ads
ސިދާތް އާއި ކިއަރާ-
ކިއަރާ އާއި ސިދާތު ރާއްޖޭގައި
ކިއަރާ އަދްވާނީ އާއި ސިދާތު މަލްހަތްރާ ޗުއްޓީ ހޭދަކުރުމަށް ރާއްޖެ އަތުވެއްޖެ އެވެ.

އާ އަހަރު ފާހަގަ ކުރުމަށް ސިދާތު އާއި ކިއަރާ ރާއްޖެ އައިސްފައިވާ އިރު އެމީހުން ވަނީ ރާއްޖޭގެ މާހައުލުން ހިތްގައިމު ފޮޓޯތަކެއް ސޯޝަލްމީޑިއާގައި ފޭނުންނާއި ހިއްސާ ކޮށްފައެވެ.

ސިދާތު އާއި ކިއަރާ ލޯބީގެ ގޮތުން ގުޅިގެން އުޅޭ ކަމަށް އަޑު ފެތުރުނު ނަަމަވެސް އަދި މިހާތަނަށް ދެމީހުން ވެސް އެމީހުންގެ ގުޅުމާއި ބެހޭ ތަަފްސީލެއް ހާމަކޮށްފައެއް ނުވެއެވެ.

ބެލެވޭ ގޮތުގައި ސިދާތު އާއި ކިއަރާ ރާއްޖެ އައިސްފައިވަނީ އިއްޔެގެ ވަގުތެއްގައެވެ.

ކިއަރާ އިންސްޓަގްރާމްކުރި ޕޯސްޓެއްގައި ވަނީ މޫދު ފެންނަގޮތަށް ފުރަގަހުން ނަގާފަ އިން ފޮޓޯއެއް އާންމުކޮށްފައިވާއިރު ސިދާތު ވަނީ އޭނަ ފައިތިލައާއި އެކު މޫދު ފެންނަ ގޮތަށް އިން ފޮޓޯއެއް އޭނަގެ އިންސްޓަގްރާމް ސްޓޯރީ މެދުވެރިކޮށް ހިއްސާކޮށްފައެވެ.

your imageކިއަރާ-

ދެތަރިން ރާއްޖޭގައި ޗުއްޓީ ހޭދަކުރަނީ ސޮނެވަފުށީގަ އެވެ.

ކިއަރާ ރާއްޖޭގައި ޗުއްޓީ ހޭދަކުރަމުންދާއިރު މި ދުވަސްވަރު ބޮލީވުޑްގެ ގިނަ ތަރިން ދަނީ ރާއްޖޭގެ އެކި ރިޒޯޓު ތަކުގައި ޗުއްޓީ ހޭދަ ކުރަމުންނެވެ. 

ކިއަރާ ދެން އެންމެ އަވަހަށް ފެނިގެންދާނީ 2021 ވަނަ އަހަރު ނިކުންނަ ފިލްމް "ބޫލް ބުލައްޔާ 2" އިންނާއި "ޖުގް ޖުގް ޖިއޯ" އިންނެވެ. އަދި ސިދާތު ދެން ފެނިގެން ދާނީ ފިލްމް "މިޝަން މަޖްނޫ" އިންނެވެ.

0%
ކަމުގޮސްފި
0%
އަޑުއެހިތާ މިހުރީ
0%
ސަތޭކައަކުން ސުމެއް
0%
ވަރަށް ސަލާމް
ކޮމެންޓްސް