ads
ވީޑިއޯ ރިޕޯޓް
ކުލި ކޮންޓްރޯލް ކުރަން ޖެހޭ!
މާލޭގެ އެޕާޓްމަންޓްތަކުގެ ސައިޒު އަޅުގަނޑު ކިޔައިދޭކަށް ނުޖެހެ އެވެ. އެއީ ރާއްޖޭގެ އެންމެނަށް ވެސް އެނގޭ ވާހަކަ އެކެވެ. ގިނަ ބަޔަކު މިތަންތަން ސިފަ ކުރަނީ "އަލިފާން ފޮއްޓެއް" ގެ ގޮތުގަ އެވެ. ހޫނުވީމަ އެކަންޏެއް ނޫނެވެ. ކުޑަވެފައި އެތައް ބަޔަކު ތޮއްޖެހިގެން އެއް ތަންކޮޅެއްގެ ތެރޭގައި އުޅެމުން ޖެހުމުން އަލިފާން ފޮއްޓަކީ މި ބުނާ އެޕާޓްމަންޓް ސިފަކޮށްދޭން އެންމެ ފުރަތަމަ ގޮތް ކަމަށް މީހުން ދެކެ އެވެ. ބާވެ ރެނދުލާފައި އެތައް އިމާރާތެއް ފުރަ މާލެއިން ފެނިގެންދެ އެވެ. ތޮއްޖެހި އަލިފާން ފޮއްޓެެއް ވަރުގެ
Advertisement

ކޮންމެއަކަސް ވެރިރަށް މާލޭގައި ތޮއްޖެހިގެން ދިހަ ބާރަ ބުރިއަށް އެތައް އިމާރާތެއް ނަގާފައި އެބަހުއްޓެވެ. ކުޑަ ގޯޅިއެއްގެ ތެރޭގައި ވެސް ދެ ތިން ހަތަރު ގެ މި ބުނާ ބީދައިގެން ހުންނާނެ އެވެ. މިއީ އެއް ފުންޏަކަށް ޖަހާލާފައި ހުންނައިރު ބަލާލަން ރީތި މަންޒަރަކަށް ވިޔަސް، "ކޮންކްރީޓް މި ޖަންގައްޔަކީ މި ސަރަހައްދުގެ ގައުމުތަކާއި އަޅާ ބަލާއިރު ވެސް އެންމެ އަގު ބޮޑު ސިޓީތަކުގެ ލިސްޓުގެ ކުރިން ޖާގަ ލިބޭ ސިޓީ އެކެވެ. ކިތަންމެ އަގު ބޮޑަށް ހުރިހާ ހިދުމަތެއް މިތަންނަށް ޖަމާކޮށްފައި އޮތުމުން އައުމުން ނޫން ގޮތެއް ވެސް ނެތެވެ. 

ދަރިންނަށް ތައުލީމު ހޯދައިދިނުމުން ފެށިގެން ސިއްހީ ހިދުމަތްތައް ވެސް އެންމެ ރަނގަޅަށް މި ރާއްޖެއިން ލިބެން އޮތް ތަނަކީ މިއީ އެވެ. ފެން އޮތް ތަނަކަށް މަސް ދާނޭ ބުނާ ގޮތަށް މި ތަނަކަށް އެ ބުރާ ރާއްޖެ ތެރޭގެ މީހުންނަށް އަންނަން ޖެހުނު ސަބަބަކީ މިއީ އެވެ. މުޅި އާއިލާއަށް ލިބޭ މުސާރަ ކޮޅުން ކުލި ދައްކާލައިގެން އަނގަޔާއި އަތާއި ހަމަ ކިރިޔާ ދިމާވާއިރު މިއީ ހަމަ، އަހަރެމެން ރަށްފުށުގެ މީހުންނަށް އެންމެ ހައްގު މިންވަރުބާއޭ ހިތަށް އަރަ އެވެ. 

ރެނދުލާއި ބާވެފައި ހުރި އިމާރާތްތަކުން ފަށަމާ ހިނގާށެވެ. ކިރިޔާ ބޮލަށް ވެއްޓޭ ނުވެއްޓޭ ވަރުގައި ހުރި އިމާރާތްތައް އެބަހުއްޓެވެ. މިފަދަ އެތައް ގެއެއްގައި ހަމަ އިންސާނުން ދިރިއުޅެމުން އެބަ ދެ އެވެ. މި އިން ގެއެއްގެ ވާހަކައެއް ވެސް ދައްކާނީ ހަމަ ކޮންމެވެސް ހާދިސާއެއް ހިނގީމަ އެވެ. މިސާލަކަށް މިފަދަ ގެޔަކުން މީހެެއްގެ ބޮލަށް ބެރިއެއް ވެއްޓި އަނިޔާވާއިރަށް އެފަދަ ތަންތަން އިންސްޕެކްޓް ކުރަން ނިކުމެދާނެ އެވެ. 

