މަރު ކޮމިޝަންގެ ރިޕޯޓް ބަލައެއް ނުގަންނަން: ޑރ. އަފްރާޝީމްގެ އާއިލާ
15 ނޮވެންބަރ 2019 - 11:07:17
ޑރ. އަފްރާޝީމް އަލީ އަވަހާރަކޮށްލި މައްސަލައިގައި މަރާލާފައިވާ މީހުންނާއި ގެއްލިފައިވާ މީހުންގެ މައްސަލަތައް ތަހުގީގުކުރާ ކޮމިޝަނުން އެކުލަވާލާފައިވާ ރިޕޯޓަކީ ބަލައިގަންނަ ރިޕޯޓެއް ނޫން ކަމަށް އަފްރާޝީމްގެ އާއިލާ އިން ބުނެފި އެވެ.

އަފްރާޝީމް އަލީގެ އާއިލާ އިން މިހެން ބުނެފައި މިވަނީ އަފްރާޝީމްގެ މަރުގެ މައްސަލައިގެ ރިޕޯޓް، މަރު ކޮމިޝަނުން ރައީސުލްޖުމްހޫރިއްޔާ އިބްރާހީމް މުހައްމަދު ސޯލިހާ ފޮނުވުމުން، ރައީސް އޮފީހުން އެ ރިޕޯޓް ކަމާ ގުޅޭ ދައުލަތުގެ އިދާރާތަކަށް ފޮނުވުމުންނެވެ.
މައުލޫމާތު ލިބިފައިވާ ގޮތުގައި މަރު ކޮމިޝަންގެ ރިޕޯޓްގައި ވަނީ ޑރ. އަފްރާޝީމް އަވަހާރަކޮށްލީ ދީނީ ހިޔާލު ތަފާތުވުންތަކަކާ ގުޅިގެން ކަމަށް ކަނޑައަޅާފަ އެވެ. މިއީ ސިޔާސީ ބޭނުމެއްގައި ކުރެވުނު ކަމެއް ކަމަށް މަރު ކޮމިޝަންގެ ރިޕޯޓްގައި ބުރަވެފައި ނެތް ކަމަށްވެސް މައުލޫމާތު ލިބިފައިވެ އެވެ.
ރިޕޯޓްގައި ވަނީ ޑރ. އަފްރާޝީމާ ދީނީ ގޮތުން ހިޔާލު ތަފާތުވާ ބަޔަކު، އޭނާ އަވަހާރަކޮށްލުމަށް ހަވާލުކޮށްފައިވަނީ ކުރިން ސިފައިން ގޭގައި މަސައްކަތް ކުރި އަޒްލިފް ރައޫފަށެވެ. އޭނާ އަކީ މިހަމަލާގެ މޭސްތިރިޔާ ކަމަށް ކޮމިޝަނުން ގަބޫލުކުރެ އެވެ. އަޒްލިފް ރައޫފް ވަނީ އޭނާގެ މަރުގެ މައްސަލަ ތަހުގީގުކުރަމުން ދަނިކޮށް 2015 ވަނަ އަހަރުގެ ތެރޭގައި ރާއްޖެއިން ފުރައިގެން ގޮސްފަ އެވެ. އޭގެފަހުން އޭނާ މަރުވެފައިވާ ކަމަށް ބައެއް ނޫސްތަކުގައި ރިޕޯޓްކޮށްފައިވީ ނަމަވެސް ރަސްމީ އިދާރާއަކުން އެކަން ކަށަވަރުކޮށްދީފައެއް ނުވެ އެވެ. ޑރ. އަފްރާޝީމަށް ހަމަލާދީފައިވަނީ ހ. ލޮބީ، ހުސައިން ހުމާމް އެވެ. އޭނާގެ މައްޗަށް އިއްވި މަރުގެ ހުކުމް ސުޕްރީމް ކޯޓުން ވަނީ ދަމަހައްޓާފަ އެވެ. އަފްރަޝީމަށް ހަމަލާދިނުމުގައި ހ. ހިކޯސްޓް އަލީ ޝާން (ސަޓޯ) ވެސް ހުމާމާ އެކު ބައިވެރިވެފައިވާ ކަމަށް ރިޕޯޓްގައިވެ އެވެ. ނަމަވެސް ޝާންގެ މައްޗަށް އުފުލި ދައުވާ ސާބިތުނުވުމުގެ ސަބަބުން އޭނާ ވަނީ ކްރިމިނަލް ކޯޓު މަރުހަލާ އިން ސަލާމަތްވެފަ އެވެ. މީގެއިތުރުން އޭރު އުމުރުން 18 ނުފުރޭ ކުޑަ ކުއްޖަކަށް ވެސް މިމައްސަލައިގައި ދައުވާކުރި އެވެ. އޭނާގެ ބައިވެރިވެރިވުން ވެސް މިކަމުގައި އޮތް ކަމަށް ކޮމިޝަނުން ގަބޫލުކުރެ އެވެ.
