރުކަޒީ ކޮމިޓީއަށް ސިޓީ ކައުންސިލްގެ މެމްބަރުން ހާޒިރުކޮށް ވަނީ ސުވާލުކޮށްފަ އެވެ.
އެތަނުގައި މޭޔަރު ޝިފާ ވަނީ ޕްލޭނިން މިނިސްޓްރީގެ އެހީއާއެކު އެ މަސައްކަތް އަވަސްކުރަން މަސައްކަތް ކުރަމުން އަންނަ ކަމަށް ވިދާޅުވެފަ އެވެ. އަދި އެތަނުގެ ގޮޅީގެ ޖާގަ ކުޑަ ނުކުރާން ޕްލޭނިން މިނިސްޓްރީން ވެސް ލަފާދިން ކަމަށް ވިދާޅުވެފަ އެވެ. އެކަމަކު ޝިފާގެ ވާހަކަތައް ހުރި ގޮތުން ގޮތް ދޫކުރަން ބޭނުން ނުވާ ކަމަށްވެސް ބެލެވެ އެވެ. އެއީ ޝިފާ ބޭނުންވަނީ އެތަނުގައި 193 ގޮޅި ހަދަން ކަމުން އެތަނުގައި ހުންނާނީ ކުރިމައްޗަށް އެންމެ ހަތަރު ފޫޓެވެ. ނަމަވެސް ކޮމެޓީން ނިންމި 128 ގޮޅީގެ ކުރެހުމުގައި ގޮޅިއެއްގައި 8 ފޫޓު 6.6 ފޫޓުގެ ޖާގައެއް އޮންނާނެ އެވެ.
- މަޖިލީހުގެ ކޮމިޓީގައި މޭޔަރު އަދި ޑެޕިއުޓީ މޭޔަރު ބައިވެރިވެވަޑައިގަތުން
ޕްލޭނިން މިނިސްޓްރީގެ ލަފާ، ޝިފާ ހޯދި ނަމަވެސް މާލޭ ދަތުރުވެރިންގެ މާރުކޭޓަކީ މާލޭ ސިޓީ ކައުންސިލުގެ ދަށުން ހިންގާ ތަނެކެވެ. އެތަނާ ގުޅޭ ކަންކަން ތަންފީޒުކުރުމުގެ ބާރުވެސް ކައުންސިލަށް އޮތުމުން މެމްބަރުން ވަނީ އެކަމުގައި ޕްލޭނިންގެ ލަފާ ކޮންމެހެން ހޯދަން ނުޖެހޭ ކަމަށް ބުނެފަ އެވެ.
"މޭޔަރެއްގެ ހައިސިއްޔަތުން އަޅުގަނޑު މިހުރީ ކައުންސިލްގެ އެ ނިންމުމާއި ޕްލޭނިން މިނިސްޓްރީގެ އިރުޝާދާ މެދުގައި ތާށިވެފައި،" ޝިފާ ވިދާޅުވި އެވެ.
ކައުންސިލުގެ ތެރޭގައި މައްސަލަތައް ޖެހިފައި އޮތަސް ކައުންސިލުން ބައްދަލުވުންތައް ބާއްވަ އެވެ. އެކަމަކު ދަތުރުވެރިންގެ މާރުކޭޓުގެ ވާހަކަ ޖެހޭ ހިސާބުން އެކަން ކުރިއަކަށް ނުދެ އެވެ. މެމްބަރު ފަޒީން ވިދާޅުވި ގޮތުގައި އެންމެ ފަހުގެ ބައްދަލުވުމުގެ ކޯރަމް ގެއްލުނީ އެހެން ބައްދަލުވުމެއް އޮތް ކަމަށް ވިދާޅުވެ މޭޔަރު ޖަލްސާ ދޫކުރައްވާ ވަޑައިގަތުމުން ޑެޕިއުޓީ މޭޔަރު ޝަމާއު ޝަރީފް ވެސް ޖަލްސާ ދޫކުރެއްވުމުންނެވެ. އެހިސާބުން ކޯރަމް ގެއްލި، އެކަމާ ގުޅޭގޮތުން އިތުރަށް ވާހަކައެއް ނުދެއްކުނެވެ.
- ސިޓީ ކައުންސިލުގެ މެމްބަރުން މަޖިލީހުގެ ކޮމިޓީގައި
ގިނަ ސަބަބުތަކާ ގުޅިގެން ގިނަ މެމްބަރުން ވަނީ ދަތުރުވެރިންގެ މާރުކޭޓުގެ މަސައްކަތްތައް ލަސްވަނީ މޭޔަރު ޝިފާގެ ސަބަބުން ކަމަށް ދޭހަވާ ގޮތަށް ވާހަކަ ދައްކަވާފަ އެވެ.
ކޮމިޓީގައި މޭޔަރު ވެސް ގޮތެއް ދުލެއް ނުކުރި!
