ކުރިއަށް އޮތް ފިލްމުގެ ޝޫޓިންގައި ކަރަން މި ވަގުތު ބިޒީކޮށް އުޅެނީ އެހެން ގައުމެއްގަ އެވެ. އެހެންކަމުން އިންޑިއާގައި ހުރި ބިޕާޝާ، ފިރިމީހާ މިސްވެގެން ހަނދާން އާ ކުރީ މި ފޮޓޯތައް ފޭނުންނާ ހިއްސާކުރަމުންނެވެ.
ބިޕާޝާގެ އިންސްޓަގްރާމުގައި ޕޯސްޓު ކުރި ފޮޓޯތަކުން ފެންނަނީ ދެ މީހުން ނަގާފައި ހުރި ސެލްފީތަކެކެވެ. އެތަނުން އެއް ފޮޓޯގައި ބިޕާޝާ، ކަރަންގެ ކޮލަށް ދޮނެއް ދޭ ތަން ވެސް ފެނެ އެވެ.
މި ފޮޓޯތައް ހިއްސާކުރުމުގެ ކުރިން ބިޕާޝާ ވަނީ ކަރަން އާއެކު މިދިޔަ އަހަރު ރާއްޖެއަށް ކުރި ޗުއްޓީގެ ދަތުރުގެ ހަނދާން އާކޮށް، އެ ދަތުރުގެ ފޮޓޯއެއް ޕޯސްޓުކޮށްފަ އެވެ.
އެ ފޮޓޯއާއެކު ބިޕާޝާ ބުނީ އޭނާއަށް އާ އަހަރު ފަށާނީ ކަރަން އެނބުރި ގެއަށް އައުމުން ކަމަށެވެ. އަދި ހެޔޮ ހާލުގައި އެނބުރި ގެއަށް އައުމަށް އެދިފައި ވެއެވެ.