ads
މެމްބަރު އާދަމް ޝަރީފް އުމަރު-- ފޮޓޯ: ރައްޔިތުންގެ މަޖިލިސް
ޝިޔާމަށް ދައުވާ ކުރުމަކީ ބަދަލުހިފުމުގެ ސިލްސިލާއަށް އިތުރުވާ ބޮޅެއް: އާދަމް ޝަރީފު
ކުރީގެ ޗީފް އޮފް ޑިފެންސް މޭޖާ ޖެނެރަލް އަހްމަދު ޝިޔާމުގެ މައްޗަށް ދައުވާކުރަން ފޮނުވުމަކީ ބަދަލުހިފުމުގެ ސިލްސިލާއަށް އިތުރުވާ ބޮޅެއް ކަމަށް ކުރީގެ ޑިފެންސް މިނިސްޓަރު އަދި ރައްޔިތުން މަޖިލިހުގެ މަޑުއްވަރީ ދާއިރާ މެންބަރު އާދަމް ޝަރީފު އުމަރު ވިދާޅުވެއްޖެ އެވެ.
Advertisement

އާދަމް ޝަރީފު މިހެން ވިދާޅުވެފައިވަނީ ޝިޔާމުގެ މައްޗަށް ކޮރަޕްޝަނުގެ ތުހުމަތުގައި ދައުވާކުރަން އެންޓި ކޮރަޕްޝަން ކޮމިޝަން (އޭސީސީ) އިން ޕްރޮސެކިއުޓާ ޖެނެރަލްގެ އޮފީހަށް ފޮނުވުމާ ގުޅިގެން ކުރެއްވި ޓްއީޓެއްގައެވެ.

އާދަމް ޝަރީފު ވިދާޅުވި ގޮތުގައި ޝިޔާމުގެ މައްޗަށް ދައުވާކުރަން އުޅުމަކީ ބަދަލުހިފުމުގެ ސިލްސިލާއަށް އިތުރުވާ ބޮޅެއް ކަމަށާއި ޝިޔާމަށް ދައުވާކުރާ އަސްލު ސަބަބަކީ ގާނޫނީ ގޮތުން އުފެދިފައި އޮތް ސަރުކާރެއް ބަގާވާތަކުން ވައްޓާލުމަށް ފުރުސަތު ނުދެއްވުމާއި ބާގީންނަށް ބައިއަތު ނުހިއްޕެވުން ކަމަށެވެ. 

އޭގެ އިތުރަށް ކުރީގެ ޑިފެންސް މިނިސްޓަރު ވިދާޅުވީ ރިޓަޔާ ކުރައްވާފައިވާ ސިފައިންނަށް ވެސް ސަރުކާރުން އިހުތިރާމުކުރަން ޖެހޭނެ ކަމަށެވެ. 

ޝިޔާމްގެ މައްޗަށް ދައުވާކުރަން ފޮނުވީ 2017 ވަނަ އަހަރުން ފެށިގެން އެމްއެންޑީއެފްގެ ކޯސްޓް ގާޑް ބިލްޑިންގައި ޝިޔާމްގެ ބައްޕަ ދިރިއުޅުއްވި މައްސަލާގައެވެ. އޭސީސީ އިން ވަނީ އެ މައްސަލާގައި ޝިޔާމްގެ މައްޗަށް ދައުވާކޮށްދިނުމަށް ޕީޖީގައިި އެދިފައެވެ. އެއީ މަޤާމުގެ ނުފޫޒު ބޭނުންކޮށްގެން ނާޖާއިޒު ފައިދާއެއް ހޯދައިދިނުމަށްވާތީއާއި ރަސްމީ ހައިސިއްޔަތު ނަހަމަގޮތުގައި ބޭނުންކޮށްގެން އޭގެ ފައިދާ ލިބެން ނުޖެހޭ މީހަކަށް މަންފާއެއް ހޯދައިދީފައިވާތީ އެ ދެ ކުށުގެ ދައުވާ ކަމަށް އޭސީސީއިން ބުނެފައިވެއެވެ.

0%
ކަމުގޮސްފި
0%
އަޑުއެހިތާ މިހުރީ
0%
ސަތޭކައަކުން ސުމެއް
0%
ވަރަށް ސަލާމް
ކޮމެންޓްސް