ތަރަށްގީވެފައިވާ މި ދުނިޔޭގައި ގިނަ ބަޔަކު ވާހަކަ ދަށްކަނީ މެސެޖް ކޮށްގެނެވެ. ގިނަ ލޯބިވެރިން އެންމެ ފުރަތަމަވެސް ދިމާވެފައިވަނީ ފޭސްބުކް ކަހަލަ ޕްލެޓް ފޯމްތަކުންނެވެ. އެހެން ކަމުން މެސެޖް ކުރުމުގައި ފިރިހެން ކުދިން ސަމާލުވާން ޖެހޭ އެތައް ކަމެއްވެއެވެ.
އެގޮތުން އެންމެ ފުރަތަމަ ވާހަކަ ދަށްކަން ފަށާއިރު މާއަވަހަށް ދިމާވާން އެހުމަކީ ގިނަ ފިރިހެންކުދިން ކުރާ މޮޔަ ކަމެކެވެ. ކުޑަ ދުވަސް ކޮޅަކަށް ވާހަކަ ދެއްކުމަށް ފަހު ބައްދަލު ވުމަށް އެދުމުން އަންހެން ކުއްޖާ ވަރަށް ނުތަނަވަސްވެއެވެ. މީގެ ބަދަލުގައި އަންހެން ކުއްޖާ ކައިރީގައި އޭނާ ފްރީއީ ކޮންގަޑިޔަކުތޯ އަހާ އެ ކުއްޖާއަށް އެންމެ ފަސޭހަގަޑިޔަކާއި ތާރީހެށްގައި ބައްދަލުކުރަން އެހުމަކީ ބުއްދިވެރި ގޮތެވެ. މިހެން ކަންތަށް ކުރުމުން އެ ކުއްޖާ ޝައުގުވެރިވާނަމަ އަމިއްލަޔަށް ދިމާވާން އޭނާ ބޭނުންވީމާ އެދޭނެއެވެ. އެހެން ކަމުން މިކަމަށް ސަމާލުވުމަކީ ވަރަށް މުހިންމުކަމެކެވެ.
އަންހެންކުއްޖަކާ ވާހަކަ ދައްކަން ފަށާއިރު އޭނާގެ ނަން ހަދާނުގައި ބެހެއްޓުމަކީ ވަރަށް މުހިންމުކަމެކެވެ. އެ ކުއްޖާގެ ނަން އޮޅި ނުވަތަ ހަދާންނެތި މިކަހަލަ ކަންކަން ދިމާވާނަމަ އަންހެންކުއްޖާގެ ޝައުގުވެރިން ކުޑަވެގެންދެއެވެ. ހާއްސަކޮށް ނަން ހަދާނެތި އަބަދު ނަމަކީ ކޮބައިތޯ އަންހެން ކުއްޖާކައިރީގައި އެހުމަކީ ގިނަ އަންހެން ކުދިން ވަރަށް އޮފެންޑްވާކެމެވެ. މީގެ އިތުރުން "ލޯބި ސުއީޓްްހާޓް ޑާލިންގް ނުވަގަ ބޭބީ" ކަހަލަ ބަސްތައް އަލަށް ވާހަކަ ދައްކާ ކުއްޖަކާ ދިމާލަށް ބޭނުން ކުރުމުން އަންހެން ކުދިން ވަރަށް "ކްރިންޖް" އިހްސާސް ވާނެއެވެ. އެހެން ވީމާ އެންމެ ބުއްދިވެރީ ހިތް އަތުލަން އެދޭނަމަ އެ ފަރީގެ ނަންހަދާންކޮށް ފާޑުފާޑު ނަންކިޔުން އެވޮއިޑް ކުރަންވާނެއެވެ.
