ads
ހިޔާ ފްލެޓްތައް--
ރާއްޖޭގެ ބޯހިޔާވަހިކަމުގެ ހާލަތު ދެނެގަތުމަށް ސާވޭއެއް
މުޅި ރާއްޖެއަށް ބޭނުންވާ ބޯހިޔާވަހިކަމުގެ ހާލަތު ދެނެގަތުމަށް މޯލްޑިވްސް ހައުސިން މާކެޓް ނީޑްސް އެންޑް އެސަސްމަންޓް ސްޓަޑީ އިން ސާވޭއެއް ފަށައިފިއެވެ.
Advertisement

ޕްލޭނިން މިނިސްޓްރީއިން މިއަދު ނެރުނު ނޫސްބަޔާނެއްގައި ބުނެފައިވަނީ މި ސާވޭ ކުރިޔަށް ގެންދަނީ މޯލްޑިވްސް ހައުސިން މާކެޓް ނީޑްސް އެންޑް އެސަސްމަންޓް ސްޓަޑީގެ ސާވޭ ފޯނު މެދުވެރިކޮށް ކަމަށާއި މިއަހަރުގެ ފެބުރުއަރީ ތިންވަނަ ދުވަހާ ހަމައަށް މި މަސައްކަތް ހިނގަމުންދާނޭ ކަމަށެވެ.

މި ސާވޭއަކީ ރާއްޖޭގެ އަބާދީއަށް ބޭނުންވާ ބޯހިޔާވަހިކަމާ ގުޅޭ މައުލޫމާތު ދެނެގަތުމަށް ޕްލޭނިން މިނިސްޓްރީއިން ކުރިޔަށް ގެންދާ ސާވޭއެއް ކަމަށާއި ފޯނުން މިކަން ކުރިޔަށް ގެންދަނީ ކޮވިޑް 19 ގެ ސަބަބުން ކަމަށް އެ މިނިސްޓަރީއިން ބުނެއެވެ.

އަދި މި ސާވޭ މެދުވެރިކޮށް އެއްކުރާ މައުލޫމާތުގެ ތެރޭގައި ބޯހިޔާވަހިކަމަށް ބޭނުންވާ މިންވަރާއި މިހާރު ދިރިއުޅޭ ގޭބީސީގައި ދިރިއުޅޭ މީހުންގެ އަދަދާއި އަމިއްލަ މިލްކިއްޔާތުގައި ހިމެނޭ ހިޔާވަހިކަމާއި ގޯތިގެދޮރާއި ގުޅޭ މައުލޫމާތާއި ބޯހިޔާވަހިކަން ހޯދުމުގައި ގޯތިގެދޮރު މިލްކުކުރުމަށް ސަރުކާރުގެ ފަރާތުން ލިބުމަށް އެދޭ އެހީތެރިކަމާއި ބޯހިޔާވަހިކަމަށް ކުރާ ހޭދަ ދެނެގަތުމަށް ބޭނުންވާ މައުލޫމާތު ހިމެނޭނެ ކަމަށް ޕްލޭނިން މިނިސްޓަރީއިން ބުނެއެވެ.

އަދި މި ދިރާސާއަށް އާންމުން ދެއްވާ އެއްވެސް މައުލޫމާތެއް ހިއްސާ ނުކުރެވޭނެ ކަމަށާއި މި ސާވޭގެ އަލީގައި ސަރުކާރުން އެކަށައަޅާ ރާއްޖޭގެ ބޯހިޔާވަހިކަމާ ގުޅޭ ސިޔާސަތުތައް އެކުލަވާލުމާއި ތަންފީޒުކޮށް ހަރުދަނާ ކުރުމަށް މަގުފަހިވެގެން ދާނެ ކަމަށް ވެސް އެ މިނިސްޓްރީން ބުނެއެވެ.

މި ސާވޭގައި މިނިސްޓްރީގެ ފަރާތުން ގުޅާނެ ނަންބަރުތައް ވަނީ ޕްލޭނިން މިނިސްޓްރީގެ ވެބްސައިޓްގައި އާންމުކޮށްފައެވެ. އަދި މި ދިރާސާއަށް އާއްމުން އެއްބާރުލުން ދިނުމަށް ވެސް އެ މިނިސްޓްރީއިން ވަނީ އެދިފައެވެ.

33%
ކަމުގޮސްފި
0%
އަޑުއެހިތާ މިހުރީ
67%
ސަތޭކައަކުން ސުމެއް
0%
ވަރަށް ސަލާމް
ކޮމެންޓްސް