ހިޔާލު ތަފާތުތުވުންތައް ހުއްޓަސް އެއްބަސްވުމަކަށް އާދެވޭނެ ކަމަށް ޑެޕިއުޓީ މޭޔަރު ވިދާޅުވި ނަމަވެސް މޭޔަރު ވިދާޅުވީ ޕްލޭނިން މިނިސްޓްރީން ދެއްވި ލަފަޔާ އެއްގޮތަށް ކުރިއަށްދާނަމަ މިއަދުވެސް އެތަނާ މެދު ގޮތެއް ނިންމިދާނެ ކަމަށެވެ. މިއަދުން މިއަދަށް އެކަން ތަންފީޒުކޮށްދެއްވާނެ ކަމަށް ޝިފާ ވިދާޅުވެފައި އެވަނީ އޭނާ ހުށަހަޅުއްވައިގެން އުޅުއްވާ 193 ގޮޅީގެ ކުރެހުމުގެ ވާހަކަ އެވެ.
"ޕްލޭނިން މިނިސްޓްރީން ދެއްވާފައިވާ ލަފަޔާ އެއްގޮތަށް ކުރެހުން މިއަދުވެސް ފާސްކޮށްފިނަމަ އެކަން މިއަދުވެސް ނިންމެން އެބައޮތް. ކީވެގެންތޯ މި ތިބެނީ. އަވަސް ކުރަން ބޭނުންވިނަަމަ މިއަދުވެސް ޕްލޭނިން މިނިސްޓްރީއަށް ސިޓީ ފޮނުއްވައިގެން މިކަން ކުރަންވީ ނޫންތޯ،" ކޮމިޓީގައި ޝިފާ ވިދާޅުވި އެވެ.
މާރުކޭޓު އަލުން ހުޅުވާނެ ދުވަހަކަށް ވިޔަފާރިވެރިން ކެތްމަދުވެފައި!
ސިޓީ ކައުންސިލްގެ އެތެރޭގެ ކޯޅުންތަކާ ހުރެ ދަތުރުވެރިންގެ މާރުކޭޓާ މެދު ގޮތެއް ނުނިންމިގެން އުޅޭތާ މިހާރު ތިން މަސް ފާއިތުވަނީ އެވެ. އެތަނުގައި ވިޔަފާރި ކުރަމުން އައި ބައެެއް މީހުން އެތަނުގެ ބޭރުގައި ދޭހާއި އަތްވަކާއި ވެހޭހާ ވާރޭއެއްގައި ތިބެ އާމްދަނީ ހޯދުމަށް މަޖުބޫރުވެފައި މިވަނީ އެމީހުން ޒަމާނުއްސުރެ އާމްދަނީ ހޯދަމުން އައި ގޮތް ބަންދުވުމުންނެވެ.
އެތަނުގައި ވިޔަފާރި ކުރަމުން އައި ބައެއް ފަރާތްތަކުން ވެސް ވަނީ އެމީހުންގެ ކަންބޮޑުވުންތައް ސީއެންއެމްއާ ހިއްސާކޮށްފަ އެވެ. އެގޮތުން ބުނީ މިހާ ދުވަސްވަންދެން އެމީހުންނަށް ވިޔަފާރިކުރާނެ ތަންކޮޅެއް ދައްކާފައި ނުވުމުން ބޮޑު ގެއްލުމެއްވެފައިވާ ކަމަށެވެ.
- ވިޔަފާރިވެރިން މަގުމަތީގައި ވިޔަފާރި ކުރަނީ

"މަރާމާތަށް ބަންދުކޮށްލިއިރު ވެސް ނުކެރުން ވިޔަފާރިވެރިންނަށް ޓެންޓެއް ޖަހާލާފައި ނަމަވެސް ވިޔަފާރި ކުރެވޭނެ ތަނެއް ދައްކާލަން. އެތަން ބަންދުކުރަމުން އަހަރެމެން ކައިރި ބުނީ 45 ދުވަހުން މަރާމާތުކޮށް ނިންމާ ހުޅުވާނަމޭވެސް. އަދި ވެސް މިކަން ނިމޭތަނެއް ނުފެނޭ،" އެކަމާ ކަންބޮޑުވުން ފާޅުކޮށް އެތަނުގައި ވިޔަފާރި ކުރި މީހަކު ބުންޏެވެ.
"މިތަނުގައި މިވިޔަފާރި ކުރަން ޖެހުނީ އެތަން ބަންދުކުރީމަ. މިހެން މެންދުރު އަވިގަނޑުގައި ގަހެއްގެ ނިވަލުގައި އިނދެގެން މިއެތިކޮޅު މިވިއްކަނީ ބޭބެމެންނަށް ދެން ވަކި އިތުރު ގޮތެއް ވެސް ނެތީމަ،" އިތުރު މީހަކު ބުންޏެވެ.
އެތަނުގައި ވިޔަފާރި ކުރަމުން އަންނަ މީހުންގެ އުއްމީދަކީ ސިޓީ ކައުންސިލުގެ އަރާރުން އެއް ފަރާތްކޮށް ގޮޅިތަކުގެ މަސައްކަތް އަވަސް ކުރުމެވެ. އަދި އެތަނުގައި އަލުން ވިޔަފާރި ކުރެވޭނެ ދުވަހަކަށް ވެސް ވިޔަފާރިވެރިން ތިބީ ކެތްމަދުވެފަ އެވެ.

0%
ކަމުގޮސްފި
0%
އަޑުއެހިތާ މިހުރީ
0%
ސަތޭކައަކުން ސުމެއް
0%
ވަރަށް ސަލާމް
ކޮމެންޓްސް