މި މެޗުން ސުޕަ ޔުނައިޓެޑަށް ލިބުނު ޕޮއިންޓާ އެކު ޖުމްލަ ހަ ޕޮއިންޓް ލިބި ވަނީ ޓޭބަލްގެ ތިންވަނަ މަގާމުގަ އެވެ. އެއީ ހަތަރު މެޗުންނެވެ.
ސުޕަ ޔުނައިޓެޑު ކުޅުނު ފުރަތަމަ މެޗުން މޮޅުވި އިރު އަނެއް ތިން މެޗު ވެސް ނިމުނީ އެއްވަރު ވެގެންނެވެ.
އާދިއްތަ ދުވަހުގެ މެޗުން ލިބުނު ޕޮއިންޓާ އެކު ގްރީންއަށް އަދި ލިބުނީ ދެ ޕޮއިންޓެވެ. މިދިޔަ ހަފުތާގައި ގްރީން ވެސް އެއްވަރުވީ އިރު ފުރަތަމަ ކުޅުނު ދެ މެޗުން ވަނީ ބަލިވެފަ އެވެ.
ސުޕަ ޔުނައިޓެޑް ދެން ކުޅެން ޖެހޭނީ މާޒިޔާއާ އެވެ. ގްރީން ކުޅޭނީ ދަ ގްރާންޑޭއާ އެވެ.