ads
ހީނާ ހާން އާއި އޭނާގެ ލޯބިވެރިޔާ ރާއްޖޭގައި--
ހީނާ ހާން އާ އަހަރު ފެށީ ރާއްޖެ އާއެކު
މަޝްހޫރު އެކްޓްރެސް ހީނާ ހާންއަކީ މިދިޔަ އަހަރު ރާއްޖޭގައި ޗުއްޓީ ހޭދަކުރި އިންޑިއާގެ ސެލެބްރިޓީންގެ ތެރެއިން އެކަކެވެ. ފެންނަ ފެނުމަށް އޭނާ އަދިވެސް މި އުޅެނީ ރާއްޖެ މަތިން ހަނދާން ނައްތާ ނުލެވިގެންނެވެ.

2021 ވަނަ އަހަރު ފެށުން ފާހަގަކުރުމުގެ ގޮތުން ހީނާ އިންސްޓަގްރާމުގައި ކުރި ޕޯސްޓެއްގައި ވަނީ ރާއްޖޭގައި ހޭދަކުރި ޗުއްޓީގެ ފޮޓޯތައް ހިއްސާކޮށްފަ އެވެ. 

އެ ފޮޓޯތަކުން ފެންނަ ގޮތުގައި ފިޔާތޮށި ކުލައިގެ ބިކިނީއެއްގައި ހީނާ ހުންނަނީ ރާއްޖޭގެ ބީޗެއްގަ އެވެ. އަދި ހީނާގެ ފަހަތުން ރާއްޖޭގެ ރީތި މޫދު ފެނެ އެވެ. 

އެ ފޮޓޯ ޕޯސްޓު ކުރުމަށް ފަހު ހީނާ ބުނެފައި ވަނީ 2021 އަށް ޑައިވް ކުރަން ތައްޔާރަށް ހުރި ކަމަށެވެ. އަދި 2020 އަށް "ގުޑްބައި" ކަމަށް ވެސް ބުނެފައި ވެއެވެ.

މީގެ ކުރިން ވެސް ހީނާ ވަނީ ރާއްޖޭގައި ހޭދަކުރި ޗުއްޓީގެ ބައެއް ފޮޓޯތައް ފޭނުންނަށް ދައްކާލާފަ އެވެ. ހީނާގެ ޕޯސްޓާއެކު ބެލެވޭ ގޮތުގައި އޭނާ މި އަހަރު ވެސް ރާއްޖެ އައުމަކީ އެކަށީގެންވާ ކަމެކެވެ. 

ހީނާ ހާންގެ އެކްޓިން ކެރިއަރު ފަށާފައި ވަނީ ޓީވީ ޑްރާމާ "ޔޭ ރިޝްތާ ކިޔާ ކެހެލާތާ ހޭ" އިންނެވެ. އޭގެ ފަހުން "ބިގް ބޮސް 11" ގައި ވެސް އޭނާ ބައިވެރިވި އެވެ. 

ބޮލީވުޑުގެ ފިލްމުތަކުން ވެސް ހީނާ ފެނިފައި ވާއިރު އޭގެ ތެރޭގައި "ހެކްޑް" އަދި "ވިޝްލިސްޓު" ހިމެނެ އެވެ. 

50%
ކަމުގޮސްފި
0%
އަޑުއެހިތާ މިހުރީ
0%
ސަތޭކައަކުން ސުމެއް
50%
ވަރަށް ސަލާމް
ކޮމެންޓްސް