މަރު ކޮމިޝަންގެ ރިޕޯޓާ ގުޅިގެން ސީއެންއެމްއަށް މައުލޫމާތު ދެއްވަމުން ޑރ. އަފްރާޝީމްގެ ބޭބެ އަބްދުއްނާސިރު އަލީ ވިދާޅުވީ މަރު ކޮމިޝަންގެ ރިޕޯޓަކީ އާއިލާ އިން ބަލައިގަންނަ ރިޕޯޓެއް ނޫން ކަމަށެވެ. ސަބަބަކީ ކޮބައިތޯ އެހުމުން ނާސިރު ވަނީ ބައެއް ސަބަބުތައް ހިއްސާކުރައްވާފަ އެވެ.
އެގޮތުން ފުރަތަމަ ކަމެއްގެ ގޮތުގައި ފާހަގަކުރެއްވީ މަރު ކޮމިޝަނަކީ ގާނޫނީ ގޮތުން މިނިވަން ކޮމިޝަނަކަށް ވިޔަސް، މަސައްކަތް ކުރުމުގައި ސިޔާސީ ކޮމިޝަނެއް ކަމަށް ގަބޫލުކުރެއްވޭ މައްސަލަ އެވެ.
"ސިޔާސީ ކޮމިޝަނެކޭ މި ދަންނަވަނީ މިގައުމު މިއޮތީ ދެތިން ސިޔާސީ ބޭފުޅެއްގެ އަތް މަތީގައި ކަމަށްވެފައި، މަރު ކޮމިޝަންގައި ތިއްބެވި ބޭފުޅުންނަށް ވެސް ނުފޫޒު ތަކެއް ހުންނާނެތީވެ. އަނެއް ކަމަކީ މަރު ކޮމިޝަނުން ހައްސާސީ މައްސަލަތަކެއް ތަހުގީގުކުރަމުންދާއިރު ސީދާ ރައީސުލްޖުމްހޫރިއްޔާއަށް ފޮނުވަންޖެހޭ ރިޕޯޓެއް ރައީސްގެ ހުއްދަ ނެތި އެހެން ފަރާތްތަކަށް ފޮނުވުން. އެއީ ނުފޫޒުތަކެއް ހުރި ކަމަށް ގަބޫލުކުރެވޭ ސަބަބެއް،" މަރު ކޮމިޝަން ސިޔާސީ ކަމަށް ދެކޭ ސަބަބު ނާސިރު ހާމަކުރެއްވީ މިގޮތަށެވެ.
ޑރ. އަފްރާޝީމްގެ މަރުގެ ރިޕޯޓް ބަލައިނުގަންނަ ދެވަނަ ސަބަބެއްގެ ގޮތުގައި ނާސިރު ފާހަގަކުރެއްވީ ޑރ. އަފްރާޝީމްގެ މަރަކީ ސިޔާސީ ބޭނުމެއްގައި ކުރި ކަމެއް ކަމަށް ބާރު ލިބޭ އެއްވެސް ހެއްކެއް ލިބިފައި ނުވާ ކަމަށް ކޮމިޝަންގެ ރިޕޯޓްގައި ބުނެފައިވާ ބުނުމުވެ. ޑރ. އަފްރާޝީމް އަވަހާރަކޮށްލަން އަޒްލީފް ރައޫފާ ހަވާލުކުރީ އޭނާއާ ދީނީ ހިޔާލުތަފާތުވާ ބަޔަކު ކަމަށް ކޮމިޝަންގެ ރިޕޯޓްގައި އޮތް ކަމަށް މައުލޫމާތު ލިބިފައިވާކަން ފާހަގަކުރައްވަމުން ނާސިރު ވިދާޅުވީ އެއީ އާއިލާއަށް ގަބޫލުކުރެވޭނެ ކަމެއް ނޫން ކަމަށެވެ.