މެސެޖް ކުރުމުގައި ވިސްނަންޖެހޭ އެއް މުހިންމުކަމަކީ އަންހެން ކުއްޖާ ފޮނުވާ ޓެކްސްޓުން އެހެންމާނެއެއް ނެގުމަށް މަސައްކަތް ކުރުން ހުއްޓުމެވެ. އެހެން ނޫނީ ދޭ ރިޕްލައި އާއި އެ ކުއްޖާ ފޮނުވި މެސެޖްއާއި ނުގުޅި ކޮންވަޒޭޝަން ހުއްޓުމަކަށް އައިސްފާނެއެވެ. ގިނަ ފިރިހެން ކުދިން ބަލަނީ އަންހެން ކުއްޖާ ކުރާ މެސެޖްގައި ފޮރުވިފައިވާ މާނައެއް އޮންނާނެ ކަމަށެވެ. ނަމަވެސް މި ކުށްހީގައި ހުރެ އެހެން ގޮތަކަށް މެސެޖް ކުރުމަކީ އަތުގައި ޖައްސަން އުޅުނު ކޮކާ ދުރަށް އުދުހިގެން ދާއެ ކަމެކެވެ. އެހެން ކަމުން މާ ބޮޑަށް ކަންކަމާ ނުވިސްނާ ސީދާ ޖަވާބު ދިނުމަކީ މުހިންމުކަމެކެވެ.
އަންހެން ކުއްޖާ ވާހަކަ ދެއްކުމުގައި ގިނަ ފިރިހެން ކުދިން ވަރަށް ބޭކާރު ވާހަކަ ދަށްކައެވެ. އެގޮތުން މުޅި ދުވަހު ކުރި ހުރިހާ ކަމެއް ތަފްސީލުކޮށް ކިޔާދެއެވެ. މިއީ އަންހެން ކުދިން ވަރަށް ފޫހިކޮށްލާ ކަމެކެވެ. ދުވަހުގައި ވީ ހުރިހާ ކަމެއް އެހާ ފުންކޮށް އަޑު އަހާކަށް އަންހެން ކުދިން ބޭނުމެށްނުވާނެއެވެ. އެހެން ކަމުން ވާހަކަ ދެއްކުމުގައި ވީހާވެސް ކުރުކޮށް އަދި ފޮނިކޮށް ވާހަކަ ދެއްކުމަކީ މުހިންކަމެކެވެ. އެހެން ނޫނީ ހިތުގެ ރާނީ ލިބުމުގެ ކުރިން އެ ރާނީ ތިބާ ދެކެ ވާނީ ފޫއްސެވެ.
މަޖާ މިޒާޖުގެ މީހުންނަކީ އަންހެން ކުދިން ވަރަށް ކަމުދާ ސިފައެކެވެ. އެހެން ކަމުން ވާހަކަ ދެއްކުމުގައި މަޖާ ވާހަކަ ދެއްކުމާއި ވީހާވެސް ގިނައިން ޝައުގުވެރި ކުރުވަނި ވާހަކަ ދެއްކުމަކީ ވަރަށް މުހިންމުކަމެކެވެ. ނަމަވެސް ގިނަ ފިރިހެން ކުދިން މަޖާ ކުރުމުގައިވެސް ބައެއް ފަހަރު ހައްދުން ނައްޓައިގެން ދެއެވެ. އެހެން ކަމުން އަންހެން ކުދިންކައިރީގައި ކިޔާ އެއްޗިއްސައް ވިސްނައިގެން މެސެޖް ކުރުން ވަރަށް މުހިންމެވެ.
އަލަށް ދިމާވި އަންހެން ކުއްޖާ ކައިރީގައި މާގިނައިން ސުވާލު ކުރުމަކީ ވަރަށް ސަކަރާތް ކަމެކެވެ. އޭރުން އެއަންހެން ކުއްޖާ ދެކޭނީ ބޮލަށް އުދަގޫ ފިރިހެން ކުއްޖެއްގެ ގޮތުގައެވެ. އަލަށް ވާހަކަ ދައްކަން ފަށާއިރު މަދު ސުވާލެށް އެހުމަކީ ރަނގަޅު ގޮތެވެ. އޭރުން އެކުއްޖާ އަމިސްލަޔަށް ގިނަ ވާހަކަތަށް ކިޔާދޭނެއެވެ. އަދި ދެމީހުން ދޭތެރޭގައި ބޮޑަށް ދެމީހުން ދަސްކުރުމުގެ ޝައިގުވެރިކަން އުފެދޭނެއެވެ.
