ads
ކުއްޖާގެ ގޮހޮރުން ނެގި ދަގަތްފާނު ބޯޅަތައް-- ފޮޓޯ: އަވަސް
މެމްބަރު ސަނީފުގެ ދަރިފުޅުގެ ގޮހޮރުން ދަގަތްފާނު ބޯޅަތަކެއް ނަގައިފި
ރައްޔިތުންގެ މަޖިލީހުގެ ތިނަދޫ ދެކުނު ދާއިރާގެ މެންބަރު އަބްދުﷲ ސަނީފްގެ ދަރިކަލުން އަލާން އަބްދުﷲ ސަނީފުގެ ގޮހޮރުން ދަގަތްފާނު ބޯޅަތަކެއް ނަގައިފި އެވެ.
Advertisement
ރައްޔިތުންގެ މަޖިލީހުގެ ތިނަދޫ ދެކުނު ދާއިރާގެ މެންބަރު އަބްދުﷲ ސަނީފްގެ ދަރިކަލުން އަލާން އަބްދުﷲ ސަނީފުގެ ގޮހޮރުން ދަގަތްފާނު ބޯޅަތަކެއް ނަގައިފި އެވެ.

އެ ކާމިޔާބު އޮޕަރޭޝަން އިއްޔެ ކޮށްފައި ވަނީ ހުޅުމާލޭގައި ހުންނަ ޓްރީޓޮޕް ހޮސްޕިޓަލުގަ އެވެ.

ގްރޭޑް އެކެއްގައި ކިޔަވަމުން އަންނަ އެކުއްޖާ، ކުދި ކުދި ދަގަތްފާނު ބޯޅަތަކެއް ކާލީ މީގެ ގާތްގަނޑަކަށް ހަފުތާއެއްހާ ދުވަސްކުރިން ކަމަށް ބެލެވޭ ކަމަށް ސަނީފް މީޑިއާތަކަށް ބުނެ އެވެ. އެ ބޯޅަތައް ދިރުވާލި ސީދާ ތާރީހު ނޭނގުންނަމަވެސް އެ ބޯޅަތަކަކީ މީގެ ތިން މަހެއްހާ ދުވަސް ކުރިން ފެށިގެން އޭނާގެ ދައްތަ ކުޅުމަށް ބޭނުން ކުރަމުން އައި ބޯޅަތަކެއް ކަމަށް ވެސް ވެއެވެ.

ތަފާތު އެކި ކުލަ ކުލައިގެ ވިހި ދަގަތްފާނު ބޯޅަ އެކުއްޖާ ކާލީ އެކްސްޕެރިމެންޓެއް ކުރުމަށް ކަމަށް ބެލެވޭ ކަމަށް ވެސް ސަނީފް ވިދާޅުވެ އެވެ.

އެގޮތުން ކުއްޖާ އެތަކެތި ދިރުވާލިކަން އާއިލާގެ މެމްބަރުންނަށް އެނގުނީ މާގަދަޔަށް ބަނޑުގައި ރިއްސާތީ އެ ބޯޅަތައް ދިރުވާލި ވާހަކަ ދައްތައެއް ކައިރީ ބުނުމުންނެވެ.

އެ ވާހަކަ މަންމައަށް ހިއްސާކުރުމާއެކު ތިނަދޫގައި ހޮސްޕިޓަލަށް ކުއްޖާ ދެއްކި އެވެ. އެކަމަކު އެތަނުގެ ޑޮކްޓަރުން ދެ ގޮތަކަށް ވާހަކަ ދެއްކުމުން އާއިލާއިން ނިންމީ ކުއްޖާ ޓްރީޓޮޕަށް ގެނެސް ފަރުވާ ދޭށެވެ. އަދި ގޮހޮރުގައި ތާށިވެފައި ހުރި އެ ބޯޅަތައް މިހާރު ވަނީ ނަގާފަ އެވެ.

މީގެ ދުވަސްކޮޅެއް ކުރިން ވެސް ކުޑަ ކުއްޖަކެއްގެ ގޮހޮރުން ވަނީ ލެގޯ ކޮޅެއް ނަގާފަ އެވެ. އެފަހަރުވެސް އެކުއްޖާ ކާލީ ކުޅެން ގެންގުޅު އެއްޗެއް ކަމުން ކުޑަ ކުދިން އަތަށް ކުޅެން ދެވޭ މިފަދަ ތަކެއްޗާ މެދު ބެލެނިވެރިން ވަަރަށް ބޮޑަށް ސަމާލުވާން އެބަޖެހެ އެވެ.
0%
ކަމުގޮސްފި
0%
އަޑުއެހިތާ މިހުރީ
0%
ސަތޭކައަކުން ސުމެއް
0%
ވަރަށް ސަލާމް
ކޮމެންޓްސް