ޕްރިންސް ހެރީ ދިރިއުޅޭ ގެއާ ޖެހިގެން ހުންނަ ގޭގައި ދިރިއުޅޭ އެކްޓަރު ރޮބް ލޯ ދާދި ފަހުން ބުނެފައި ވަނީ ހެރީ މިހާރު ހުންނަނީ އިސްތަޑިގަނޑު ދިގުކޮށް، ފަހަތަށް އައްސާލައިގެން ކަމަށެވެ.
"ދަ ލޭޓް ލޭޓް ޝޯ" ގައި ވާހަކަދައްކަމުން ރޮބް ލޯ ބުނީ ހެރީގެ ގެ ހުންނަނީ އޭނާގެ ގެއާ އެއް މޭލު ދުރުގައި ނަމަވެސް ބައެއް ފަހަރު ފެންނަ ކަމަށެވެ.
އަދި ދާދި ފަހުން ހެރީ ކާރުގައި ދަނިކޮށް ފެނުނު ކަމަށާއި އޭނާ ހުރީ އިސްތަގަނޑު ފަހަތަށް އައްސާލައިގެން ކަމަށް ބުނެފައި ވެއެވެ.
ރިޕޯޓުތައް ބުނާ ގޮތުން އެންމެ ފަހުން ހެރީގެ ފޮޓޯއެއް އާއްމުވީ ނޮވެމްބަރު 2020 ގައެވެ. އެހެންކަމުން މި ވާހަކައަކީ ތެދަކަށްވުން އެކަށީގެންވާ ކަމަށް ރިޕޯޓުތައް ބުނެ އެވެ.