ads
ޑރ. ޖަމީލް--
ފުލުހުންގެ އާ ގާނޫނުގެ މަގްސަދަކީ ބަދަލުހިފުން: ޖަމީލް
ފުލުހުންގެ އާ ގާނޫނުގެ މަގްސަދަކީ ބަދަލު ހިފުން ކަމަށް ކުރީގެ ނައިބް ރައީސް ޑރ. މުހައްމަދު ޖަމީލް އަހުމަދު ވިދާޅުވެއްޖެ އެވެ.

ޖަމީލް މިހެން ވިދާޅުވެފައި ވަނީ އެސިސްޓަންޓް ކޮމިޝަނާ އޮފް ޕޮލިސްގެ މަގާމުގައި ހުންނެވި، ޑރ. އަބްދުﷲ ފައިރޫޝް ރިޓަޔާ ކުރެއްވުމާއެކު ފުލުހުންގެ މުއައްސަސާއަށް ފައިރޫޝް ކޮށްދެއްވި ހިދުމަތަށް ޝުކުރު އަދާކުރައްވާ، ކޮމިޝަނާ އޮފް ޕޮލިސް، މުހައްމަދު ހަމީދު ޓްވީޓު ކުރެއްވުމުން ގިނަ ބައެއްގެ ފާޑުކިޔުން އަމާޒުވެފައި ވާތީ އެވެ. 

އެގޮތުން ސީޕީ ހަމީދު ލަދު ގަންނަން ޖެހޭ ކަމަށް ހަސަން ލަތީފް ވިދާޅުވި ހަބަރެއްގެ ސުރުހީ އާއި ކުށްކޮށްފައި ރިޓަޔާކޮށްގެން އަދަބުން ރެކެވިގެން ނުވާނެ ކަމަށް ފޮނަދޫ ދާއިރާގެ މެމްބަރު މޫސާ ސިރާޖު ވިދާޅުވި ހަބަރެއްގެ ސުރުހީގެ ސްކްރީންޝޮޓެއް ހިއްސާކޮށް ޖަމީލް ވިދާޅުވީ ފުލުހުންގެ އާ ގާނޫނުގެ މަގްސަދަކީ ބަދަލުހިފުން ކަމަށެވެ. 

ޖަމީލް ވަނީ އެމްޑީޕީ އިސްނަގައި ހުނަރުވެރި ޒުވާނުންގެ މުސްތަގްބަލް ކަތިލުމަށްފަހު އުފާފާޅުކުރުމަކީ ލަދުވެތި އަމަލެއް ކަމަށާއި އަދި ގައުމެއްގެ ގޮތުގައި މިއީ ވަރަށް ނާތަހުޒީބު އަމަލްތަކެއް ކަމަށް ވިދާޅުވެފަ އެވެ. 

އޭގެ އިތުރުން ޖަމީލް ވަނީ ވައުދުވި މިނިވަން، ވަޒީފާގެ ބިރުވެރިކަން ނެތް މުޖުތަމައު ކޮބާތޯ ސުވާލު އުފައްދަވާފަ އެވެ. އަދި އެކަމުގެ ޝިކާރައަކަށް މިއަދު ފައިރޫޝް ވެގެންދިޔައިރު މާދަމާ ޝިކާރައަކަށް ވާނީ ކާކުތޯ ވަނީ ސުވާލު އުފައްދާފަ އެވެ.

"ދިވެހި ގައުމަށް، ވަކިން ހާއްސަކޮށް އައްޑޫ ރައްޔިތުންނަށް މި ސަރުކާރުންނާއި އެމްޑީޕީން އަބަދުވެސް ދެނީ ކެހިި،" ޖަމީލް ވިދާޅުވި އެވެ.

ފުލުހުންގެ އިސް އޮފިސަރެއްގެ ގޮތުގައި މި ސަރުކާރުގައި ވެސް ފައިރޫޝް ހުންނެވުމުން އެމްޑީޕީން ފާޑުކިޔާފައި ވާއިރު ފައިރޫޝް ރިޓަޔާ ކުރެއްވީ ފުލުހުންގެ ހިދުމަތުގެ ގާނޫނުގެ ދަށުން ފައިރޫޝްގެ މައްސަލަ ބަލާނެތީ ކަމަށް ގިނަ ބަޔަކު ދެކެ އެވެ.  

0%
ކަމުގޮސްފި
0%
އަޑުއެހިތާ މިހުރީ
100%
ސަތޭކައަކުން ސުމެއް
0%
ވަރަށް ސަލާމް
ކޮމެންޓްސް