ޑރ. އަފްރާޝީމް އަލީ އަވަހާރަކޮށްލީ ސިޔާސީ ބޭނުމެއްގައި ރާއްޖޭގެ ސިޔާސީ މައިދާނުގައި އެންމެ އިސްކޮށް ހަރަކާތްތެރިވާ ބޭފުޅުންގެ ތެރެއިން ދެ ބޭފުޅަކު އެންމެ އަޑީގައި ތިއްބަވައިގެން ކަމަށްވެސް ނާސިރު ވަނީ ތުހުމަތުކުރައްވާފަ އެވެ. ނަމަވެސް އޭނާ ތުހުމަތުކުރައްވާ ދެ ބޭފުޅުންގެ ނަން ހާމަކުރައްވާފައެއް ނުވެ އެވެ. ނާސިރު ވިދާޅުވީ ސިޔާސީ ދެ ބޭފުޅުން އަޑީގައި ތިއްބަވައިގެން ޑރ. އަފްރާޝީމް އަވަހާރަކޮށްލީ އެކަމުގެ ތެރެއަށް ދީނީ ބަޔަކު ވެސް ވައްދައިގެން ކަމަށް ވެދާނެ އެވެ. ނާސިރު ތަކުރާރުކޮށް ވިދާޅުވީ ޑރ. އަފްރާޝީމް އަލީ އަވަހާރަކޮށްލުމަށް ސިޔާސީ ދެ ބޭފުޅެއްގެ ޕްލޭނާ އެއްގޮތަށް ކަމަށާއި އަފްރާޝީމްގެ މަރަކީ ސިޔާސީ މަރެއް ކަމަށެެވެ.
"އަޅުގަނޑު ވަރަށް ސާފުކޮށް ކޮމިޝަންގައި ވެސް ދެންނެވިން މިއީ [އަފްރާޝީމްގެ މަރުގެ މައްސަލަ ތަހުގީގުކުރުމަކީ] ކަލޭމެން ކިއްކުރަން ކުރާ ކަމެއްހޭ. ތިޔަ ތަހުގީގަށް ސިޔާސީ ގޮތުން އަތްބާނާނެއޭ. އެއީ އަޅުގަނޑަށް އެނގޭ ތުހުމަތުކުރާ ސިޔާސީ ބޭފުޅުންގެ ނުފޫޒު ހުރި ގޮތުން މިކަމުގެ ހަގީގަތް މިދުނިޔެ މަތީގައި ހާމަނުކުރެވޭނެ ކަން. ދެތިން މީހެއްގެ އަތް މަތީގައި މިގައުމު މިއޮތީ. އެކަމަކު އެކަން އެނގޭނެ ދުވަހެއް އަންނާނެ،" މަރު ކޮމިޝަންގެ ރިޕޯޓްގެ ނިންމުމާ ދޭތެރޭ ސުވާލު އުފައްދަވަމުން ނާސިރު ވިދާޅުވި އެވެ.
މަރު ކޮމިޝަންގެ ރިޕޯޓްގައި ޑރ. އަފްރާޝީމް އަލީ އަވަހާރަކޮށްލުމުގެ މޭސްތިރިޔަކީ އަޒްލީފް ރައޫފް ކަމަށް ބުނެފައިވާތީ އެކަމަށްވެސް ނާސިރު ވަނީ ރައްދު ދެއްވާފަ އެވެ.
"އަޒްލީފަކަށް، ހުމާމަކަށް، އެކުދިންނަކަށް ޑރ. އަފްރާޝީމް ދުނިޔޭގައި ހުރެގެން އުދަގުލެއްް ނުވާނެ. ޑރ. އަފްރާޝީމާ އެކުދިންނާ އެއްވެސް މައްސަލައެއް އޮންނާނެ ކަމަކަށް ވެސް ނުދެކެން. ހަގީގަތަކީ ބަޔަކު އެ މީހުން މިކަމުގައި ބައިވެރިކުރީ ކޮންޓްރެކްޓް އުސޫލުން. އެމީހުންނަށް ފައިސާ ލިބޭ ގޮތަށް ކޮންޓްރެކްޓަށް ބަޔަކު އެމީހުންނަށް މަސައްކަތް ހަވާލުކުރީ. އެ ކުދިން އެއީ މޭސްތިރިންނެއް ނޫން،" ނާސިރު ވިދާޅުވި އެވެ.
