އާ އަހަރާ ދިމާކޮށް ސޮނެވާފުށީގައި މި ދެ ތަރިން ޗުއްޓީ ހޭދަކުރަމުން އައިއިރު މުމްބާއީ އެއާޕޯޓުން ދެތަރިން އެކުގައި ޕަޕަރާޒީނަށް ފެނިފައިވެ އެވެ.
ކިއާރާ އާއި ސިދާތު ރައްޓެހިވެގެން އުޅޭ ކަމަށް އަޑުތައް ފެތުރެމުންދާތާ އެތައް ދުވަހެއް ފަހުން އެކުގައި މި ދެތަރިން ރާއްޖެއަށް ޗުއްޓީ ހޭދަކުރަން އައިއިރު އަދިވެސް ރަސްމީކޮށް ލޯބިވެރިން ކަމަށް ނުބުނެ އެވެ.
ރާއްޖޭގައި ޗުއްޓީ ހޭދަކުރަމުން އަންނައިރު ދެ ތަރިން އެކުގައި ފޮޓޯއެއް ވެސް ސޯޝަލް މީޑިއާއަށް ހިއްސާއެއް ނުކުރެ އެވެ. އޭގެ ބަދަލުގައި ވަކި ވަކިން ފޮޓޯ ނަގައި ސޯޝަލް މީޑިއާއަށް ދަނީ ހިއްސާކުރަމުންނެވެ.
އެކަމަކު މިހާރު މިއީ ލޯބިވެރިންކަން މިވަނީ އެނގިގެންގޮސްފަ އެވެ.