ރަސްމާދޫގެ ބަނދަރު ތަރައްގީ ކުރުމުގެ މަޝްރޫއުގެ 11 އިންސައްތަ ނިމިފައިވާ އިރު، އެ މަޝްރޫއުގެ ދަށުން ބަނދަރު ތަރައްގީ ކުރުމަށް ބޭނުންވާ ބޮޑު ހިލައިގެ ޝިޕްމަންޓް، މަޝްރޫއު ކުރިއަށް ގެންދާ ސަރަހައްދުގައި މިއަދު އަންލޯޑް ކުރެވިފައިވާ ކަމަށް އެމްޓީސީސީން ބުނެއެވެ.
އެ މަޝްރޫއުގެ ދަށުން 7،500 ކިއުބިކް މީޓަރުގެ އައު ބަނދަރު ފުންކުރުމާއި، 1000 ކިއުބިކް މީޓަރުގެ މިހާރު ހަދާފައިވާ ބަނދަރު ފުންކުރުމާއި، 500 ކިއުބިކް މީޓަރުގެ ނެރަށް ވަންނަ ސަރަހައްދު ފުންކުރުމާއި، 377 މީޓަރުގެ ސަރަޙައްދެއްގައި ބޭރުތޮށި ލުމުގެ އިތުރުން 600 އަކަ މީޓަރުގެ ސަރަހައްދެއްގައި ޕޭވްމަންޓް ހެދުން ފަދަ މަސައްކަތްތައް ކުރާނެއެވެ.
ޕްލޭނިން މިނިސްޓްރީން އެމްޓީސީސީއަށް 18.7 މިލިއަން ރުފިޔާއަށް ހަވާލުކުރި އެ މަޝްރޫއު މޮބިލައިޒް ކޮށްފައިވަނީ މިއަހަރުގެ ޖުލައި 26 ގައެވެ.