އަންހެން ކުއްޖަކާ ވާހަކަ ދައްކާއިރު ރީތި ބަހުން ވާރކަ ދެއްކުމަކީ ވަރަށް މުހިންމުކަމެވެ. ނަންބަރާއި ބަސް މަސްހުނިކޮށްގެން ވާހަކަ ދަށްގާނަމަ އަންހެން ކުއްޖާގެ ޝައުގުވެރިކަން ކުޑަވެގެން ދެއެވެ. އަދި އެ ފިރިހެން ކުއްޖާއަކީ ރަނގަޅަށް ވާހަކަ ދަށްކަން ނޭންގޭ މީހަށް އެ ކުއްޖާގެ ނަޒަރުގައި ވެގެން ދެއެވެ. އެހެން ކަމުން ވާހަކަ ދަށްކާއިރު ދައްކާ އެއްގޮތަކަށް ސާދާކޮށް ވާހަކަ ދެއްކުމަކީ މުހިންމުކަމެކެވެ. އޭރުން އެ ކުއްޖާގެ ޝައުގުވެރިކަމާއި ސަމާލުކަން ލިބިގެން ދާނެއެވެ.
މެސެޖްތަކަށް ލަހުން ރިޕްލައި ދިނުމަކީ ގިނަ ފިރިހެން ކުދިން ކުރާ މޮޔަ ކަމެކެވެ. ހިތް އެދޭ ރާނީ ބޭނުންނަމަ އަވަހަށް މެސެޖްގެ ރަށްދު އަބަދުވެސް ދޭންވާނެއެވެ. އޭރުން ފިރިހެން ކުއްޖާ ޝައުގުވެރިވާކަން އިގި އަންހެން ކުއްޖާ ވަރަށް އުފާވާނެއެވެ. އަދި ފިރިހެން ކުއްޖާގެ ސަމާލުކަން ލިބޭތީވެސް ހުއްނާނީ މަލެށްހެން ފޮޅިފައެވެ. އެހެން ކަމުން އަވަހަށް މެސެޖްތަކަށް ރިޕްލައިކޮށް ޝައުގުވެރިކަން ފާލުކުރުމަކީ ބޭނުނަވާ އަންހެން ކުއްޖާ ލިބެން މަގުފަހިވާނެ ކަމެކެވެ.
ހިތް އެދޭ އަންހެން ކުއްޖާއާ ދިމާކުރުމަށް ފަހު ލަހުން މެސެޖް ކުރުމަކީ ނާކާމިޔާބާ ދިމާވެދާނެ ކަމެކެވެ. އެހެންކަމުން ބައްދަލުވުމަށް ފަހު އަވަހަށް މެސެޖް ކުރަންވާނެއެވެ. އަދި ބައްދަލުވެވުނީތީ ވަރަށް ހިތްހަމަ ޖެހި އުފާވިކަމަށްވެސް ބުނަންވާނެއެވެ. އޭރުން އަންހެން ކުއްޖާ ވަރަށް އުފާވާނެއެވެ. އެހެން ކަމުން ބައްދަލުވުމަށް ފަހު އެ ކުއްޖާ ގެޔަށް ދިޔުމުގެ މަގުމަތީގައި އުޅެނިކޮށް ކުރީބައިގައި މިކަހަލަ ހިތް އުފާކުރަވަނި މެސެޖް ކޮއްލުން ރަނގަޅެވެ.
އަންހެން ކުދިންގެ ހިތަކީ އެހާ ފަސޭހައިން އަތުލެވޭ އެއްޗަކަށް ނުވާއިރު ވާހަކަ ދެއްކުމާއި ބައްދަލުވުމުގައި އުޅޭގޮތާއި އެ ކުއްޖާއަށް އަށް ލޯބި ހުށަހަޅާ ގޮތަށްވެސް ވަރަށް ވިސްނަންވާނެއެވެ. އެހެން ކަމުން ފުރަތަމަ ފަހަރަށް އަންހެން ކުއްޖަކާ ވާހަކަ ދައްކާއިރު މަތީގައި ފާހަގަ ކޮށްފައިވާ ވާހަކަތަކަށް ސަމާލުވުމަކީ ވަރަށް މުހިންކމެކެވެ.