ރެނދުލާއި ބާފައި ހުރި އެތައް އިމާރާތެއްގައި މީހުން ދިރިއުޅެމުން އަންނައިރު މި ތަންތަނަކީ ވެސް ވަކި ކުލި ކުޑަ ތަންތަނެއް ނޫނެވެ. މިބުނާ ހާލަތުގައި ހުރި ތަންތަނުގެ ކުއްޔަށް ވެސް މަހަކު 10،000 އިން މަތިން ފައިސާ ދައްކަން ޖެހޭއިރު ކުދިކުދި ތަންތަންކޮޅުގައި އުޅޭ މީހުންގެ ޝަކުވާއަކީ ވެސް މިއީ އެވެ. ތަނަށް އެކަށީގެން ނުވާ ވަރުގެ ބޮޑު ކުއްޔެއް ދައްކާއި، ޖީބު ހުލިކުރަން މަޖުބޫރުވެފައިވާއިރު ވެސް ސަރުކާރުން މި ކަމަށް ހައްލެއް ހޯދުމަށް މަސައްކަތްކުރާ މަންޒަރެއް ނުފެނެ އެވެ.

މިހެން ބުނަން މިޖެހުނީ މާލޭގެ ކުލި ކުޑަކުރުމަށް އެދޭސްކޮށް ރައީސްއަށް ފޮނުވި ސިޓީއެއް ވެސް ދުށީމެވެ. ރައްްޔިތުންގެ ހާލަތު ހުރި ގޮތް ނިކަން ރަނގަޅަށް އެ ސިޓީގައި ބަޔާންކުރިޔަސް ހައްލެއް މިއަދާއި ހަމައަށް ނުލިބެ އެވެ. ނުވިތާކަށް މަޖިލީހެއް އޮތަސް އެތަނުން ވެސް ވީކަމެއް ހަރާމެވެ. އަށް ސަތޭކައަށް ވުރެ ގިނަ މީހުންގެ ސޮޔާއެކު މާލޭ ޓެނަންޓްސް ޔޫނިއަނުން މާލޭގެ ކުލި ކޮންޓްރޯލު ކުރުމަށް ގޮވާލައި މަޖިލީހަށް ޕެޓިޝަނެއް ހުށަހެޅި އެވެ. ޒަމާންތަކެއް ވަންދެން މާލޭގައި ކުއްޔަށް ދިރިއުޅެމުން އައި މީހުންގެ ވޭނާއި ތުރާތައް ހިއްސާކުރި ނަމަވެސް އެއްވެސް ހައްލެއް ހަމަ ނައީ އެވެ. 

ނުވިތާކަށް ކޮވިޑްގެ މިހާލަތުގައި ގައުމު ގެނބެމުންދާއިރު އަބަދުވެސް ވެރިން ދައްކަމުން މިދަނީ މީހުން އުޅޭ ނިކަމެތި ހާލުގެ ވާހަކަ އެވެ. އެތައް ބައެއްގެ ވަޒީފާތައް ގެއްލި، އާމްދަނީ ލިބޭނެ ދޮރު ބަންދުވެގެންދިޔައިރު ވެސް އެއްކަލަ ކުލި ކޮޅު ކުޑަކޮށްލެވުން މަންޒަރެއް ފެނިގެނެއް ނުދިޔަ އެވެ. ފެނިގެންދިޔައީ ގެވެރިން މިދަނޑިވަޅުގައި ވެސް އިތުރަށް މުއްސަނދިވަމުން އަންނަ މަންޒަރެވެ. މި ވާހަކަ ދެއްކުމުން ނިކަން ރުޅިވެސް އައިސްދާނެ އެވެ. އެކަމަކު ވެސް އަހަރެންގެ ނަޒަރުގައި ކުއްޔަށް ދޫކުރާ އެޕާޓްމަންޓްވާންޖެހޭނީ އެތަނަށް ފެތޭ އަގަކަށް ދޫކުރެވޭ ތަނަކަށެވެ. އެއީ ގާނޫނެއް ގެނެސްގެން ނަމަވެސް ހިތުހުރި އަގެއް ނެގުމުގެ އުސޫލު ދޫކޮށްލަން މާބޮޑަށް ވެސް ލަސްވެއްޖެ އެވެ. 

92%
ކަމުގޮސްފި
0%
އަޑުއެހިތާ މިހުރީ
0%
ސަތޭކައަކުން ސުމެއް
8%
ވަރަށް ސަލާމް
ކޮމެންޓްސް