ފޭދޫގެ ބަނދަރު ތަރައްގީ ކުރުމުގެ މަޝްރޫއުއާ ހަވާލުވެފައިވާ އެމްޓީސީސީން ބުނީ ފޭދޫގެ ބަނދަރު ތަރައްގީ ކުރުމުގެ މަސައްކަތް ފެށުމަށްޓަކައި އެ މަޝްރޫއު ހިންގަން ބޭނުންވާ ސާމާނު މަޝްރޫއު ހިންގާ ސަރަހައްދަށް ގެނެސް ތައްޔާރު ކުރެވިފައިވާ ކަމަށެވެ.
އެ މަޝްރޫއުގެ ދަށުން 27،500 ކިއުބިކް މީޓަރުގެ ސަރަހައްދެއްގެ ބަނދަރު ފުންކުރުމާއި، 378 މީޓަރުގެ ސަރަހައްދެއްގައި ބޭރުތޮށި ލުމާއި، 90 މީޓަރުގެ ސަރަހައްދެއްގައި ރިވެޓްމެންޓް ޖެހުމާއި، 276 މީޓަރުގެ ސަރަހައްދެއްގައި އެއްގަމުތޮށި ލުމާއި، 1،380 އަކަ މީޓަރުގެ ސަރަހައްދެއްގައި ޕޭވްމެންޓް ހެދުމާއި، މަގުބައްތި ހަރުކުރުމާއި ނެރުބައްތި ހަރުކުރުން ފަދަ މަސައްކަތްތައް ކުރާނެ އެވެ.
ޕްލޭނިން މިނިސްޓްރީން އެމްޓީސީސީއާ އެ މަޝްރޫއު ހަވާލުކުރީ 33.1 މިލިއަން ރުފިޔާ އަށެވެ.