ads
ޕްރިތީގެ އާއިލާ--
އެމެރިކާގެ ހޮސްޕިޓަލްތައް ފުރިފައިވަނިކޮށް ޕްރިތީގެ އާއިލާ ކޮވިޑަށް ޕޮޒިޓިވްވެ ހާސްކަމެއް!
ބޮލީވުޑުގައި ވިދާލި ޕްރިތީ ޒިންތާ މިވަނީ އަސަރުގަދަ ޕޯސްޓެއް ކޮށްފަ އެވެ. ކޮވިޑް-19 އަށް އޭނާގެ އާއިލާގެ ގިނަ ބަޔަކު ޕޮޒިޓިވްވެ، ހާސްކަމެއްގައި ގިނަ ދުވަސްތަކެއް ހޭދަކުރުމަށް ފަހު، ރަނގަޅަށް ނިދާލަން ލިބޭނެ ކަމަށް ބުނެ އެވެ.

އެގޮތުން މީގެ ތިން ހަފްތާ ކުރިން އޭނާގެ މަންމަ އާއި ބޭބެ އަދި ބޭބެގެ އަންހެނުންނާއި ކުދިން އަދި ބޮޑު ބޭބެ ވެސް ކޮވިޑަށް ޕޮޒިޓިވްވި ކަމަށާއި ކުއްލިއަކަށް ވެންޓިލޭޓަރާއި އައިސީޔޫ އަދި އޮކްސިޖަން މެޝިނުގެ މުހިއްމުކަން އެނގިގެންދިޔަ ކަމަށެވެ.

ޕްރިތީ ބުނީ އެމެރިކާގައި އޭނާއަކީ ބާރެއް ނެތް މީހަކަށްވެ، ހަދާނެ ގޮތް ހުސްވި ކަމަށެވެ. އެހެންނަމަވެސް ޑޮކްޓަރުންނާއި ނަރުހުން ކުރި ބުރަ މަސައްކަތް ފާހަގަކޮށް ޕްރިތީ ވަނީ ކޮވިޑަކީ ސީރިއަސް ބައްޔެއްގެ ގޮތުގައި ދެކިގެން އުޅުމަށް ނަސޭހަތްތެރިވެފަ އެވެ. 

މާސްކް އެޅުމާއި އިޖުތިމާއި ގައިދުރުކަމަށް ސަމާލުވުމަށް އެދުނެވެ. 

ޕްރިތީ ބުނީ އެމީހުން މިއަދު ބަލިން ރަނގަޅުވެފައިވާ ކަމަށެވެ. އެހެންކަމުން، ހަމަޖެހިގެން ނިދާލެވޭނެ ކަމަށެވެ. އަދި ކިރިޔާ އުފާވެރި އާ އަހަރެއްގެ އިހުސާސްތައް ކުރެވިފައިވާ ކަމަށެވެ.

މިހާރު ވެސް ދުނިޔެއިން އެންމެ ގިނަ ބަޔަކަށް ކޮވިޑް ޖެހިފައިވާ ގައުމުގެ ގޮތުގައި އޮތް އެމެރިކާގައި ކޮވިޑްގެ ހާލަތު އިތުރަށް ގޯސްވެ ހޮސްޕިޓަލުތައް ފުރިގެންދިޔަ ދަނޑިވަޅެއް ވެސް އަ އެވެ. ޕްރިތީއަށް ވެސް ގޮތް ހުސްވެފައި ހުރެވުނީ އެހެންވެ އެވެ. 

ގިނަ އެވޯޑުތަކެއް ހާސިލްކޮށްފައިވާ ޕްރިތީ ވަނީ ގިނަ ފިލްމުތަކެއްގައި މަސައްކަތް ކޮށްފަ އެވެ. އެގޮތުން އޭނާ ކުޅުނު ބައެއް ފިލްމުތަކުގެ ތެރޭގައި 'ކަލް ހޯ ނަ ހޯ'، 'ކޮއި މިލް ގަޔާ'، 'ވީރް ޒާރާ'، އަދި 'ސޯލްޖާ' ފަދަ ފިލްމުތައް ހިމެނެއެވެ.

ޕްރިތީ އެންމެ ފަހުން ފެނިގެން ދިޔައީ "ބައްޔާޖީ ސުޕާހިޓް" އިންނެވެ. އެފިލްމު ނެރެފައިވަނީ 2018 ވަނަ އަހަރު އެވެ.  

0%
ކަމުގޮސްފި
0%
އަޑުއެހިތާ މިހުރީ
100%
ސަތޭކައަކުން ސުމެއް
0%
ވަރަށް ސަލާމް
ކޮމެންޓްސް