ads
ފޮޓޯ: ފުވައްމުލައް ސިޓީ ކައުންސިލް
ފުވައްމުލަކުގައި ބިދޭސީންގެ ދަފްތަރެއް އެކުލަވާލުމުގެ ސާވޭއެއް ފަށައިފި
ފުވައްމުލައް ސިޓީގައި ދިރިއުޅޭ ބިދޭސީންގެ މައުލޫމާތު އެއްކުރުމަށް މޯބައިލް އެޕްލިޝާނެއް ބޭނުންކުރަން ފަށައިފި އެވެ.
Advertisement
ފުވައްމުލައް ސިޓީގައި ދިރިއުޅޭ ބިދޭސީންގެ މައުލޫމާތު އެއްކުރުމަށް މޯބައިލް އެޕްލިކޭޝަނެއް ބޭނުންކުރަން ފަށައިފި އެވެ.

ފުވައްމުލަކުގައި ދިރިއުޅޭ ބިދޭސީންގެ އަދަދު ދެނެގަތުމުގެ ސާވޭ ރަސްމީކޮށް ފެށުމުގެ ގޮތުން ފުވައްމުލަކުގެ މޭޔަރު ފަލާހު ޝަރީފް ވަނީ ގޭގެއަށް ޒިޔާރަތް ކުރައްވައި މިކަމަށް ތައްޔާރުކުރެވުނު މޯބައިލް އެޕްލިކޭޝަނަށް ބިދޭސީންގެ މައުލޫމާތު އަޅުއްވާފަ އެވެ.

މިއީ ފުވައްމުލައް ސިޓީ ކައުންސިލުން ފަށައިގެން އުޅޭ ބިދޭސީންގެ މައްސަލަތައް ހައްލުކުރުމުގެ މަސައްކަތުގެ ތެރެއިން ކުރިއަށް ގެންދާ ސާވޭއެކެވެ.

މިސާވޭއާއި ގުޅޭގޮތުން ސީއެންއެމް ނިއުސްއަށް މައުލޫމާތު ހިއްސާ ކުރައްވަމުން ފުވައްމުލަކުގެ ޑެޕިއުޓީ މޭޔަރު މުހައްމަދު ލިރާރު ވިދާޅުވީ މައުލޫމާތު އެއްކުރާ މީހުންގެ ގޮތުގައި 16 މީހަކު ހަރަކާތްތެރިވާނެ ކަމަށެވެ.

މި މަހުގެ 14 ވަނަ ދުވަހު ފެށި މި ސާވޭގެ ދަށުން މުޅި ފުވައްމުލަކުގައި ސާވޭކުރާ ގޮތަށް ހަމަޖެހިފައިވާ ކަމަށްވެސް ލިރާރު ވިދާޅުވި އެވެ.

މިސާވޭއަށް ފަހު، ގަވާއިދާ ޚިލާފަށް ފުވައްމުލަކުގައި ދިރިއުޅޭ ފަރާތްތައް ގަވާއިދާ އެއްގޮތަށް ބަދަލުކުރުމުގެ ފުރުސަތު ހުޅުވާލެވިގެން ދާނެ ކަމަށްވެސް ސިޓީ ކައުންސިލުން ބުނެ އެވެ.

މިކަމަށް ބޭނުންވާ އިމިގްރޭޝަން އެޕޮއިންޓްމަންޓްތައް ހަމަޖައްސައިދިނުމުގެ މަސައްކަތް އަންނަ ހަފުތާގައި ފަށާނެ ކަމަށްވެސް ސިޓީ ކައުންސިލުން ބުނެ އެވެ.

މިސާވޭއަށް ރައްޔިތުންގެ ފުރިހަމަ އެއްބާރުލުމާއި އެހީތެރިކަން ބޭނުން ވާނެ ކަމަށްވެސް ސިޓީ ކައުންސިލުން ވަނީ ބުނެފަ އެވެ.

ބިދޭސީން ރާއްޖޭގައި ގަވާއިދާއި ހިލާފަށް އުޅުމުގައި އެމީހުން ގެންނަ ފަރާތްތަކާއި ސަރުކާރުގެ ކަމާ ގުޅޭ އިދާރާތަކުގެ އިހުމާލު އޮތްކަން ސަރުކާރުން ވަނީ ހާމަކޮށްފަ އެވެ.

0%
ކަމުގޮސްފި
0%
އަޑުއެހިތާ މިހުރީ
0%
ސަތޭކައަކުން ސުމެއް
0%
ވަރަށް ސަލާމް
ކޮމެންޓްސް