ads
close
ރައްޔިތުންގެ ސީދާ ބާރުވެރިކަމަށް
ދައުލަތުގެ އޮނިގަނޑު ފުރޮޅާލުން
edheyraajje.mv #beynenmabeynun #edheyraajje
ބެންގަލޫރުގެ ކެޕްޓަން ސުނިލް ޗެތްރީ
ޖެހިޖެހިގެން ތިންވަނަ މެޗުން ބަލިވެ ބެންގަލޫރު ޕްރެޝަރަށް
އިންޑިއަން ސުޕަ ލީގުގައި ޖެހިޖެހިގެން ތިންވަނަ މެޗުން ބަލިވެ ބެންގަލޫރު އެފްސީ ޕްރެޝަރަށް ވެއްޓިއްޖެއެވެ. ރޭ މުމްބާއީ އެފްސީ އަތުން ބެންގަލޫރު ބަލިވީ ތިން ލަނޑު އެއް ލަނޑުންނެވެ.
Advertisement

ރޭގެ ބައްޔަކީ ލީގުގައި ޖެހިޖެހިގެން ބެންގަލޫރު ބަލިވި ތިންވަނަ މެޗެވެ. ރޭގެ ނަތީޖާއާ އެކު ބެންގަލޫރު އޮތީ ބާރަ ޕޮއިންޓާ އެކު ޓޭބަލްގެ ފަސްވަނައިގަ އެވެ. ރޭގެ މެޗުން މޮޅުވެ މުމްބާއީ ޓޭބަލްގެ އެއްވަނައިގައި އޮތް އިރު މުމްބާއީއާ ބެންގަލޫރާ ދެމެދު ދިހަ ޕޮއިންޓްގެ ފަރަގެއް އެބައޮތެވެ. މުމްބާއީއަށް ނުވަ މެޗުން ބާވީސް ޕޮއިންޓް ލިބިފައިވެއެވެ. ރޭގެ މެޗުގައި ބެންގަލޫރުން ޖެހި ހަމައެކަނި ލަނޑު އެ ޓީމަށް ޖެހީ ލިބުނު ޕެނަލްޓީއަކުން ކެޕްޓަން ސުނިލް ޗެތްރީއެވެ.

ބެންގަލޫރު އެފްސީ މިދިޔަ އަހަރުގެ އޭއެފްސީ ކަޕުގެ ޕްލޭ އޮފްގައި ރާއްޖޭގެ މާޒިޔާ އަތްދަށުވެ ކެޓި ފަހުން އަދި މާ ބޮޑު ކާމިޔާބެއް ނުހޯދެއެވެ. ސަރަހައްދީ ބޮޑު ބާރެއްގެ ގޮތުގައި ބެލެވޭ ބެންގަލޫރު މި އަހަރުގެ އޭއެފްސީ ކަޕަށްވެސް ކޮލިފައިވެވެން އޮތީ ޕްލޭ އޮފް ސްޓޭޖު ކާމިޔާބުކޮށްގެނެވެ. ބެންގަލޫރާ އެކު ޕްލޭ އޮފް ސްޓޭޖުގައި މި އަހަރު ރާއްޖޭން ވާދަކުރާނީ ކްލަބު އީގަލްސްއެވެ.

0%
ކަމުގޮސްފި
0%
އަޑުއެހިތާ މިހުރީ
0%
ސަތޭކައަކުން ސުމެއް
0%
ވަރަށް ސަލާމް
ކޮމެންޓްސް