ads
އައްޑޫ ސިޓީއަށް ހެރިޓޭޖް މިނިސްޓަރު ކުރެއްވި ދަތުރުގެ ތެރެއިން--
މޯލްޑިވްސް ހެރިޓޭޖް ސާވޭ މަޝްރޫއުގެ ދެވަނަ ފިޔަވަހީގެ މަސައްކަތް ފަށަނީ
މޯލްޑިވްސް ހެރިޓޭޖް ސާވޭ މަޝްރޫއުގެ ދެވަނަ ފިޔަވަހީގެ އަމަލީ މަސައްކަތްތައް ކުރިއަށް އޮތް ފެބްރުއަރީ މަހު ފެށުމަށް ތައްޔާރުވަމުން އަންނަ ކަމަށް މިނިސްޓްރީ އޮފް އާޓްސް ކަލްޗާ އެންޑް ހެރިޓޭޖްއިން ބުނެފި އެވެ.

މޯލްޑިވްސް ހެރިޓޭޖް ސާވޭ މަޝްރޫއު ފެށުނީ އޭޕްރީލް 2018 ވަނަ އަހަރުގައެވެ. މި މަޝްރޫއުއަކީ އާކޭޑިއޭއިން ޗެރިޓަބަލް ޓްރަސްޓް ފަންޑް ލިބިގެން އޮކްސްފޯޑުގެ އިސްލާމިކް ސެންޓަރުގެ ފަރާތުން ޕްރޮފެސަރު މައިކަލް ފީނާ އިސްވެ ހުންނަވައިގެން ކުރިއަށްގެންދެވި ޕައިލެޓް މަޝްރޫއެކެވެ.

މި މަޝްރޫއު ސޮއިކުރެވުނީ ދެ އަހަރުގެ މުއްދަތަށް، ރާއްޖޭގެ ފަސް އަތޮޅެއް ކަމަށްވާ ހދ، ކ، ލ، ސ އަދި ޏ ގައި ހުރި ސަގާފީ، މާއްދީ ތަރިކަ ދަފުތަރުކޮށް އާންމުންނަށް ފަސޭހައިން ފެންނާނެ ގޮތަށް އޮންލައިން ޕްލެޓްފޯމެއް ތައްޔާރު ކުރުމަށެވެ. މި މަސައްކަތުގެ ފުރަތަމަ ފިޔަވަހީގެ މަސައްކަތް މިހާރު ނިމިފައިވާއިރު، ފަސް އަހަރު ތެރޭގައި މުޅި ރާއްޖޭގައި ހުރި މާއްދީ ސަގާފީ ތަރިކަ ދަފުތަރު ކުރުމަށް މި މަޝްރޫއުގެ ދެވަނަ ފިޔަވައްސެއް ފެށުމަށް މިހާރު ވަނީ ހަމަޖެހިފައެވެ. އެއީ އާކޭޑިއާ ޗެރިޓަބަލް ޓްރަސްޓްއިން ފަންޑްގެ އެހީގައި ކުރިޔަށް ގެންދާ މަސައްކަތެކެވެ.

އެ މަޝްރޫގެ ދެވަނަ ފިޔަވަހި ކުރިއަށް ގެންދިއުމަށް ހަމަޖެހިފައިވަނީ މެރިޓައިމް އޭޝިއާ ހެރިޓޭޖް ސާވޭގެ ނަމުގައި ކަމަށްވާއިރު އެ ފިޔަވަހީގައި ވެސް އިސްކޮށް މަސައްކަތް ކުރައްވާނީ ޕްރޮފެސާ މައިކަލް ފީނަރް ކަމަށް ހެރިޓޭޖް މިނިސްޓްރީއިން ބުނެއެވެ. އަދި އެ ފިޔަވަހި ކުރިއަށްގެންދާނީ ޖަޕާނުގެ ކިޔޯޓޯ ޔުނިވާސިޓީގެ ސެންޓަ ފޯ ސައުތްއީސްޓް އޭޝިއަން ސްޓަޑީޒްއާ ގުޅިގެންނެވެ.

ދެވަނަ ފިޔަވަހި ކުރިއަށް ގެންދިއުމަށް ސަގާފީ ތަރިކަ ރައްކާތެރިކުރާ ގައުމީ މަރުކަޒާއި ކިޔޯޓޯ ޔުނިވާސިޓީ އާއި ދެމެދު ފަހުމުނާމާއެއް އެކުލަވާލައި، ޑިސެމްބަރު މަހުގައި މި މަޝްރޫއުގެ ފަހުމުނާމާގައި ވަނީކޮ ސޮއިކޮށްފައެވެ. ސަގާފީ ތަރިކަ ރައްކާތެރިކުރާ ގައުމީ މަރުކަޒުގެ ފަރާތުން މި ފަހުމުނާމާގައި ސޮއިކުރެއްވީ ހެރިޓޭޖް މިނިސްޓަރު ޔުމްނާ މައުމޫނެވެ. އަދި ކިޔޯޓޯ ޔުނިވާސިޓީގެ ފަރާތުން ފަހުމުނާމާގައި ސޮއިކުރެއްވީ އެ ޔުނިވާސިޓީގެ ސެންޓަ ފޯ ސައުތްއީސްޓް އޭޝިއަން ސްޓަޑީޒްގެ ޑިރެކްޓަރު ޔޯކޯ ހަޔާމީން އެވެ.

އެ މަޝްރޫގެ ދެވަނަ ފިޔަވަހީގެ އަމަލީ މަސައްކަތްތައް ކުރިއަށް އޮފް ފެބްރުއަރީ މަހު ފެށުމަށް ތައްޔާރުވަމުންދާ ކަމަށާއި ނަމަވެސް ކޮވިޑް 19 އާއި ގުޅިގެން ދަތުރު ފަތުރުކުރުމާއި ގުޅޭ ގޮތުން އަޅާފައިވާ ފިޔަވަޅުތަކާއި ގުޅިގެން މަސައްކަތުގެ ތާވަލު ބަދަލުވުން އެކަށީގެންވާ ކަމަށް ވެސް ހެރިޓޭޖް މިނިސްޓްރީއިން ބުނެއެވެ. 

މި ސާވޭއާއި ގުޅޭ އިތުރު މައުލޫމާތު ސާވޭގެ ވެބްސައިޓް އިން ލިބެން ހުންނާނެ ކަމަށް ހެރިޓޭޖް މިނިސްޓްރީއިން މައުލޫމާތުދެއެވެ.

0%
ކަމުގޮސްފި
0%
އަޑުއެހިތާ މިހުރީ
0%
ސަތޭކައަކުން ސުމެއް
0%
ވަރަށް ސަލާމް
ކޮމެންޓްސް