ads
ރައީސް މައުމޫން އަދި ރައީސް ނަޝީދު އެކުގައި..
ކްރިސްމަސް ތަހުނިޔާ ފޮނުވުން: މައުމޫން ތާއީދު ނަޝީދަށް!
ނަސޯރާއިން ފާހަގަކުރާ ކްރިސްމަސް ދުވަހާއި ގުޅިގެން އެ ދުވަސް ފާހަގަކުރާ މީހުންނަށް އުފާވެރި ދުވަހަކަށް އެދޭ ކަމަށް ވިދާޅުވެ ކުރީގެ ރައީސް މުހައްމަދު ނަޝީދު ތަހުނިޔާ ފޮނުވި މައްސަލަ ހޫނުވެފައިވަނިކޮށް ރައީސް މައުމޫން އަބްދުލްގައްޔޫމް ވެސް، ރައީސް ނަޝީދަށް ތާއީދުކޮށް ވާހަކަފުޅު ދައްކަވައިފި އެވެ.

ރައީސް މައުމޫން ކުރެއްވި ޓްވީޓުގައި ވިދާޅުވީ ކީރިތި ގުރްއާނުގައި އަންގަވާފައިވާ ގޮތުގައި ޣައިރު މުސްލިމުންގެ ތެރެއިން މުސްލިމުންނާ ހަނގުރާމަނުކުރާ އަދިމު ސްލިމުންގެ ގޯތި ގެ ދޮރުން އެބައިމީހުން ބޭރުކޮށްނުލާ މީހުންނަށް ހެޔޮކޮށްހިތައި އަދުލުވެރިވުމަކީ މާތްﷲ ނަހީ ކުރައްވާފައިވާކަމެއް ނޫން ކަމަށެވެ. 

ﷲ ތައާލާއަށް ޝިރުކު ކުރުން ހިމެނޭ ކަންކަމާ ގުޅުވައިގެން އެއްވެސް ފަރާތަކަށް ތަހުނިޔާ ނުކިޔުމަށް އިލްމުވެރިންގެ ގުޅުމުން ރައްޔިތުންނަށް އިލްތިމާސްކޮށްފައިވަނިކޮށް ރައީސް ނަޝީދު އެފަދަ ޓްވީޓެއް ކުރުމާއެކު ގިނަ ބައެއްގެ ފާޑުކިޔުން އެމަނިކުފާނަށް އަމާޒުވި އެވެ. 

ވަކިން ހާއްސަކޮށް ދީނީ އިލްމުވެރިން ވަނީ އެކަމާއި ގުޅިގެން ފާޑުކިޔުން އަމާޒުކޮށްފަ އެވެ. އެގޮތުން ޑރ، މުހައްމަދު އިޔާޒް ވަނީ ހައްދު ފަހަނައަޅާ ގޮސްފައިހުރި، ދީނުގެ އަދުއްވުން ފިޔަވައި މުސްލިމަކު ކްރިސްމަސް ފާހަގަ ކުރުމުގައި އެއްވެސް ގޮތަކުން ބައިވެރިވުން ރަނގަޅު ކަމަށް ނުބުނާނެ ކަމަށް ވިދާޅުވެފަ އެވެ. 

އެއާއެކު ރައީސް ނަޝީދަކީ އިސްލާމްދީނުގެ އަދުއްވެއް ކަމަށް ދޭހަވާ މޭރުމުން ވާހަކަ ދެއްކެވި ކަމަށް ބުނެ އެމަނިކުފާނު ނިސްބަތްވެވަޑައިގަންނަވާ އެމްޑީޕީން އިސް ބޭފުޅުން ވަނީ އިޔާޒަށް ފާޑުކިޔާފަ އެވެ. 

0%
ކަމުގޮސްފި
0%
އަޑުއެހިތާ މިހުރީ
0%
ސަތޭކައަކުން ސުމެއް
0%
ވަރަށް ސަލާމް
ކޮމެންޓްސް