ads
ކުވައިތުގެ ފޮރިން މިނިސްޓަރު--
ކުވައިތުގެ ފޮރިން މިނިސްޓަރަށް ޝާހިދު މަރުހަބާ ވިދާޅުވެއްޖެ
ކުވައިތުގައި އަގުހުރި ހިދުމަތް ކުރާ ފަރާތްތަކަށް ދޭ އެންމެ މަތީ އިއްޒަތް އެގައުމުގެ ފޮރިން މިނިސްޓަރަށް ލިބިވަޑައިގެންނެވުމުން ރާއްޖޭގެ ފޮރިން މިނިސްޓަރު އަބްދުﷲ ޝާހިދު މަރުހަބާ ވިދާޅުވެއްޖެ އެވެ.

ކުވައިތުގައި އަގުހުރި ހިދުމަތް ކުރާ ފަރާތްތަކަށް ދެވޭ މަތީ އިއްޒަތެއް ކަމަށްވާ "އޯޑާ އޮފް ކުވައިތު" (ވިސާމް އަލް-ކުވައިތު) ލިބިވަޑައިގެންފައި ވަނީ އެގައުމުގެ ފޮރިން މިނިސްޓަރު ޝައިހް ޑރ. އަހްމަދު ނާސިރް އަލް މުހައްމަދު އަލް ސަބާހް އަށެވެ.

ޑރ. އަހްމަދު ނާސިރަށް އެ ޝަރަފު ދެއްވީ ކުވައިތުގެ އަމީރު ޝައިސް ނަވާފް އަލް އަހްމަދު އަލް ޖާބިރް އަލް ސަބާހް އެވެ.

އެކަން ފާހަގަކުރައްވާ ޝާހިދު ވަނީ ޑރ. އަހްމަދު ނާޝިރަށް މަރުހަބާ ވިދާޅުވެފަ އެވެ. ޝާހިދު ވިދާޅުވީ އެ ޝަރަފަކީ ބައިނަލްއަގްވާމީ ޑިޕްލޮމެސީ އާއި ކުވައިތަށް އަދި ދާދި ފަހުން ބޭއްވި ގަލްފް ގައުމުތަކުގެ ބައްދަލުވުމުގެ ނަތީޖާއަށް ނަޒަރު ހިންގާއިރު، ޑރ. އަހްމަދު ނާސިރަށް ހައްގު ޝަރަފެއް ކަމަށެވެ. 

ކުވައިތުގެ 35 ވަނަ ކެބިނެޓަށް ޑރ. އަހްމަދު ނާސިރް އަނެއްކާވެސް އައްޔަންކުރެއްވުމާ ގުޅިގެން މިދިޔަ ޑިސެމްބަރު މަހު ވެސް ޝާހިދު ވަނީ މަރުހަބާ ވިދާޅުވެފަ އެވެ.

0%
ކަމުގޮސްފި
0%
އަޑުއެހިތާ މިހުރީ
0%
ސަތޭކައަކުން ސުމެއް
0%
ވަރަށް ސަލާމް
ކޮމެންޓްސް