މަރު ކޮމިޝަނުން ޑރ. އަފްރާޝީމް އަލީގެ މައްސަލަ ތަހުގީގުކޮށް އެކުލަވާލި ރިޕޯޓަށް ފާޑު ވިދާޅުވި ނަމަވެސް ނާސިރު ވަނީ ރައީސް އިބްރާހީމް މުހައްމަދު ސޯލިހަށް ތައުރީފް ކުރައްވާ ވާހަކަދައްކަވާފަ އެވެ. އެގޮތުން ނާސިރު ވިދާޅުވީ ޑރ. އަފްރާޝީމް އަލީގެ މަރުގެ ހަގީގަތް ހޯދުމަށް ރައީސް އިބްރާހީމް މުހައްމަދު ސޯލިހް މަސައްކަތް ފެއްޓެވީ އިޚްލާސްތެރި ނިޔަތެއް އެމަނިކުފާނުގެ ހިތްޕުޅުގައި އޮވެގެން ކަމަށް އާއިލާ އިން ގަބޫލުކުރާ ކަމަށެވެ. އަދި އެކަމަށްޓަކައި ރައީސް ސޯލިހަށް ޝުކުރުވެސް އަދާކުރެއްވި އެެވެ.
"ހަގީގަތުގައި ވެސް ރައީސް ސޯލިހަކީ އިޚްލާސްތެރި ހުލްގު ހެޔޮ ބޭފުޅެއް. ރަނގަޅު މަގުސަދެއްގައި ޑރ. އަފްރާޝީމްގެ މަރުގެ މައްސަލަ ބެލުމަށް ރައީސް މަސައްކަތްޕުޅު ކުރެއްވި ނަމަވެސް ރައީސަށް ވުރެ ބާރުވެރި ސިޔާސީ ފަރާތްތަކެއްގެ ނުފޫޒު މިކަމުގެ ތެރޭގައިވޭ،" މަރު ކޮމިޝަންގެ ރިޕޯޓް ބަލައިގަތުމަށް ދެކޮޅު ހައްދަވަމުން ނާސިރު ވިދާޅުވި އެވެ.
އޭނާ ވިދާޅުވީ ޑރ. އަފްރާޝީމް އަލީގެ މަރުގެ ރިޕޯޓްގެ މައްސަލައިގައި ސަރުކާރަށް ވެސް އަދި މަރު ކޮމިޝަނަށް ވެސް ރަސްމީ ސިފައެއްގައި ޖަވާބެއް ދިނުމުގެ ގޮތުން އެއްވެސް އެއްޗެއް ދަންނަވަން ބޭނުން ނުވާ ކަމަށެވެ. އެއީ ޑރ. އަފްރާޝީމްގެ މަރުގެ ހަގީގަތް މިދުނިޔޭގައި ހޯދާނެ ކަމަށް ނުބެލެވޭތީއާއި ޑރ. އަފްރާޝީމްގެ މަރުގެ މައްސަލައިގެ ހަގީގަތް ހޯދުމަށް އެއްވެސް ފަރާތަކުން މަސައްކަތް ކުރުމަށް އާއިލާ އިން މިހާރު ބޭނުން ނުވާތީ ކަމަށެވެ. ނަމަވެސް ރައީސް އިބްރާހީމް މުހައްމަދު ސޯލިހާ ބައްދަލުކުރެއްވުމަށް އެދިފައިވާ އެޕޮއިންޓްމަންޓް ހަމަޖައްސައިދެއްވާނެ ކަމަށް އުއްމީދުކުރައްވާ ކަމަށްވެސް ނާސިރު ވަނީ ވިދާޅުވެފަ އެވެ.
ޑރ. އަފްރާޝީމް އަލީ އަވަހާރަކޮށްލާފައިވަނީ 2012 ވަނަ އަހަރުގެ އޮކްޓޫބަރު މަހުގެ އެއްވަނަ ދުވަހުގެ ރޭ ޓީވީއެމްގެ ދީނީ ޕްރޮގްރާމެއް ނިންމަވާލެއްވުމަށްފަހު ގެއަށް ވަޑައިގެންނެވި ތަނުން އޭނާ ދިރިއުޅުއްވި ހ. ފުންވިލުގޭގެ ސިޑިގޮޅި ތެރެއިންނެވެ.

0%
ކަމުގޮސްފި
0%
އަޑުއެހިތާ މިހުރީ
0%
ސަތޭކައަކުން ސުމެއް
0%
ވަރަށް ސަލާމް
ކޮމެންޓްސް