
ކިމް އާއި ކާންޔޭ--
ކިމް އާއި ކާންޔޭ ވަކިވަނީ
06 ޖެނުއަރީ 2021 - 09:22:37
މަޝްހޫރު ރެޕް ލަވަކިޔުންތެރިޔާ ކާންޔޭ ވެސްޓް އާއި އޭނާގެ އަނބިމީހާ ކިމް ކާޑޭޝަންއާ ވަރިވާން ނިންމާފައިވާ ކަމަށް ރިޕޯޓްތައް ބުނެފި އެވެ.
ކިމް އާއި ކާންޔޭ ކައިވެނިކުރީ 2014 ވަނަ އަހަރުގެ ތެރޭގަ އެވެ. ހަ އަހަރަށް ފަހު އެމީހުންގެ ކައިވެނި ނިމުމަކަށް ގެނައުމުގެ މަސައްކަތްކުރަމުން އަންނައިރު އެ ކައިވެންޏަށް ހަ ދަރިން ވެސް ލިބިފައިވެ އެވެ.
ދެ ތަރިންގެ ވަރީގެ ރިޕޯޓްތައް އިވުނު ނަމަވެސް މިހާތަނަށް މި ތަރިން މިކަން ކަށަވަރުކޮށްދީފައެއް ނުވެ އެވެ.
މީގެ މަސްތަކެއް ކުރިން ވަނީ ދެ މީހުންގެ މެދުގައި ގިނަ މައްސަލަތަކެއް ޖެހުނު އަޑުވެސް އަރާފަ އެވެ.
މިދިޔަ އަހަރުގެ ތެރޭގައި ކާންޔޭ ވަނީ ކިމް ވަރިކުރަން ވަރަށް މަސައްކަތްކުރި ކަމަށް ބުނެ ޓްވީޓްތަކެއް ވެސް ކޮށްފަ އެވެ. އެހެންނަމަވެސް ބައިގަޑިއިރު ނުވަނީސް އެ ޓްވީޓްތައް ޑިލީޓް ވެސް ކުރި އެވެ.
0%
ކަމުގޮސްފި
0%
އަޑުއެހިތާ މިހުރީ
0%
ސަތޭކައަކުން ސުމެއް
0%
ވަރަށް ސަލާމް
ކޮމެންޓްސް