ads
ރައްޔިތުންގެ ބޮޑު ހާސްކަމަށް އެސްޖޭ ކޮންސްޓްރަކްޝަނުން އަވަސް ހައްލެއް ހޯދައިދީފި!
މިދިޔަ ސެޕްޓެމްބަރު މަހުގެ 20 ވަނަ ދުވަހު، މާލޭގެ އަބަދަށް ފެހި މަގުގައި ހިނގި ކެމިކަލް ގުދަނެއްގައި ހިނގި ނުރައްކާތެރި އަލިފާނުގެ ހާދިސާއަކާ ގުޅިގެން މާލޭގައި ދިރިއުޅޭ ރައްޔިތުންގެ ރައްކާތެރިކަމަށް ގިނަ ބަޔަކު ސުވާލު އުފެއްދި އެވެ.
މިދިޔަ ސެޕްޓެމްބަރު މަހުގެ 20 ވަނަ ދުވަހު، މާލޭގެ އަބަދަށް ފެހި މަގުގައި ހިނގި ކެމިކަލް ގުދަނެއްގައި ހިނގި ނުރައްކާތެރި އަލިފާނުގެ ހާދިސާއަކާ ގުޅިގެން މާލޭގައި ދިރިއުޅޭ ރައްޔިތުންގެ ރައްކާތެރިކަމަށް ގިނަ ބަޔަކު ސުވާލު އުފެއްދި އެވެ.

އެހާދިސާގައި ލިބުނު ގެއްލުމުގެ އަދަދު 36 މިލިއަން ރުފިޔާއަށް އެރިއެވެ.

ހެންވޭރު ގެއެއްގައި ހުރި ކެމިކަލް ގުދަނެއްގައި ރޯވެ، 6 ގެއަކާއި 4 ގުދަނަކަށް އަލިފާންގަނޑު ފެތުރިގެން ދިޔަ އިރު، މި އަލިފާނުގެ ހާދިސާއަކީ ފަހުގެ ތާރީހެއްގައި ރާއްޖޭގައި ހިނގި އެންމެ ބޮޑު އަލިފާނުގެ ހާދިސާއެވެ.

މި ހާދިސާއެކު މާލޭގެ ކެމިކަލް ގުދަންތައް ތިލަފުއްޓަށް ބަދަލުކުރުމަށް ސަރުކާރުން ނިންމިއެވެ. އެ މަސައްކަތް ހަވާލުކުރީ އެސްޖޭ ކޮންސްޓްރަކްޝަނާއެވެ.

މާލޭގެ ކެމިކަލް ގުދަންތައް ތިލަފުއްޓަށް ބަދަލު ކުރުމަށް ތިލަފުށީގައި ގާއިމުކުރާ ކެމިކަލް ގުދަންތަކުގެ މަސައްކަތް އެސްޖޭ ކޮންސްޓްރަކްޝަން ޕްރައިވެޓް ލިމިޓެޑުން 37 ދުވަހުގެ ތެރޭގައި ނިންމާއި އެތަން، ގްރޭޓާ މާލޭ އިންޑަސްޓްރިއަލް ޒޯންއާ އާދިއްތަ ދުވަހު ހަވާލުކުރަން މިހާރު އޮތީ ތައްޔާރުވެފައެވެ.

"ގަދަވަޔާއި ވިއްސާރައިގައި 24 ގަޑިއިރު މަސައްކަތްކޮށް، ސަރުކާރުން ހަވާލުކުރި މަސައްކަތް މުއްދަތަށް ނިންމާލައިފި" އެސްޖޭ ކޮންސްޓްރަކްޝަންގެ ޑިރެކްޓަރު ޝިހާދު އިބްރާހިމް ސީއެންއެމްއަށް ވިދާޅުވިއެވެ.

މާލޭގެ ކެމިކަލް ގުދަންތައް ތިލަފުއްޓަށް ބަދަލު ކުރުމުގެ މަސައްކަތް 9.5 މިލިއަން ރުފިޔާއަށް އެ ކުންފުންޏާ ހަވާލުކޮށްފައި ވަނީ މިދިޔަ އޮކްޓޫބަރު މަހުގެ 10 ވަނަ ދުވަހެވެ. އެކުންފުނިން ވަނީ އޮކްޓޫބަރު 11 ވަނަ ދުވަހު، އެމަސައްކަތް ފަށާފަ އެވެ.

އެ ގުދަނަކީ 26000 އަކަފޫޓުގެ ގުދަނެކެވެ. ޝިހާދު ވިދާޅުވީ އެތަނަކީ 34 ގުދަނުގެ ޖާގަ ކަމަށެވެ. އަދި އެ ގުދަނުގައި އެންމެ ފަހުގެ ފަޔާ ޕްރެވެންޝަން ސިސްޓަމެއް ވެސް ގާއިމުކޮށްފައިވާކަމަށް ޝިހާދު ފާހަގަކުރެއްވި އެވެ.



ފަސޭހައިން ހުޅުހިފާ ޒާތުގެ މުދާ ރައްކާކޮށްފައިވާ 126 ގުދަނެއް މާލޭގައި ހުރި ކަމަށް ހެދި ދިރާސާތަކުން ދައްކާ އިރު އޭގެ ތެރެއިން 26 ގުދަނެއް ވަރަށް އަވަހަށް ތިލަފުއްޓަށް ބަދަލުކުރަން ވަނީ ނިންމާފަ އެވެ.

ގުދަންތައް ތިލަފުއްޓަށް ބަދަލުކުރަން ނިންމިއިރު ކުރީ ސަރުކާރުން މާލޭގައި ހުރި ގުދަންތައް ބަދަލުކުރަން ނިންމީ މާލޭ އިންޑަސްޓްރިއަލް ޒޯނަށް ނަމަވެސް އެތަނަށް ބަދަލުކުރުމަކީ އެކަމަށް އޮތް ހައްލު ނޫން ކަމަށް މި ސަރުކާރުން ދެކެ އެވެ.
0%
ކަމުގޮސްފި
0%
އަޑުއެހިތާ މިހުރީ
0%
ސަތޭކައަކުން ސުމެއް
0%
ވަރަށް ސަލާމް
ކޮމެންޓްސް